25 އޯގަސްޓް 2016
"މޯލްޑިވިއަން އައިޑޮލް" އިން ތިން ވަނަ ހޯދި ލަވަ ކިޔުންތެރިޔާ އަހުމަދު އިޝާން ސޯލޯ އަލްބަމެއްގެ މަސައްކަތް ފަށައި، އަންނަ މަހު އަލްބަމް ރިލީޒް ކުރުމުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.
"މޯލްޑިވިއަން އައިޑޮލް" އިން ތިން ވަނަ ހޯދި ލަވަ ކިޔުންތެރިޔާ އަހުމަދު އިޝާން ސޯލޯ އަލްބަމެއްގެ މަސައްކަތް ފަށައި، އަންނަ މަހު އަލްބަމް ރިލީޒް ކުރުމުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.
އޭނާ ބުނީ އަމިއްލަށް ހެދި، އަމިއްލަ ރާގުގެ އަށް ލަވަ ހިމެނޭ ހުރިހާ ލަވައެއްގެ މިއުޒިކް ހަދައި ނިމިފައިވާ ކަމަށެވެ.
"ކުރިއަށް ދެން މިއޮތީ ރެކޯޑިން އާއި މާސްޓަރިން،" ހަތަރު މެމްބަރުން ހިމެނޭ އަމިއްލަ ބޭންޑް "އިޝާން" އިން ހަދާ އިޝާންގެ ފުރަތަމަ އަލްބަމާ ބެހޭ ގޮތުން ޒުވާން ލަވަ ކިޔުންތެރިޔާ ބުންޏެވެ.
އޭނާ ބުނީ މުޅި އަލްބަމްގެ ހުރިހާ މަސައްކަތަކީ ބޭންޑްގެ އަމިއްލަ މަސައްކަތް ކަމަށެވެ. އަލްބަމްގެ އެއް ލަވައިން އަންހެން އަޑެއް ވެސް އިޝާނާ އެކު އިވިގެން ދާނެ އެވެ. އެހެން ނަމަވެސް ލަވަ ކިޔުންތެރިޔާގެ ނަން އަދި ބާއްވަން ބޭނުން ވަނީ ސިއްރެއްގެ ގޮތުގަ އެވެ.
އިޝާން ބުނީ 100 ޕަސެންޓް އަމިއްލަ މަސައްކަތެއް ފޭނުންނަށް ގެނެސް ދެވޭތީ ވަރަށް އުފަލުން ހުރި ކަމަށެވެ.
"މީގެ ހުރިހާ މަސައްކަތެއް މި ކުރަނީ އަމިއްލަ އަށް. ގޭ ތެރޭގައި މަސައްކަތް ކުރިއަށް ދަނީ ވެސް ބޭންޑްގެ އަނެއް މެމްބަރުންނާ އެކު. މިހާރު ގާތްގަނޑަކަށް ހުރިހާ ވަގުތެއް ހުސް ކުރެވިފައި ވަނީ އަލްބަމްގެ މަސައްކަތަށް،" އަލްބަމަށް ޑަންކްގެ ފަރާތުން މާލީ ގޮތުން އެހީތެރިކަން ލިބޭކަން ފާހަގަކޮށް އިޝާން ބުންޏެވެ. "އަޑު އަހާލަން ވަރަށް ހިތްގައިމު ރީތި ލަވަތަކެއް އަލްބަމްގައި ހިމެނޭނެ."
އޭނާ ބުނީ އަމާޒަކީ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން އަލްބަމް ރިލީޒް ކުރުން ކަމަށެވެ. "އިޝާން" ބޭންޑަކީ ރިސޯޓްގައި ވެސް ކުޅޭ ބޭންޑެކެވެ.
އެހެން ނަމަވެސް ރިސޯޓް މިއުޒިކް ވެސް މި ވަގުތަށް އޮތީ މަޑު ޖައްސާލައިފަ އެވެ.
އިޝާން: އޭނާގެ ސޯލޯ އަލްބަމްގައި އަށް ލަވަ ހިމެނޭނެ.
"ހަމައެކަނި އޯޑިއޯ ރިލީޒް ކުރަން ވެސް އެބަ ވިސްނަން. އޭގެ އިތުރަށް ހުރިހާ ލަވަތަކުގެ ވީޑިއޯ ވެސް ހަދާފައި ވީޑިއާ އަލްބަމެއްގެ ގޮތުގައި ވެސް ގެނެސް ދޭން އެބަ ހިޔާލު ކުރަން. ދެ ވިސްނުމެއްގައި މި އުޅެނީ،" ތ. މަޑިފުއްޓަށް އުފަން އިޝާން ބުންޏެެވެ. "އެެހެން ނަމަވެސް ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން އަލްބަމް ރިލީޒް ކުރާނަން."
"މޯލްޑިވިއަން އައިޑޮލް" އިން ލިބުނު ތަރުހީބާ އެކު އިޝާން ބުނީ ދިރިއުޅުމަށް ވެސް ބަދަލުތަކެއް އައިސްފައިވާކަން މިހާރު ގަބޫލު ކުރެވޭ ކަމަށެވެ.
"މިހާރު އެބަ ގަބޫލު ކުރެވޭ މީހަކަށްވެއްޖެކަން. މީހުން ބަލައިގަންނަ މީހަކަށްވުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" މިހާރު ބާއްވާ ޝޯތަކުން އާންމުކޮށް ފެންނަ ލަވަ ކިއުންތެރިޔާ ބުންޏެވެ. "އެހެންވެ އެކަމާ ވަރަށް އުފާވޭ."
އިޝާން ބުނީ މިއުޒިކް ދާއިރާއަކީ ރާއްޖޭގައި މިހާރު ކުރިއަށް ދެވެން އޮތް ދާއިރާއެއް ކަމަށެވެ.
"އެހެންވެ އަބަދު ވެސް މި ދާއިރާއިން ފެންނާނެ. މިއީ މިހާރު އިޝާންގެ ހުރިހާ ވެސް ކަމަކީ،" އަންނަ މަހު ލ. އަތޮޅާއި ކުޅުދުއްފުށީގެ އިތުރުން އައްޑޫގައި ޕަފޮމް ކުރަން ވެސް ތައްޔާރުވަމުން އަންނަ ހުނަރުވެރިޔާ ބުންޏެވެ.
ޝަލަބީގެ "ފަތްމިނި" އަކީ އަންހެނުން ޝިފާ
ޝަލަބީގެ "ފަތްމިނި" މާދަމާ ފެންނާނެ
އަލީ ރަމީޒާ ބެހުމުން ޒަކިއްޓެއަށް ނުގޮވާ އެއްޗެއްނެތް
މި ފަހަރު ނަޒީހްގެ "އަނެބައްޕަ"
ޝަލަބި އާއި ރާފިޔަތާ އެކު "ދޮންވެލި ތުނޑި" އަށް
ރާޅުބޯއިގެ "ރާޅޭ" އަޑު އަހާލިންތަ؟
މުއައްޒިންގެ "ލޭކޮކާ" އައިޑޮލްގެ ފިނާލޭގައި ދައްކާލަނީ
ޝަލަބީގެ "އާދޭސް" ވަރަށް މަޑުމައިތިރި
ޝަލަބީގެ ފުރަތަމަ ވީޑިއޯ ލަވައަކީ "އާދޭސް"
އަމާންގެ ސޯލޯ އަލްބަމް ޑިސެމްބަރުގައި ނެރެނީ