Roadha Mihaaru
ތައި ހޮހޮޅަ ހާދިސާގެ ފުރަތަމަ ފިލްމު ޖުލައިގައި

ތައިލެންޑްގެ ހޮހޮޅަ ހާދިސާ އަށް ހަދާ ފުރަތަމަ ފިލްމު "ދަ ކޭވް" އަންނަ ޖުލައިގައި ނެރެނީ

28 ޑިސެމްބަރ 2018

މިދިޔަ ޖުލައި މަހުގެ ތެރޭގައި ތައިލެންޑްގެ ތަމް ލުއާން ހޮހަޅައިގައި ފުޓްބޯޅަ ޓީމެއްގެ 12 ކުދިންނާއި ފުޓުބޯޅަ ކޯޗް ތާށިވި ހާދިސާގެ މައްޗަށް ބިނާކޮށް ފިލްމުތައް ހަދަން ވަރަށް ގިނަ ބަޔަކު ޝައުވެރިކަން ފާޅުކޮށްފައިވާ އިރު، ބެލުންތެރިންނާ ހަމައަށް އަންނާނެ އެ ހާދިސާގެ ފުރަތަމަ ފިލްމު "ދަ ކޭވް" އަންނަ ޖުލައި މަހު ރިލީޒް ކުރާ ގޮތަށް ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ ޖުލައި މަހުގެ ތެރޭގައި ތައިލެންޑްގެ ތަމް ލުއާން ހޮހަޅައިގައި ފުޓްބޯޅަ ޓީމެއްގެ 12 ކުދިންނާއި ފުޓުބޯޅަ ކޯޗް ތާށިވި ހާދިސާގެ މައްޗަށް ބިނާކޮށް ފިލްމުތައް ހަދަން ވަރަށް ގިނަ ބަޔަކު ޝައުވެރިކަން ފާޅުކޮށްފައިވާ އިރު، ބެލުންތެރިންނާ ހަމައަށް އަންނާނެ އެ ހާދިސާގެ ފުރަތަމަ ފިލްމު "ދަ ކޭވް" އަންނަ ޖުލައި މަހު ރިލީޒް ކުރާ ގޮތަށް ނިންމައިފި އެވެ.

ތައިލެންޑަށް އުފަން ޑައިރެކްޓަރު ޓޮމް ވެލާ ލިޔެ، ޑައިރެކްޓްކުރާ ފިލްމުގެ ޝޫޓިން މިދިޔަ މަހު ފަށާފައިވާ އިރު، "ދަ ކޭވް" ގެ ސެޓުން ނަގާފައިވާ ބައެއް ފޮޓޯތަކާ އެކު ބީބީސީން ވަނީ ޑައިރެކްޓަރުގެ އިންޓަވިއުއެއް ގެނެސް ދީފަ އެވެ.

މިދޔަ ސެޕްޓެމްބަރު މަހު އިއުލާން ކުރި ފިލްމު އަންނަ ޖުލައިގައި ރިލީޒް ކުރަން ނިންމި ނަމަވެސް ސީދާ ވަކި ތާރީހެއް އަދި ނުނިންމަ އެވެ.

ޓޮމްގެ ފިލްމުގެ މައިގަނޑު ޕްލޮޓަކީ ހޮހަޅައިގައި ތާށިވި ކުދިން ސަލާމަތް ކުރަން ޑައިވަރުން ކުރި ހިތްވަރު ގަދަ އަދި އާދަޔާހިލާފު މަސައްކަތެވެ. އެހެންވެ "ދަ ކޭވް" އިން ހާދިސާގައި އަމަލީ ގޮތުން ބައިވެރިވި ބައެއް ޑައިވަރުން ފެނިގެން ދާނެ އެވެ.

"ދަ ކޭވް" ގެ ޝޫޓިންގެ ތެރެއިން.

"ދަ ކޭވް" ގެ ޝޫޓިންގެ ތެރެއިން.

ޓޮމް ބުނި ގޮތުގައި ހޮހޮޅަ ހާދިސާ ހިނގައި މީޑިއާތަކުގެ ސަމާލު ކަމަށް އެ ވާހަކަ އައި ހިސާބުން އޭނާ ގެންދިޔައީ ވާނުވާ ވަރަށް ގާތުން ބަލަމުންނެވެ. އަދި އެ ހާދިސާ އަށް ފިލްމެއް ހެދުމުގެ ހިޔާލު އައީ ޑައިވަރުން ކުރި ހިތްވަރު ގަދަ މަސައްކަތުގެ ވާހަކަ އަޑު އިވުމުން ކަމަށް ބުންޏެވެ.

"ތައިލެންޑަށް އުފަން ޑައިރެކްޓަރެއްގެ ހައިސިއްޔަތުން މި ފިލްމު ހެދުމަކީ އަހަންނަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް. އަހަރެން ވަރަށް މަސައްކަތް ކުރާނަން ވީހާ ވެސް އަސްލާ އެއްގޮތަށް ފިލްމު ބެލުންތެރިންނަށް ގެނެސް ދޭން،" ދަ ލާސްޓް އެކްޒެކިއުޝަނާ (2014) އާއި މައިންޑްފުލްނެސް އެންޑް މާޑާ (2011) ފަދަ ފިލްމުތައް ޑައިރެކްޓް ކުރި ޓޮމް ބުންޏެވެ.

"ދަ ކޭވް" ގެ ޝޫޓިންގެ ތެރެއިން.

"ދަ ކޭވް" ގެ ޝޫޓިންގެ ތެރެއިން.

އޭނާ ބުނި ގޮތުގައި "ދަ ކޭވް" ގެ މުޅި ޓީމް މަސައްކަތް ކުރަނީ ފުރިހަމަ އަދި މޮޅު ފިލްމެއް ގެނެސް ދޭން ކަމަށެވެ.

"މީގެ އެންމެ ހާއްސަ ކަމަކީ ހާދިސާގައި އަމަލީ ގޮތުން ބައިވެރި ރެސްކިއު ޑައިވަރުންތަކެއް ހިމެނުން. އެހެން ގޮތަކަށް ބުނާ ނަމަ މިއީ ފިލްމަކަށް ވިޔަސް ހަގީގަތުގައި އެކްޓިން ދައްކަން ޖެހޭ އެއްޗެއް ނޫން. އެހެންވީމާ ވަރަށް ރިއަލިސްޓިކް ވާނެ ފިލްމު،" ޓޮމް ބުންޏެވެ. "އެކަމަކު މި ފިލްމު ޝޫޓް ކުރުމަކީ އެއްގޮތަކަށް ވެސް ފަސޭހަ ކަމެއް ނޫން. ވަރަށް ޗެލެންޖިން. ވަކިން ހާއްސަ އަންޑަވޯޓާ މަންޒަރުތައް ނެގުމުގައި އެބަހުރި ވަރަށް ގިނަ ދަތިތައް."

"ދަ ކޭވް" ގެ ޝޫޓިންގެ ތެރެއިން.

"ދަ ކޭވް" ގެ ޝޫޓިންގެ ތެރެއިން.

"ދަ ކޭވް" ގެ މަސައްކަތުގައި ހިއްސާވާ ޑައިވަރުންގެ ތެރޭގައި ބެލްޖިއަމްގެ ޖިމް ވާނީ، ކެނެޑާގެ އެރިކް ބްރައުން އަދި ޗައިނާގެ ޓަން ޒިއާއޯލޯންގް ހިމެނެ އެވެ. އަދި ފިލްމުގެ ވަރަށް މުހިއްމު ރޯލަކުން "ދަ ހޭންގް އޯވާ 2" ފަދަ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ތައިލެންޑްގެ މަޝްހޫރު އެކްޓަރު ނިރޫތު ސިރިޖަންޔާ ވެސް ފެނިގެން ދާނެ އެވެ.

ޓޮމް ބުނީ އޭނާގެ ކެރެކްޓާއަކީ ކޮބައިކަން ބާއްވަން ބޭނުން ވަނީ ސިއްރެއްގެ ގޮތުގައި ކަމަށެވެ.

ފުޓުބޯޅަ ޕްރެކްޓިހަކަށް ފަހު ޖޫން 23 ވަނަ ދުވަހު ތަމް ލުއާން ހޮހަޅަ އަށް ކުދިން ވަން ފަހުން އެ ހޮހަޅައިގެ ތެރޭގައި ފެންބޮޑުވެ އެ ކުދިން ސަލާމަތް ވެވޭނެ ގޮތެއް ނެތި އުޅެނިކޮށް ކުދިން ހޯދާފައި ވަނީ އިނގިރޭސިވިލާތުގެ ދެ ޑައިވަރުންނެވެ.

އޭގެ ފަހުން މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓުނު އޮޕަރޭޝަނެއްގައި 12 ކުދިންނާއި ކޯޗް ސަލާމަތް ކުރީ ބައިނަލްއަގުވާމީ ޑައިވަރުންގެ ޓީމަކުންނެވެ. ހޮހަޅައިގެ ފެންފަނޑުގެ ތެރޭން ކުދިން ނެރުނީ ހޭނައްތައިގެންނެވެ.

Thailand hoholhaige haadhisaa ah film eh hadhanee

Thailand hoholhaige haadhisaa ah film eh hadhanee

The most trusted news source in the Maldives

Mihaaru

މައިކަލްގެ ފިލްމު އިއުލާން ކުރީ ޖުލައި 11 ގައި.

މި ހާދިސާ އަށް ފިލްމެއް ހަދަން އެންމެ ފުރަތަމަ އިއުލާން ކުރި މީހުންގެ ތެރޭގައި އިންދަ ބްލިންކް އޮފް ދި އައި (2009) އާއި ގޯޑް އިޒް ނޮޓް ޑެޑް (2018) ފަދަ ފިލްމްތައް ޕްރޮޑިއުސް ކުރި އަދި ތައިލެންޑްގައި ދިރިއުޅެމުޖް އަންނަ ޕިޔޯ ފްލިކްސް އެންޓަޓައިންމަންޓްގެ މެނެޖިން ޑިރެކްޓަރު މައިކަލް ސްކޮޓް ހިމެނެ އެވެ.