22 އޮކްޓޯބަރ 2018
އަންނަ ހަފުތާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގަންނަވާތީ އެމަނިކުފާނަށް މަރުހަބާ ދެންނެވުން ކުލަ ގަދަކޮށް ބާއްވަން ނިންމާފައިވާ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.
އަންނަ ހަފުތާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގަންނަވާތީ އެމަނިކުފާނަށް މަރުހަބާ ދެންނެވުން ކުލަ ގަދަކޮށް ބާއްވަން ނިންމާފައިވާ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.
ދެ އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން އިނގިރޭސިވިލާތުގައި ހިމާޔަތް ހޯއްދަވައިގެން ހުންނެވުމަށް ފަހު ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ އަންނަ މަހުގެ ފުރަތަމަ ދުވަހު އެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ތަރުޖަމާނު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި ކަމަށާއި އެކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އަދި އެމަނިކުފާނު ވަޑައިގަންނަވާތީ އެކަން ކުލަ ގަދަކޮށް ފާހަގަ ކުރަން ގިނަ ބަޔަކު އެދެމުންދާ ކަމަށާއި އެކަމަށްޓަކައި ޚާއްސަ އިންތިޒާމްތަކެއް ހަމަޖައްސަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބޮޑު އީދެއް ކަހަލަ ގޮތަކަށް މި އިވެންޓް ބާއްވަން ވަރަށް ގިނަ ފަރާތްތަކުން އެދޭތީ އަޅުގަނޑުމެން މި އިންތިޒާމްތައް ހަމަޖައްސަމުން މިގެންދަނީ." އިންތި ވިދާޅުވި އެވެ.
އިންތި ވިދާޅުވީ އަލަށް އިންތިޚާބު ވެފައިވަނީ އިދިކޮޅު ފަރާތްތަކުގެ ސަރުކާރެއް ކަމަށާއި އެހެންވެ، ނަޝީދު ރާއްޖެ ވަޑައިގަތުމަށް ހުރަސް އަޅާނެ އެއްވެސް ފަރާތެއް ނުތިބޭނެ ކަމަށެވެ. އަދި ކުރީގެ ރައީސެއްގެ ހައިސިއްޔަތުން ލިބެންޖެހޭ ހުރިހާ ޝަރަފާއި ގަދަރެއް އެމަނިކުފާނަށް ވެސް ލިބޭނެ ކަމަށް އިންތި ވިދާޅުވި އެވެ.
"އެންމެ މަތީ ޝަރަފާ އެކު އިރާދަކުރެއްވިއްޔާ އެ ބޭފުޅާ އެނބުރި ވަޑައިގަންނަވާނީ." އިންތި ވިދާޅުވި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަންވަރު އިބްރާހިމް ވިދާޅުވީ އެއާޕޯޓުން ނަޝީދު މާލެ ވަޑައިގަންނަވާއިރު ކަނޑުމަތިން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ވީހާ ވެސް ގިނަ ކަނޑު އުޅަނދުތައް ނެރުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައިވާ ކަމަށެވެ. އެކަމަށް ބޭނުންވާ ހުރިހާ އުޅަނދަކަށް ވެސް އެ ހަރަކާތުގައި ބައިވެރިވެވޭނެ ކަމަށާއި އެކަމަށްޓަކައި ހޮޓްލައިނެއް ވެސް ގާއިމް ކޮށްފައިވާ ކަމަށް އަންވަރު ވިދާޅުވި އެވެ.
"މިހާތަނަށް ވެސް ކަންނެލި އޮޑިތަކާއި މުދާ އުފުލާ އޮޑިތަކާއި އަދި ކުދި ބޮއްކުރާ ކަހަލަ ކުދިކުދި އުޅަނދުތައް ވެސް އެބަހުރި ބައިވެރިކޮށްފައި އެކި ފަރާތްތަކުން." އަންވަރު ވިދާޅުވި އެވެ.
އެމްޑީޕީން ބުނިގޮތުގައި ނަޝީދު މާލެ ވަޑައިގަތުމަށް ފަހު އެރޭ އާޓިފިޝަލް ބީޗްގައި ވެސް ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ އެވެ. އެ އިންތިޒާމްތައް ހަމަޖެއްސުމުގައި ސަލާމަތީ ބާރުތަކާ ވެސް މަޝްވަރާ ކުރަމުންދާ ކަމަށާއި އިންތިޒާމްތަކުގެ ފުރިހަމަ ތަފްސީލު ފަހުން ހާމަ ކުރާނެ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް އިއްވި 13 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރަމުން ގެންދަވަނިކޮށް ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ފޮނުއްވުމުން އެމަނިކުފާނު މިއަދާ ހަަމައަށް ވެސް ހުންނެވީ އެ ގައުމުގެ ހިމާޔަތުގަ އެވެ.
ނަޝީދަށް ސިފައިންނާއި ފުލުހުން އެއްބާރުލުން ދޭނެ
ނަޝީދާއި އިންތިއަށް އިންޒާރުދިން މައްސަލަ ފުލުހަށް
2މެމްބަރަކާ ހެދި ނަޝީދަށް ނުރައްކާ އޮތްކަމުގެ ތުހުމަތު
މި މޮޅަކީ ރައީސްގެ ވަރުގަދަ ފެށުމެއް!
ވޯޓު ފޮށި ފަޅާލައިގެން ހައްޔަރުކުރީ ޕީޕީއެމް މީހެއް!
އިންޑިއާގެ ދިފާއުގައި "ބާކީ ނުވޭ" ކެމްޕެއިނެއް!
ދާއިރާތަކުގެ އަޑު: "ރައީސަށް އިތުބާރު އެބައޮތް"
ރައީސަށް ކޮންޓްރޯލް، ނަޝީދަށް 2023 ބަންދުވީތަ؟
ރައީސާއެކު ޕާޓީތަކުން ހެޔޮގޮތް ހޯދޭނެ: އިމްރާން
"ހިތް ބުރަކަމެއް ނެތް، އެކުގައި މަސައްކަތް ކުރެވޭނެ"