02 މާޗް 2019
މިހާރު ޝޫޓިން ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ ކަރަން ޖޯހަރުގެ ތާރީހީ ލޯބީގެ ފިލްމު "ތަހުތު" އަކީ ވަރަށް ހާއްސަ ފިލްމަކަށް ވާނެ ކަމަށާއި މި ފިލްމުން ތަފާތު ކަމެއް ތަޖުރިބާކޮށްލަން ލިބޭނެ ކަމަށް އެ ފިލްމުގެ އެއް ބަތަލާ ކަރީނާ ކަޕޫރް ބުނެފި އެވެ.
މިހާރު ޝޫޓިން ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ ކަރަން ޖޯހަރުގެ ތާރީހީ ލޯބީގެ ފިލްމު "ތަހުތު" އަކީ ވަރަށް ހާއްސަ ފިލްމަކަށް ވާނެ ކަމަށާއި މި ފިލްމުން ތަފާތު ކަމެއް ތަޖުރިބާކޮށްލަން ލިބޭނެ ކަމަށް އެ ފިލްމުގެ އެއް ބަތަލާ ކަރީނާ ކަޕޫރް ބުނެފި އެވެ.
"ތަހުތު" އަކީ 2001 ގައި ރިލީޒްކުރި "ކަބީ ޚުޝީ ކަބީ ޣަމް" އަށް ފަހު، ކަރަން ޑައިރެކްޓް ކުރާ ފިލްމެއްގައި ކަރީނާ މަސައްކަތްކުރާ ފުރަތަމަ ފަހަރު ވެސް މެ އެވެ.
"އެހާ ދުވަސްކޮށްފައި ކަރަންގެ ފިލްމެއް ކުޅެން ލިބުމަކީ ވެސް އަހަންނަށް ވަރަށް ހާއްސަ ކަމެއް. އަނެއްކާ ތަހުތަކީ ވަރަށް ވެސް މޮޅު އަދި ފުރިހަމަ ޕީރިއަޑް ޑްރާމާއަކަށް ވާނެ. މި ފިލްމު ތަރިން ފެންނަ ގޮތާއި ވާހަކަ ދައްކާ ގޮތާއި މުޅި ފިލްމުގެ ލުކް ވެސް ބެލުންތެރިން މުޅިން އެހެން ޒަމާނަކަށް ގެންގޮސް ދޭނެ،" ކަރަން ޕްރޮޑިއުސް ކުރާ "ގުޑް ނިއުސް" ގެ ބަތަލާ ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އަށް ބުންޏެވެ.
ކަރީނާ، 38، ބުނި ގޮތުގައި އޭނާ ބޮލީވުޑަށް 2000 ވަނަ އަހަރު ތައާރަފުވި "ރެފިއުޖީ" އަދި 2001 ގެ "އަޝޯކާ" ފަދަ ޕީރިއަޑް ފިލްމުތަކާ "ތަހުތު" މާ ބޮޑަށް ވެސް ތަފާތު ވާނެ އެވެ.
"އަހަންނަށް ކުޅެން ލިބުނު ކެރެކްޓާއަކީ ވެސް ވަރަށް ވަރުގަދަ އަދި ބެލުންތެރިން ވަރަށް ގިނަ ޒަމާންތަކަކަށް ހަނދާނުގައި ވެސް ހުންނާނެ ކަހަލަ ކެރެކްޓާއަކަށް ވާނެ،" މިދިޔަ އަހަރު ރިލީޒްކުރި "ވީރޭ ދީ ވެޑިން" ގެ ބަތަލާ ބުންޏެވެ. "އަހަރެން މިހާރު މި ހުންނަނީ ތަހުތުގެ ޝޫޓިން ފަށާ ހިތުން ކެތްމަތުވެފައި."
މުގާލް ރަސްކަމުގެ ދުވަސްވަރުގެ ހާދިސާތަކެއް ދައްކުވައިދޭ "ތަހުތު" ގެ ކާސްޓުންގެ ތެރޭގައި ރަންވީރު ސިންގް، އާލިއާ ބަޓް، ވިކީ ކޯޝަލް، ޖާންވީ ކަޕޫރް، އަނިލް ކަޕޫރް އަދި ބޫމީ ޕެޑްނޭކަރު ވެސް ހިމެނެ އެވެ.
އަންނަ އަހަރު ރިލީޒް ކުރާ މި ފިލްމަކީ ކަރަން ޑައިރެކްޓް ކުރާ ފުރަތަމަ ތާރީހީ ފިލްމު ވެސް މެ އެވެ. އޭނާ އެންމެ ފަހުން ގެނެސް ދިނީ 2016 ގެ "އޭ ދިލް ހޭ މުޝްކިލް" އެވެ.
މި އަހަރު ރިލީޒް ކުރާ ކަރީނާގެ "ގުޑް ނިއުސް" ސިނަމާތަކަށް އަންނާނީ ސެޕްޓެމްބަރު 6 ގަ އެވެ. މި ފިލްމުގައި އޭނާ ފެނިގެން ދާނީ އަކްޝޭ ކުމާރާ އެކީގަ އެވެ.
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"ތަޚުތު" އަކީ ޔަގީނުން ވެސް ހަދާނެ ފިލްމެއް: ކަރަން
ކަރަންގެ "ތަޚުތު" އަށް ކުރެވޭ އުންމީދު ފެނަށްވެދާނެ
ކަރަންގެ "ތަޚުތު" ގެ ކާސްޓަށް ޖާވިދު ޖެފްރީ
"ތަޚުތު" އާ ބެހޭ ވާހަކަތައް ކަރަން ދޮގުކޮށްފި
ކޮވިޑް-19އާ ހެދި "ތަޚުތު" ގެ ޝޫޓިން ފަސްކޮށްފި
ކަރަންގެ "ތަޚުތު" ބޮއިކޮޓްކުރަން ގޮވައިލަން ފަށައިފި
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ކަރަންގެ "ތަޚުތު" ގެ މޯޝަން ޕޯސްޓަރެއް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް