Roadha Mihaaru
އަހަރުތަކަކަށް ފަހު އަންހެނަކަށް ފިޒިކްސްގެ ނޯބެލް އިނާމު

55 އަހަރު ތެރޭ ފުރަތަމަ ފަހަރަށް އަންހެނަކަށް ފިޒިކްސްގެ ނޯބެލް އިނާމް

03 އޮކްޓޯބަރ 2018

ސްވިޑަން (އޮކްޓޯބަރު 3) - ވޭތުވެދިޔަ 55 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ނޯބެލްގެ ފިޒިކްސްގެ އިނާމު އަންހެނަކަށް ލިބިއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ސްވިޑަން (އޮކްޓޯބަރު 3) - ވޭތުވެދިޔަ 55 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ނޯބެލްގެ ފިޒިކްސްގެ އިނާމު އަންހެނަކަށް ލިބިއްޖެ އެވެ.

ކެނެޑާގެ ޑޮންނާ ސްޓްރިކްލޭންޑަކީ ނޯބެލްގެ ފިޒިކްސްގެ އިނާމު ލިބިވަޑައިގެންނެވި ތިން ވަނަ ފަރާތެވެ. މީގެ ކުރިން ވަނީ 1903 ވަނަ އަހަރު މާރީ ކުރީ އަދި 1963 ވަނަ އަހަރު މާރިއާ ގޮއެޕާޓް-މާޔާ އަށް ފިޒިކްސްގެ ނޯބެލް އިނާމު ލިބިވަޑައިގެންފަ އެވެ.

ޑރ. ސްޓްރިކްލޭންޑާ އެކު މި އަހަރުގެ އިނާމު ހިއްސާކޮށްފައި ވަނީ އެމެރިކާގެ އާތާ އަޝްކިން އާއި ފްރާންސްގެ ޖެރާޑް މާރޫ އެވެ. އިނާމު ލިބިވަޑައިގެންފައި ވަނީ އެ ބޭފުޅުން ހޯއްދެވި ލޭޒާ ފިޒިކްސްގެ ދާއިރާ އިންނެވެ.

ފިޒިކްސްގެ ނޯބެލް އިނާމު އެންމެ ފަހުން ލިބިވަޑައިގެންނެވި އަންހެން ބޭފުޅާ ކަމަށް ޖަރުމަނަށް އުފަން އެމެރިކާގެ މާރިއާ ގޮއެޕާޓް-މާޔާ އަށް ލިބިވަޑައިގެންނެވީ އެޓޮމްގެ ނިއުކްލައިގެ ހޯދުންތަކަށެވެ. ޕޮލެންޑަށް އުފަން ފިޒިސިސްޓް މާރީ ކޫރީ އަށް 1903 ވަނަ އަހަރު އެވޯޑް ލިބިވަޑައިގެންނެވީ ރެޑިއޯއެކްޓިވިޓީގެ ދާއިރާތަކުން ހޯއްދެވި ހޯއްދެވުންތަކަށެވެ.