Roadha Mihaaru
ޓޫރިސްޓުންތަކަކާ އެކު ދޯންޏެއް ގިރިއަކަށް އަރައިފި

ޓޫރިސްޓުންތަކަކާ އެކު ގިރިއަކަށް އެރި ދޯންޏެއް ފުންކުރަނީ

03 އޮކްޓޯބަރ 2018

ޓޫރިސްޓުންތަކަކާ އެކު އަނަންތަރާ ދިގުފިނޮޅު ރިސޯޓްގެ ހުޅަނގު ފަރާތުގައި އޮންނަ ގިރިއަކަށް މިރޭ އެރި ޑައިވިން ދޯންޏެއް ފުންކުރުމުގެ މަސައްކަތް އެ ދޯނީގެ ވެރިފަރާތާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޓޫރިސްޓުންތަކަކާ އެކު އަނަންތަރާ ދިގުފިނޮޅު ރިސޯޓްގެ ހުޅަނގު ފަރާތުގައި އޮންނަ ގިރިއަކަށް މިރޭ އެރި ޑައިވިން ދޯންޏެއް ފުންކުރުމުގެ މަސައްކަތް އެ ދޯނީގެ ވެރިފަރާތާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ "އަމިސް ޑެސް މޯލްޑިވްސް" ނަމަކަށް ކިޔާ ދޯނި ގިރިއަކަށް އެރި ކަމުގެ މައުލޫމާތު ލިބުނީ މިރޭ 7:19 ހާއިރު ކަމަށެވެ. އަދި އެ ހާދިސާގެ ރިޕޯޓް ލިބުމާ އެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ލޯންޗެއްގައި ސިފައިން އެ ސަރަޙައްދަށް ގޮސް، ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް ވެސް ބުންޏެވެ.

މި ހާދިސާ ހިނގި އިރު، ދޯނީގައި 24 ޓޫރިސްޓުންނާއި ހަ ފަޅުވެރިން ތިއްބެވެ. އަދި އޭގައި ތިބި ޓޫރިސްޓުން ވަނީ "މޯލްޑިވިއަން ޑްރީމް ޓޫ" ނަމަކަށް ކިޔާ ސަފާރީއަކަށް ނަގައިފަ އެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށެވެ.