30 ސެޕްޓެމްބަރ 2018
ޑިސިޕްލިނަރީ މައްސަލައެއް ބެލުމަށް ފަހު، ފުލުހުންގެ ވަޒީފާ އިން ވަކިކުރަން ނިންމާފައި ހުރި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް، އަބްދުލް މަންނާން ޔޫސުފް އަލުން ފުލުހުންގެ ވަޒީފާ އަށް ނުކުތުމުގެ ހުއްދަ މިދިޔަ ހަފުތާގައި ދީފި އެވެ.
ޑިސިޕްލިނަރީ މައްސަލައެއް ބެލުމަށް ފަހު، ފުލުހުންގެ ވަޒީފާ އިން ވަކިކުރަން ނިންމާފައި ހުރި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް، އަބްދުލް މަންނާން ޔޫސުފް އަލުން ފުލުހުންގެ ވަޒީފާ އަށް ނުކުތުމުގެ ހުއްދަ މިދިޔަ ހަފުތާގައި ދީފި އެވެ.
މަންނާނު ފުލުހުންގެ ވަޒީފާ އިން ވަކިކުރަން، ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން މިދިޔަ މޭ މަހު ނިންމީ ސިއްރު މައުލޫމާތުތަކެއް ހިއްސާ ކުރަން ނުޖެހޭ މީހަކާ ހިއްސާކުރި މައްސަލައިގަ އެވެ.
މަންނާނަކީ ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒާއި އަހުމަދު އަރީފާ ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ. އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ހިނގައި ދިޔަ ކަންތައްތަކަށް ފަހު މަންނާނު ހުރީ އެއްވެސް ޒިންމާއެއް ހަވާލުނުކޮށް ބަހައްޓައިފަ އެވެ.
Fuluhunge vazeefaa in Mannaan vakikoffi
The most trusted news source in the Maldives
Mihaaru
ފުލުހުންގެ ވަޒީފާއިން މަންނާނު ވަކިކުރަން ނިންމުން--
މަންނާނު ވަޒީފާ އިން ވަކިކުރަން ނިންމި މައްސަލަ ފުލުހުންގެ އިސްތިއުނާފު ބޯޑު ކަމަށްވާ އެޕީލް ބޯޑަށް މަންނާނުގެ ފަރާތުން ހުށަހެޅުމުން އެ ބޯޑުން ނިންމީ ޑިސިޕްލިނަރީ ބޯޑުގެ ނިންމުން އަލުން މުރާޖައާ ކުރުމަށެވެ.
އެނގިފައިވާ ގޮތުގައި މަންނާނު ވަކިކުރަން ނިންމި ނިންމުން ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ބާތިލުކުރީ ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރުމަށް ފަހު އެވެ. އަދި މިދިޔަ ހޯމަ ދުވަހުން ފެށިގެން މަންނާނު ވަޒީފާ އަށް ނުކުމެވަޑައިގަންނަވަ އެވެ.
ތިން ޕޮލިސް ކޮމިޝަނަރުން އުމަރާ އެއްކޮޅަށް!
ފުލުހުންގެ ވަޒީފާ އިން މަންނާން ވަކިކޮށްފި
ކުރީގެ ސީޕީ އަރީފްގެ ޕާސްޕޯޓް ހިފަހައްޓައިފި
ކޮމިޝަނަރު އަރީފް ބިއުރޯގެ ހެޑް މަންނާނު ވަކިކޮށްފި
"ފުލުހުންނަށް އަމާޒުކޮށް ނުރައްކާތެރި ކަންކަން ހިންގާ"
ރުޅި ނައިއްޔާ ދެރަ! ފުލުހުން ކޮބައިތަ؟
ރިޔާޒާއި ފުލުހުންގެ ލޯބި މި ދެ ފޮޓޯ އިން!
ވަކި މީހަކު ބުނެގެން އިސްތިއުފާ ދޭކަށް ނުޖެހޭ: އަރީފް
ރިޔާޒުގެ މައްޗަށް ފުލުހުން ދެ ތުހުމަތެއް ކޮށްފި
ވަކި ފުލުހުންނާ ހެދި މުއައްސަސާ ބަދުނާމު ވެގެން ނުވާނެ