Roadha Mihaaru
ދިވެހި ސިނަމާގެ ސުރުހީތައް

ދިވެހި ސިނަމާގެ ސުރުހީތައް

12 ޑިސެމްބަރ 2018

މިދިޔަ އަހަރު ރިލީޒް ކުރި ފިލްމު "ވިޝްކާ" ގެ ޝޯއެއް މި މަހުގެ 6 ވަނަ ދުވަހު ހުޅުމާލޭގެ ޝްވެކް ސިނަމާގައި ދެއްކުމަށް ފަހު، މި ފިލްމުގެ އިތުރު ޝޯއެއް އަނެއްކާވެސް އެ ތަނުގައި ދައްކާ ގޮތަށް ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އަހަރު ރިލީޒް ކުރި ފިލްމު "ވިޝްކާ" ގެ ޝޯއެއް މި މަހުގެ 6 ވަނަ ދުވަހު ހުޅުމާލޭގެ ޝްވެކް ސިނަމާގައި ދެއްކުމަށް ފަހު، މި ފިލްމުގެ އިތުރު ޝޯއެއް އަނެއްކާވެސް އެ ތަނުގައި ދައްކާ ގޮތަށް ނިންމައިފި އެވެ.

ފިލްމުގެ ބަތަލާ އަދި ޕްރޮޑިއުސަރު އައިޝަތު ރިޝްމީ ބުނީ ބެލުންތެރިން ވަރަށް ބޮޑަށް އެދެމުން އަންނާތީ "ވިޝްކާ" ގެ އިތުރު ޝޯއެއް މާދަމާ ރޭ ވެސް ދައްކާނެ ކަމަށެވެ. އެ ޝޯގެ ޓިކެޓް ޝްވެކުން މިހާރު އަންނަނީ ވިއްކަމުންނެވެ.

"ވިޝްކާ" އަކީ މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް، ރަވީ ފާރޫގް ޑައިރެކްޓްކޮށްފައިވާ ކްރައިމް ތުރިލާއެކެވެ. ފިލްމުގެ ލީޑް ރޯލް ކުޅުނީ ރިޝްމީ އާއި ރަވީގެ އިތުރުން އަހުމަދު ސައީދެވެ.

މި ފިލްމު މިދިޔަ އަހަރުގެ ސާކް ފިލްމު ފެސްޓިވަލްގައި ބައިވެރިކޮށްގެން ރިޝްމީ އަށް ވަނީ ސާކްގެ އެންމެ މޮޅު ބަތަލާގެ އެވޯޑް ލިބިފަ އެވެ.

"ކަނޑު އިބިލީސް" އޮލިމްޕަހަށް އަންނަނީ

މި މަހުގެ 5 ވަނަ ދުވަހު ހދ. ކުޅުދުއްފުށީ ތިލަދެކުނު ސިނަމާގައި ޕްރިމިއާ ކުރި ކުޑަކުދިންގެ ފިލްމު "ކަނޑު އިނބިލީސް" އޮލިމްޕަސް ސިނަމާ އަށް ގެންނަން ނިންމައިފި އެވެ.

ނަމަވެސް އޮލިމްޕަހުގައި ފިލްމު ދައްކާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.

"ކަނޑު އިނބިލީސް" ގެ ޓްރެއިލާ.

"ކަނޑު އިބިލީސް" އަކީ އިސްމާއީލް (ކޮޕީ އިއްސެ) ޓައިޓްލް ރޯލް ކުޅެ، ޑައިރެކްޓް ވެސް ކޮށްފައިވާ ފިލްމެކެވެ.

ކުޅުދުއްފުށީގެ ގިނަ އަދަދެއްގެ ކުޑަކުދިންތަކެއް ވެސް ފެނިގެންދާ ފިލްމުގެ ރޯލަކުން އަހުމަދު ޒިޔާ ވެސް ފެނިގެން ދާނެ އެވެ.

"ހިޔަމަ" ގެ މޭކިން ދައްކާލައިފި

މީގެ އަހަރެއް ކުރިން ޑިޓިއުން ބޭންޑުން ގެނެސް ދިން ވީޑިއޯ ލަވަ "ހިޔަމަ" ގެ މޭކިން ދައްކާލައިފި އެވެ.

މި ލަވައިގެ އެންމެ ހާއްސަ ކަމަކީ ލަވައިގެ ވާހަކަ ދިވެހި ގޮތަކަށް އަދި ދިވެހިންގެ ތެރޭގައި ހުރި އިޖުތިމާއީ މައްސަލަތަކުގެ ތެރެއިން ގެނެސް ދީފައިވާތީ އެވެ. ޑިޓިއުން ބޭންޑްގެ "ނަށާލާ" ލަވަ ވެސް ޑައިރެކްޓް ކުރި މުހައްމަދު މުންތަސިރު (މުންކޮ) ޑައިރެކްޓްކޮށްފައިވާ "ހިޔަމަ" އިން ދައްކަނީ ދަހިވެތިކަން ބޮޑު މީހެއްގެ ވާހަކަ އެވެ. ޑިޓިއުން ބޭންޑުގެ ފިރިހެން ލީޑް ވޯކަލިސްޓް އަހުމަދު ފުރްގާން (ފުޖީ) ކިޔާފައިވާ ލަވައިގެ ސްކްރީންޕްލޭން ހަދާފައި ވަނީ މަޝްހޫރު ސްކްރީން ރައިޓަރު މަހުދީ އަހުމަދެވެ.

"ހިޔަމަ" ގެ މޭކިން.

ލަވައިގެ ކޮސްޓިއުމާއި މޭކަޕް ހަދާފައި ވަނީ އިސްމާއީލް ޖުމައިހް (ޖުމާ) އާއި އިބޫ އެވެ. "ހިޔަމަ" ފުރިހަމަވުމުގައި ލަވައިގެ ސިނަމެޓޯގްރަފީ ވަރަށް ފާހަގަކޮށްލެވެ އެވެ. ލަވައިގެ މަންޒަރުތައް ނަގާފައި ހުރިލެއް ޝައުގުވެރި އެވެ. މި މަސައްކަތުގެ ފަހަތުގައި ތިބީ އިބްރާހީމް ވިސާމް (ކަނޑި) އާއި މުހައްމަދު ޝިވާޒް (މާސްކޭ) އެވެ. ލަވައިގެ މޭކިންގައި ބައިވެރިން ވަނީ މި ތަޖުރިބާ ހިއްސާކޮށްފަ އެވެ.

"ދައުވަތު" އަށް އިތުރު ކާސްޓުން

ވީ މީޑިއާ އިން ފިލްމު ހަދަން ނިންމައި މިދިޔަ ސެޕްޓެމްބަރު މަހު އިއުލާން ކުރި ބިރުވެރި ލޯބީގެ ފިލްމު "ދައުވަތު" ގެ ކާސްޓާ އިތުރު ތަރިންތަކެއް ގުޅިއްޖެ އެވެ.

އޭގެ ތެރޭގައި ބައިސްކޯފުން މިހާރު ސްޓްރީމް ކުރާ ވެބް ސީރީޒް "ހުވާ" ގެ ކާސްޓުންގެ ތެރޭގައި ވެސް ހިމެނޭ މަރިޔަމް އައްޒަ އާއި އަހުމަދު (އީސަ) އާނަންދު ހިމެނެ އެވެ. "ދައުވަތު" ވެގެން ދާނީ 2016 ގައި ރިލީޒް ކުރި ބިރުވެރި "4426" އަށް ފަހު އައްޒަ ކުޅޭ ދެވަނަ ބިރުވެރި ފިލްމަށެވެ.

"ދައުވަތު" ގެ ކާސްޓާ ކުރިން ގުޅިފައިވާ ތަރިންނަކީ ނުޒުހަތު (ނުޒޫ) ޝުއައިބް، އަލީ (ދޮން އައްޔަ) އާޒިމްގެ އިތުރުން "ހުވާ" އިން ވެސް ފެނިގެންދާ އާ ބަތަލާ އިރުފާނާ (އިރޫ) އިބުރާހީމެވެ.

VMedia in film hadhanee; Furathama "Dhauvathu"

VMedia in film hadhanee; Furathama "Dhauvathu"

The most trusted news source in the Maldives

Mihaaru

"ދައުވަތު" އަކީ ވީމީޑިއާ އިން ހަދާ ފިލްމެއް.

ޔޫއްޕެ ލިޔެ، ޑައިރެކްޓް ކުރާ "ދައުވަތު" އިން އޭނާ ވެސް ފެނިގެން ދާނެ އެވެ. މި ފިލްމު ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

އެކަމަކު މި ފިލްމުގެ ކުރިން ޑައިރެކްޓްކޮށްފައިވާ "40+" ފެބްރުއަރީ މަހުގެ 27 ގައި އޮލިމްޕަސް ސިނަމާ އަށް އަންނާނެ އެވެ.