02 ޑިސެމްބަރ 2018
ޓީސީ ސްޕޯޓްސް ކްލަބާ އެކު ދިރާގު ދިވެހި ޕްރިމިއާ ކާމިޔާބުކުރުމާ އެކު އެ ޓީމުގެ ނޭޕާލް ގޯލްކީޕަރު ކިރަން ޝެމްޝޮން އަށް މިވަނީ ހާއްސަ ޝަރަފެއް ލިބިފަ އެވެ. މިނެރްވާ ޕަންޖާބާ އެކު އިންޑިއާގެ އައި-ލީގު ވެސް މި އަހަރު ކާމިޔާބުކުރި ކިރަން މިވަނީ އެއް އަހަރު ތެރޭ، ދެކުނު އޭޝިއާގެ އެންމެ ވަރުގަދަ ދެ ލީގު ކާމިޔާބުކޮށްފަ އެވެ.
ޓީސީ ސްޕޯޓްސް ކްލަބާ އެކު ދިރާގު ދިވެހި ޕްރިމިއާ ކާމިޔާބުކުރުމާ އެކު އެ ޓީމުގެ ނޭޕާލް ގޯލްކީޕަރު ކިރަން ޝެމްޝޮން އަށް މިވަނީ ހާއްސަ ޝަރަފެއް ލިބިފަ އެވެ. މިނެރްވާ ޕަންޖާބާ އެކު އިންޑިއާގެ އައި-ލީގު ވެސް މި އަހަރު ކާމިޔާބުކުރި ކިރަން މިވަނީ އެއް އަހަރު ތެރޭ، ދެކުނު އޭޝިއާގެ އެންމެ ވަރުގަދަ ދެ ލީގު ކާމިޔާބުކޮށްފަ އެވެ.
މިދިޔަ އަހަރު ޓީސީއާ ގުޅުނު ކިރަން މި އަހަރު ފުރަތަމަ ފެނުނީ އިންޑިއާގެ މިނެރްވާ ޕަންޖާބުންނެވެ. މިނެރްވާ އަށް ކުޅެދިން އަށް މެޗުގައި ވެސް ކިރަން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި އެ ޓީމުން އައި ލީގު ޗެމްޕިއަންކަން ހޯދައި އަންނަ އަހަރުގެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދައިދިނުމުގައި ކިރަންގެ ދައުރު ބޮޑެވެ.
އުމުރުން 28 އަހަރުގެ ކިރަން އަލުން ޓީސީއާ ގުޅުނީ މިދިޔަ ޖޫން މަހު ތެރޭގަ އެވެ. އޭނާ ދެ ވަނަ ފަހަރަށް ގެންނަން ޓީސީން ނިންމީ މި ފަހަރުގެ ދިވެހި ޕްރިމިއާ ލީގަށް ޓީސީ ވަރުގަދަކުރުމުގެ ގޮތުންނެވެ. މި އަހަރު ޓީސީގެ ގޯލުގައި އޭގެ ކުރިން ތިން ކީޕަރުން ކުޅުނެވެ. އެއީ ރާއްޖޭގެ ދެ ކީޕަރުން ކަމަށްވާ އިފްރާހް އަރީފް (އިފްރާ) އާއި އިބްރާހިމް ނަދީމް (ރިކޫ)ގެ އިތުރުން ޑިމިޓްރީ އަސްނިން އެވެ. އަސްނިންގެ އަތަށް ލިބުނު އަނިޔާއިން އޭނާ އެއްކޮށް ރަނގަޅެއް ނުވުމުން ޓީސީން އޭނާ ދޫކޮށްލަން ނިންމި އެވެ.
ނޭޕާލް ގައުމީ ޓީމުގެ އެއް ވަނަ ގޯލްކީޕަރުގެ މަގާމު ފުރަމުން އަންނަ ކިރަން ވަނީ ލީގު ޗެމްޕިއަންކަން ޓީސީ އަށް ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. ހާއްސަކޮށް މުހިއްމު މެޗުތަކުގައި އޭނާ ދެއްކި މޮޅު ކުޅުން ފާހަގަކުރަން ޖެހެ އެވެ. ލީގުގެ ފުރަތަމަ ބުރުގައި ނިއު ރޭޑިއަންޓާ ދެކޮޅަށް އޭނާ ދެއްކި މޮޅު ކުޅުމަކީ ފާހަގަކުރަން ޖެހޭ މެޗެކެވެ. އެ މެޗުގައި ނިއު އިން ފޮނުވާލި ނުރައްކާތެރި ގިނަ ހަމަލާތަކެއް ކިރަން ވަނީ ހުއްޓުވައިފަ އެވެ.
"ކިރަން އަކީ ހަގީގަތުގައި ވަރަށް ތަޖުރިބާކާރު ކީޕަރެއް. ޓީސީ އަށް އޭނަގެ ތަޖުރިބާ އާއި ގޭމް ރީޑިން ސްކިލްސް ވަރަށް މުހިއްމު. އަނެއްކޮޅުން އޭނަ އަކީ ޓީސީއާ ވަރަށް ގުޅޭ ވެސް ކީޕަރެއް. ދަނޑުމަތީގައި ވެސް އެކަން ވަރަށް ރަނގަޅަށް ފެނިގެންދޭ،" ލީގުގެ މެޗަކަށް ފަހު ކިރަންއާ ބެހޭގޮތުން ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުންޏެވެ.
އެފްއޭއެމްގެ ސީނިއާ ނައިބު ރައީސް ޝަކީބް (ކ) އެންމެ މޮޅު ކީޕަރުގެ އެވޯޑް ކިރަންއާ ހަވާލުކުރަނީ. -- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
މި ފަހަރުގެ ސާފް ސުޒުކީ ކަޕްގައި ނޭޕާލް ގައުމީ ޓީމަށް ކޯޗުކޮށްދިން ކޯޗު ބާލް ގޯޕާލް މަހާރަޖަން ދެކޭގޮތުގައި ކިރަން އަކީ އޭޝިއާގެ ކޮންމެ ޓީމަކަށް ވެސް ކުޅެވޭ ފެންވަރުގެ މޮޅު ކީޕަރެކެވެ.
"ކިރަން އަންނަނީ އޭނާ ކުޅޭ ކޮންމެ ޓީމެއްގައި ވެސް އެއް ފެންވަރެއްގައި މޮޅު ކުޅުމެއް ދައްކަމުން. އަހަރެން ހައިރާނެއް ނުވޭ އޭނަގެ މޮޅު ކުޅުމާ އެކު (މިނެރްވާ) އަށް އައި ލީގު ލިބުނީމަ. އެއީ ހަގީގަތުގައި ކިރަން އަކީ އޭޝިއާގެ ކޮންމެ ޓީމަކަށް ކުޅެވޭނެ ކީޕަރެއް،" މި ފަހަރުގެ ސާފް ސުޒުކީ ކަޕްގެ ސެމީ ފައިނަލުގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބާލް ގޯޕާލް ބުންޏެވެ.
ކިރަން އަކީ ފާއިތުވި ތިން އަހަރަށް ބަލާއިރު ލީގުގެ އެންމެ މޮޅު ކީޕަރުގެ މަގާމު ހޯދި ބިދޭސީ ދެ ވަނަ ކީޕަރެވެ. މީގެ ކުރިން 2016 ވަނަ އަހަރު ލީގުގެ އެންމެ މޮޅު ކީޕަރުގެ މަގާމު ހޯދީ ކްލަބް އީގަލްސް އަށް ކުޅޭ ސްރީލަންކާގެ ކީޕަރު ސުޖަން ޕެރޭރާ އެވެ.
ޗެމްޕިއަން ޓީސީން ލީގުގެ އައްޑަނަ އުފުލާލައިފި
ޓީސީ ނުކުންނާނީ ފުރިހަމަ އިތުބާރާ އެކު: ނިޒާމްބެ
ލީގު ކަށަވަރުކުރަން ޓީސީން މިއަދު މާޒިޔާއާ ދެކޮޅަށް
ދަގަނޑޭގެ ހަތަރު ގޯލާ އެކު ޓީސީ ލީގާ ގާތަށް
ދަގަނޑޭގެ ދެ ގޯލުން ޓީސީ އިން ނިއު ބަލިކޮށްފި
ބޮޑު މޮޅަކާ އެކު ޓީސީން ލީޑު ދަމަހައްޓައިފި
މާޒިޔާ އިން ޓީސީ ބަލިކޮށް، ފަހު މެޗު ގަދަ ހިފުމަކަށް
ތިންވަނަ މަގާމާ އެކު ސަސް އަށް ލީގު ނިމިއްޖެ
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
މެޗަކުން ބަލިނުވެ އީގަލްސް ކުރިއަށް، ލީޑް ފުޅާކޮށްފި