27 މާޗް 2019
ލޯބީގެ އަސަރުގަދަ ވާހަކައަކަށް ހަދާފައިވާ ފިލްމު "ނަފުރަތުވުމުން" އަންނަ މަހުގެ 9 ގައި އަޅުވާ ގޮތަށް ނިންމައިފި އެވެ.
ލޯބީގެ އަސަރުގަދަ ވާހަކައަކަށް ހަދާފައިވާ ފިލްމު "ނަފުރަތުވުމުން" އަންނަ މަހުގެ 9 ގައި އަޅުވާ ގޮތަށް ނިންމައިފި އެވެ.
މި ފިލްމަކީ އެންމެ ފަހުން އޮލިމްޕަހަށް ގެނައި ހޮރޯ ކޮމެޑީ "40+" ވެސް ޑައިރެކްޓް ކުރި ޔޫސުފް (ޔޫއްޕެ) ޝަފީއު ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
ބ، ދަރަވަންދޫގައި މަންޒަރުތައް ނަގާފައިވާ ފިލްމުގެ މައިގަނޑު ތަރިންނަކީ މަރިޔަމް އައްޒަ، އަލީ (ދޮންއައްޔަ) އާޒިމް އަދި އަހުމަދު (އާނަންދު) އީސަ އެވެ. މީގެ އިތުރުން ޔޫއްޕެ ވެސް "ނަފުރުތުވުމުން" ގެ ރޯލަކުން ފެނިގެން ދާނެ އެވެ.
ޔޫއްޕެ ބުނެފައިވާ ގޮތުގައި މި ފިލްމަކީ ލޯބީގެ ފިލްމުތައް ގަޔާވާ މީހުންނަށް ކަމުދާނެ ހުރިހާ ރަހައެއް އެކުލެވޭނެ އަދި އިބުރަތްތެރި މެސެޖްތަކެއް ވެސް ލިބިގެން ދާނެ ފިލްމަކަށް ވާނެ އެވެ.
އަންނަ މަހުގެ 9 ގައި ފިލްމު އޮލިމްޕަސް ސިނަމާ އަށް ގެންނަން ނިންމި އިރު، ފިލްމުގެ ޓިކެޓް ހުކުރު ދުވަހުން ފެށިގެން ވިއްކަން ފަށާނެ އެވެ.
"ނަފުރަތުވުމުން" އަކީ މި އަހަރު އަޅުވާ ހަތަރު ވަނަ ފިލްމެވެ. މި އަހަރު އެޅުވި ފުރަތަމަ ފިލްމަކީ ނިއުމާ މުހައްމަދު ވަދާއީ ފިލްމު "ނިވައިރޯޅި" އެވެ. އޭގެ ފަހުން އޮލިމްޕަހުގައި ދެއްކީ ޑާކް ރެއިން އެންޓަޓައިންމަންޓްގެ "ގޮށްރާޅު" އެވެ.
"ނަފުރަތުވުމުން" ގެ ޓީޒާ.
މި އަހަރު އެޅުވި ތިން ވަނަ "40+" ގެ ވަދާއީ ޝޯތައް މި ހަފުތާގައި ނިންމައިލާނެ އެވެ.
ޔޫއްޕެ ވަނީ "40+" އާއި "ނަފުރަތުވުމުން" ގެ އިތުރުން "ދައުވަތު" ކިޔާ ބިރުވެރި ފިލްމެއް ވެސް މި އަހަރު ގެނެސް ދޭން އަމާޒު ހިފައިފަ އެވެ.
އަންނަ މަހު އަޅުވާނެ ކަމަށް ބުނެ ޓީޒާ ދައްކައިލި އަބްދުﷲ (މުއާ) މުއާޒްގެ "ލީނާ" އަޅުވާނެ ތާރީހެއް އަދިވެސް އިއުލާނެއް ނުކުރެ އެވެ.
ޔޫއްޕެގެ "ދައުވަތު" ޖޫންގައި
"ނަފުރަތުވުމުން" ގެ ޕްރިމިއާ މިރޭ
"ދައުވަތު"ގެ ޓިކެޓް އޮލިމްޕަހުން ވިއްކަން ފަށައިފި
ޖޫން 12 ގައި "ދައުވަތު" ސްކްރީނަށް
ދިވެހި ސިނަމާގެ ފަޅުކަން އަންނަ އަހަރު ފިލާނެތަ؟
ސީޒަންގެ "ލޯބިވެވިއްޖެ" ގެ ލޯގޯ ޓީޒާއެއް
ޔޫއްޕެގެ "ނަފުރަތުވުމުން" ބައިސްކޯފަށް
އެންމެ ބިރުވެރި ދިވެހި ފިލްމަކީ ކޮބާ؟
"ހުވާ 2" ގެ ޓީޒާ ދައްކާލައިފި
"ހުވާ 2" މި މަހުގެ 30 ގައި