04 އޯގަސްޓް 2016
އިދިކޮޅު ސިޔާސީ ފަރާތްތަކުން ހިންގާ ހަރަކާތްތަކުން އާއްމުންނަށް އުނދަގޫވާ ކަމަށާއި މަގުތައް ބަންދުކޮށްގެން އާއްމު ހިދުމަތްތަކަށް ދަތިވާ ގޮތަށް ސިޔާސީ ހަރަކާތްތައް ހިންގަން ފުރުސަތު ނުދޭނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އިދިކޮޅު ސިޔާސީ ފަރާތްތަކުން ހިންގާ ހަރަކާތްތަކުން އާއްމުންނަށް އުނދަގޫވާ ކަމަށާއި މަގުތައް ބަންދުކޮށްގެން އާއްމު ހިދުމަތްތަކަށް ދަތިވާ ގޮތަށް ސިޔާސީ ހަރަކާތްތައް ހިންގަން ފުރުސަތު ނުދޭނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އިސްކަންދަރު ކޮށީގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި ހެޑް އޮފް ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑް، ހަމްދޫން ރަޝީދު ވިދާޅުވީ އިދިކޮޅު ހަރަކާތް ހިންގަނީ މަދު ބައެއް ކަމަށެވެ. ގާނޫނުއަސާސީން އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ދީފައިވާކަން ފާހަގަކުރައްވައި ހަމްދޫން ވިދާޅުވީ އިދިކޮޅު ހަރަކާތް ހުރަސް އަޅަން ޖެހެނީ ގިނަ ބައެއްގެ ހައްގުތައް ދިފާއުކޮށް ދޭން ކަމަށެވެ.
އޭނާ ވިދާޅުވީ އެމްޑީޕީ ހަރުގޭގައި ކޮންމެ ރެއަކު އެއްވުންތައް ކުރިއަށް ގެންގޮސް، އަޑުގަދަކުރާ ބޭނުންކޮށް ވާހަކަ ދެއްކުމާއި ބާރަށް ލަވަ ޖަހާތީ އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން ކެނޑިނޭޅި ފުލުހުންނަށް ޝަކުވާ ހުށަހަޅަމުންދާ ކަމަށެވެ. މިއީ އާއްމު އިޖުތިމާއީ މިންގަނޑާ ވެސް ހިލާފު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މަދު ބަޔަކު ހިންގާ ގާނޫނާ ހިލާފު އަމަލުތަކެއްގެ ސަބަބުން ގިނަ ބައެއްގެ ހައްގުތައް ގެއްލިގެން ދާކަން ފާހަގަކުރެވޭ. އަޅުގަނޑުމެން ފުލުހުންނަކީ މި ދެންނެވި ހުރިހާ ހައްގެއް ކަށަވަރުކުރުމުގެ ގާނޫނީ ޒިންމާ އުފުލަން ޖެހޭ ފަރާތްތައް. އެހެންވެ މަގުތަކުގައި ތޮއްޖެހޭ ގޮތަށް ސިޔާސީ ހަރަކާތް ހިންގަން ޖާގަ ދެވެން ނެތް ކަމަށް ތަކުރާރުކޮށް މިދަނީ ދަންނަވަމުން،" ހަމްދޫން ވިދާޅުވި އެވެ.
ފުލުހުން އެމްޑީޕީ ހަރުގޭގައި: އާއްމުންނަށް އުނދަގޫވާ ގޮތަށް އިދިކޮޅު ސިޔާސީ ހަރަކާތް ހިންގަން ޖާގަ ނުދެވޭނެ ކަމަށް ވިދާޅުވި.
މާލޭގެ މަގުތަކަކީ ތޮއްޖެހިފައިވާ މަގުތަކެއް ކަމަށާއި އެ މަގުތަކަކީ އާއްމުން އަބަދު ވެސް ބޭނުން ކުރާ މަގުތަކަކަށް ވާތީ މަގުތަކުގައި ސިޔާސީ ހަރަކާތް ހިންގުމުގެ ފުރުސަތު ނުދޭނެ ކަމަށް ހަމްދޫން ވިދާޅުވި އެވެ.
މަގުތައް ތޮއްޖެހޭތީ، ސިޔާސީ ހަރަކާތް ހިންގަން ފުރުސަތު ނުދޭން ނިންމާފައި ވާއިރު، މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން އާއްމުންނަށް ދަތިވާ ގޮތަށް ގިނަ މަގުތަކެއް ބަންދުކޮށް ހަރަކާތްތައް ހިންގުމުގެ ހުއްދަ ދިނީ ކީއްވެތޯ ނޫސްވެރިއަކު ސުވާލުކުރުމުން ހަމްދޫން ވިދާޅުވީ އެ ހުއްދަ ދިނީ "މިނިވަން ދުވަހުގެ ހަރަކާތްތަކަކީ ގައުމީ ހަރަކާތަކަށް ވާތީ" ކަމަށެވެ. އެ ސުވާލާ ގުޅިގެން، ސިޔާސީ ޕާޓީތަކުން ވެސް ވަކި ދުވަސްތަކެއް ކަނޑައަޅައި އެ ދުވަހެއްގައި އެއްވުން ބާއްވަން ނޯޓިސް ދިނުމުން މަގުތަކުގެ ޓްރެފިކް ފުލުހުން ބަލަހައްޓައި ނުދީ ހުރަސް އަޅަނީ ކީއްވެތޯ އެހުމުން، އެ އަށް ސީދާ ޖަވާބެއް ހަމްދޫން ނުދެއްވި އެވެ.
އޭނާ ތަކުރާރުކޮށް ވިދާޅުވީ "ސިޔާސީ ހަރަކާތް ހިންގަނީ މަދު ބައެއް" ކަމަށެވެ.
"އެމްޑީޕީގެ މި ދަންނަވާ ހަރަކާތަކީ މަދު ބަޔަކު ނިކުމެ ހިންގާ ހަރަކާތެއް. މަދު ބަޔަކު ނިކުމެ މަގު ބަންދުކޮށްގެން މިފަދަ ހަރަކާތް ހިންގަން ފުރުސަތު ނުދޭނެ ވާހަކަ މި ދަންނަވަނީ،" ހަމްދޫން ވިދާޅުވި އެވެ.
އެއީ، ހިޔާލުފާޅުކުރުމަށް ގާނޫނު އަސާސީން ދީފައިވާ މިނިވަންކަން ނިގުޅައިގަނެ އެ ހައްގަށް ހުރަސްއެޅުން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިދިކޮޅު އިއްތިހާދުގެ ޖަލްސާއެއް އެމްޑީޕީގެ ހަރުގޭގައި ކުރިއަށް ގެންދަނިކޮށް އެ ތަނަށް ފުލުހުން ވަދެގަނެ، އެ ތަނުގައި ތިބި މީހުންނާ ސުވާލުކޮށް، ބަލައި ފާސްކޮށްފައިވާ ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ. ހަރުގެ ހިންގަނީ މީހެއްގެ ގެއެއްގައި ކަމަށް ވާތީ، އެ ތަނަށް ވަނީ ކޯޓު އަމުރެއް އޮވެގެންތޯ ސުވާލު ދެންނެވުމުން ވިދާޅުވީ ފުލުހުން އެ ތަނަށް ވަނީ ބަލައި ފާސްކުރަން ނޫން ކަމަށެވެ.
ތަނެއްގައި އާއްމުންނަށް އުނދަގޫވާ ކަމެއް ކުރާ ނަމަ، ހަމްދޫން ވިދާޅުވި ގޮތުގައި، ހުއްޓުވަން ވަނުމުގެ އިހުތިޔާރު ފުލުހުންނަށް ލިބިގެންވެ އެވެ.
"އަޅުގަނޑުމެން އެ ތަނަށް ވަނީ ވާހަކަ ދައްކަން އެދިގެން. ފުލުހުން ވަނީ އެއްވެސް ހާލެއްގައި ބަލައި ފާސްކުރާކަށް ނޫން. އެ ތަނުގައި އަޑުގަދަ ކުރާތީ އަޑު މަޑުކުރަން އެދުމަށް ފުލުހުން ވަނީ،" އޭނާ ވިދާޅުވި އެވެ.
މުޒާހަރާ އިން ހައްޔަރު ކުރި އަމީތު ދޫކޮށްލައިފި
"ގާނޫނާ އެއްގޮތަށް ހިންގާ ހަރަކާތަށް ހުރަހެއް ނާޅާނެ"
އިދިކޮޅު ޖަލްސާއަށް ފަނޑިޔާރުމަގު ބަންދުކޮށްދޭން އެދެފި
ހައްޔަރު ކުރި އެމްޑީޕީގެ މީހުންގެ ބަންދަށް 13 ދުވަސް
ރައީސް ޔާމީން ހައްޔަރުކޮށް ތަހުގީގެއް ހިންގަން ގަރާރެއް
އިލްޔާސް ޕޮލިހަށް ހާޒިރުކޮށް ފޯނު އަތުލައިފި
އެމްޑީޕީގެ ހިނގާލުމަށް ފުރުސަތެއް ނުދެވޭނެ: ޕޮލިސް
ފުލުހުން ނަން ޓެގު ނުޖެހުން ބޮޑު މައްސަލައަކަށް!
ހަރުގެ އަށް ވަތް މައްސަލާގައި ފިޔަވަޅު އަޅަން އެދެނީ
އިއްތިހާދުގެ އިސް ބޭފުޅުންތަކެއް ހޯދަން ހަރުގެ އަށް