Roadha Mihaaru
ގާފަރު ކައިރިން ދޯންޏެއް ބަންޑުން ޖަހާލައިފި

ފަސް މީހުންނާ އެކު ދަތުރުކުރި ދޯންޏެއް ގާފަރު ކައިރިން ބަންޑުުން ޖަހާލައިފި

30 ޑިސެމްބަރ 2018

ފަސް މީހުންނާ އެކު ދަތުރުކުރި ދޯންޏެއް ކ. ގާފަރު ކައިރިއަށް ބަންޑުން ޖަހާލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފަސް މީހުންނާ އެކު ދަތުރުކުރި ދޯންޏެއް ކ. ގާފަރު ކައިރިއަށް ބަންޑުން ޖަހާލައިފި އެވެ.

ކޯސްޓްގާޑުން ބުނިގޮތުގައި "ގެޓާނޯ 2" ދޯނި ގާފަރު ކައިރިިން ބަންޑުން ޖަހާލީ މާލެއިން ގަސްކާނާ ހިފައިގެން ކ. ކާށިދޫއަށް ދަތުރުކުރަމުން ދަނިކޮށެވެ. މެންދުރު 2:30 ހާއިރު އެ ހާދިސާ ހިނގިއިރު އެ ދޯނީގައި ތިބީ ހަތަރު ބިދޭސީއަކާއި ދިވެއްސެކެވެ.

ކޯސްޓްގާޑުން ބުނިގޮތުގައި އެ ހާދިސާގައި ހިނގުމާ އެކު، ދޯނީގައި ތިބި މީހުން މިހާރު ތިބީ ކައިރީގައި އޮތް ފަރެއްގެ މައްޗަށް އަރަ އެވެ. އެ މީހުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް ގާފަރު ކައުންސިލުން ކުރަމުން ދަނީ ކުރަމުންނެވެ.

ދިގު މިނުގައި 85 ފޫޓް ހުރި އުޅަނދު ބަންޑުން ޖަހާލި ސަރަހައްދުގައި ކޯސްޓްގާޑްގެ އުޅަނދެއް ވެސް މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.