24 އޯގަސްޓް 2016
ޕެރިސް (އޮގަސްޓް 24) - ފްރާންސްގެ ނީސްގެ ގޮނޑުދޮށެއްގައި ބުރުގާ އަޅަައިގެން އުޅުނު އަންހެނެއްގެ ބުރުގާ ފުލުހުން ބާލުވައިފި އެވެ.
ޕެރިސް (އޮގަސްޓް 24) - ފްރާންސްގެ ނީސްގެ ގޮނޑުދޮށެއްގައި ބުރުގާ އަޅަައިގެން އުޅުނު އަންހެނެއްގެ ބުރުގާ ފުލުހުން ބާލުވައިފި އެވެ.
ފްރާންސްގެ ވަރަށް ގިނަ ޓައުންތަކުގައި ބުރުގާ އެޅުން މިހާރު ވަނީ މަނާކޮށްފަ އެވެ. ޚާއްސަކޮށް ދޮނޑުދޮށްތަކުގައި މީހުން މޫދަށް އެރި އުޅޭ އިރު ބުރުގާ އެޅުން ވަނީ މަނާކޮށްފަ އެވެ. ފްރާންސް ފުލުހުން ބުނީ ބުރުގާ އަޅައިގެން އުޅޭ މީހުން ޗެކް ކުރަނީ މިދިޔަ އަހަރުގެ ފަހުކޮޅު ޕެރިހަށް ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން އެފަދަ ހަމަލާއެއް ތަކުރާރުވިޔަ ނުދިނުމަށް ކަމަށެވެ.
ނީސްގެ ގޮނޑުދޮށަށް ހަތަރު ފުލުހުން ގޮސް ބުރުގާއާ އެކު އޮށޯއޮވެލައިގެން އޮތް އަންހެނެއްގެ ކައިރީ ހުއްޓި އޭނާގެ ބުރުގާ ބާލަން ވަނީ މަޖްބޫރުކޮށްފަ އެވެ. ދެ ކުދިންގެ މަންމަ ބުނީ ބުރުގާ އަޅައިގެން އޭނާ އުޅުނީތީ ޖޫރިމަނާ ވެސް ކޮށްފައިވާ ކަމަށެވެ. އުމުރުން 34 އަހަރުގެ އަންހެން މީހާ ބުނީ އޭނާ ބީޗުގައި އޮތީ އާއިލާއާ އެކު ކަމަށާއި ފުލުހުން ބުރުގާ ބާލުވަން މަޖްބޫރު ކުރުވުމުން ކުޑަ ދަރިފުޅު ބިރުން ގޮސް ރުއި ކަމަށެވެ.
ބީޗުގައި ބުރުގާ އަޅައިގެން އުޅުން ނީސްގައި މަނާކުރީ މިދިޔަ ހަފުތާގަ އެވެ. ފްރާންސްގެ މިނިވަން ދުވަސް ފާހަގަ ކުރަން ގިނަ ބަޔަކު ޖަމާވެފައި ވަނިކޮށް ޓްރަކަކުން ޖައްސާ 86 މީހުން ނީސްގައި ޖުލައި 14 ވަނަ ދުވަހު ވަނީ މަރާލައިފަ އެވެ. ބީޗުގައި ބުރުގާ އަޅައިގެން އުޅުން ފްރާންސްގެ 15 ޓައުނެއްގައި ވަނީ މަނާކޮށްފަ އެވެ.
އިސްލާމް ދީނާއި ޓެރަރިޒަމް އޮޅުވާ ނުލުމަށް މުސްލިމް ކުއްޖާ އެދިއްޖެ
ބުރުގާ އެޅި ބަޔަކު ސްކޫލަކަށް ވައްދަން ދެކޮޅު ހަދައިފި
ފްރާންސްގައި ބުރްކިނީ މަނާކުރުން ކޯޓުން ހުއްޓުވައިފި
މުސްލިމުންނާއި ޔަހޫދީންނަށް ޔޫރަޕްގައި ނުރައްކާ
ޔޫރަޕްގެ އިރުމަތީ ބިތަށް އާދަޔާ ޚިލާފު ހޫނުކަމެއް
މުސްކާންގެ ހިތްވަރަށް މެމްބަރަކު ހަދިޔާކުރީ އައިފޯނެއް
ބުރުގާ އަޅާ އަންހެނުންގެ ދިފާއުގައި ސޯނަމް އާއި ރިޗާ
ޔޫރަޕްގައި ކޮވިޑް ކޭސްތައް ގިނަވާތީ ކަންބޮޑުވެއްޖެ
ކޮވިޑް-19: ޔޫރަޕުގެ ހާލަތު އިތުރަށް ގޯސް ވަނީ
ސްޕޭން ބަންދު، ފްރާންސްގައި ވަރުގަދަ ފިޔަވަޅުތަކެއް