05 ޖޫން 2018
އިންޑިއާގެ ޓްރިވެންޑްރަމުން ރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ދިވެހި ތިން ފިރިހެނަކު، 17 ކިލޯގެ މަސްތުވާތަކެއްޗާއެކު އިއްޔެ ހައްޔަރުކޮށްފި އެވެ.
އިންޑިއާގެ ޓްރިވެންޑްރަމުން ރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ދިވެހި ތިން ފިރިހެނަކު، 17 ކިލޯގެ މަސްތުވާތަކެއްޗާއެކު އިއްޔެ ހައްޔަރުކޮށްފި އެވެ.
އިންޑިއާގެ ފުލުހުންނާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި 17 ކިލޯގެ ހޭޝް އޮއިލް ހިފައިގެން ޓްރިވެންޑްރަމް އެއާޕޯޓުން ރާއްޖެ އަށް ފުރަން އުޅެނިކޮށް ހައްޔަރުކޮށްފައި ވަނީ ޝަނީޒް މާހިރު، 27، އާއި އައިމަން އަހުމަދު، 24، އާއި އިބްރާހިމް ފައުޒާން ސޯލިހް، 29، އެވެ. އެ ތިން މީހުން މި އަތުލައިގަތީ ފުލުހުން އެ މީހުންނަށް ފާރަލާތާ ތިން ދުވަސް ފަހުންނެވެ.
އިންޑިއާ ފުލުހުން މި ތިން މީހުން އަތުލައިގަތީ، ބައިނަލްއަގުވާމީ ފެންވަރުގައި މަސްތުވާތަކެތީގެ ވަގު ވިޔަފާރިކުރާ ޝަނީޒް އަތުލައިގަތުމަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކަމަށް އިންޑިއާގެ ނޫސްތަކުގައިވެ އެވެ. މި ތިން މީހުން ވެސް ޓްރިވެންޑްރަމްގެ ތެރޭގައި އުޅުނީ އަގު ބޮޑު ހޮޓާތަކުގަ އެވެ.
އެ ތިން މީހުންނަށް ފާރަލަމުން އެ ތިން މީހުންނާ އެއް ހޮޓަލަކަށް ގޮސް ތިބި ފުލުހުންނަށް ފެނުނު ގޮތުގައި، މަސްތުވާތަކެތި ރާއްޖެ އަށް ފޮނުވުމަށްޓަކައި އެ މީހުން ވަނީ 32 ކިލޯގެ ކުކިން އޮއިލް ޕެކެޓްތަކެއް ގަނެފަ އެވެ. ބެލެވޭ ގޮތުގައި އެ މީހުން ހޭޝް އޮއިލް ރާއްޖެ އަށް ވަގަށް އެތެރެ ކުރަން ރާވާފައި އޮތީ، ކުކިން އޮއިލް ޕެކެޓްތައް ހުސް ކުރުމަށް ފަހު، އޭގެ ތެރެއަށް ހޭޝް އޮއިލް އަޅައިގެންނެވެ.
އިންޑިއާގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ޝަނީޒް މާހިރަކީ އެއް ގައުމުން އަނެއް ގައުމަށް ޑްރަގް އެތެރެ ކުރުމުގައި ބައިވެރިވާ އަދި ކަނޑުމަތީގައި ޣައިރު ގާނޫނީ އަމަލުތައް ހިންގާކަން ފާހަގަ ކުރެވިފައިވާ މީހެކެވެ. އަނެއް ދެ މީހުންނަކީ ވެސް ބައިނަލްއަގުވާމީ ފެންވަރެއްގައި މަސްތުވާތަކެތީގެ ވަގު ވިޔަފާރި ކުރާ ބައެއް ކަމަށް އިންޑިއާ ފުލުހުން ބުނެ އެވެ.
މި ތިން މީހުންގެ އަތުން އަތުލައިގަތް ހޭޝް އޮއިލްގެ، ބައިނަލްއަގުވާމީ ބާޒާރުގެ އަގު 745،250 ޑޮލަރަށް ވުރެ މަތިވާނެ އެވެ. ފުލުހުން ބުނި ގޮތުގައި މި މައްސަލައާ ގުޅުން ހުރި އިތުރު މީހުން، ވަރަށް އަވަހަށް އަތުލައިގަންނާނެ އެވެ.
ރާއްޖެ ގެންނަން އުޅުނު ޑްރަގްތައް އިންޑިއާއިން ހޯދައިފި
ޓްރިވެންޑްރަމުން އެތެރެކުރި ޑްރަގްސް އަތުލައިގެންފި
ރަޝީދުގެ ހަށިގަނޑު އިންޑިއާ އަށް ގެންގޮސްފި
އިންޑިއާ މީހަކު 12 ކިލޯގެ ޑްރަގާ އެކު ހައްޔަރުކޮށްފި
އަންނަ ހަފުތާގައި އެއާ އިންޑިއާގެ ދަތުރުތައް ފަށަނީ
ފްލައިޓް ޑިސްއިންފެކްޓްކޮށް، ފަރުވާއަށް ފޮނުވާލައިފި
ފުރަންދަނިކޮށް ދަތުރު ކެންސަލް، މިހާރު އިންޑިއާ ބަންދު
ކޮންސިއުލޭޓްގެ އިސް މަގާމު އަންހެނަކަށް
ފައިސަލް، ކެމްޕެއިނަށް ޓްރިވެންޑްރަމަށް ވަޑައިގެންފި
ޓްރިވެންޑްރަމުން ނާދެވި ތިބި 80 މީހުން ގެނެސްފި