03 ޖޫން 2018
މިހާރު ކުރިޔަށްދާ ވެޓެރަންސް ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗުން ޕޮލިސް ކްލަބް އަތުން 2-0 އިން ހޯދި މޮޅާ އެކު ވެލެންސިއާ އިން މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފި އެވެ.
މިހާރު ކުރިޔަށްދާ ވެޓެރަންސް ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗުން ޕޮލިސް ކްލަބް އަތުން 2-0 އިން ހޯދި މޮޅާ އެކު ވެލެންސިއާ އިން މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފި އެވެ.
ދެ ވަނަ ބުރުގައި ފަސް ޓީމުގެ މެދުގައި ލީގު ބުރެއް ކުޅޭއިރު، އެންމެ ގިނަ ޕޮއިންޓު ހޯދާ ޓީމަށް ސީދާ ފައިނަލުގެ ޖާގަ ލިބޭނެ އެވެ. ފައިނަލުގެ އަނެއް ޖާގަ ލިބޭނީ ދެ ވަނަ އާއި ތިން ވަނަ އަށްދާ ދެ ޓީމުގެ މެދުގައި ކުޅެވޭ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ.
ވެލެންސިއާ ވަނީ މިއަދުގެ މެޗާ އެކު މި ފަހަރުގެ މުބާރާތުގައި ކުޅުނު ފަސް މެޗުން ވެސް މޮޅުވެފަ އެވެ. މި މޮޅާ އެކު އެ ޓީމުން ވަނީ މި މުބާރާތުގެ ފައިނަލުގެ އުއްމީދު ބޮޑުކޮށްފަ އެވެ. ދެ ވަނަ ބުރުގެ ތާވަލްގެ އެއް ވަނައިގައި ހަ ޕޮއިންޓާ އެކު އޮތް ވެލެންސިއާ އަށް މި ބުރުގައި ބާކީ އޮތީ ނިއު ރޭޑިއަންޓާއި މާޒިޔާއާ ދެކޮޅަށް ކުޅޭ ދެ މެޗެވެ.
ޓާފް އެއް ނަންބަރު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ވެލެންސިއާގެ ލަނޑުތައް ކާމިޔާބުކުރީ ކެޕްޓަން އައްސަދު އަބްދުލް ގަނީ އާއި މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު އައްސަދު އަށް ލިބުނުއިރު، 45 އަހަރުން މަތީގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވެލެންސިއާގެ އަބްދުލް ރައްޒާގު އެވެ.
މި ބުރުގައި މިހާތަނަށް ތިން މެޗެއް ކުޅެވުނުއިރު، ވެލެންސިއާ ވަނީ ކުޅުނު ދެ މެޗުން މޮޅުވެފަ އެވެ. އަނެއް މެޗުން އެންމެ ފަހުގެ ޗެމްޕިއަން ނިއު ވަނީ 1-0 އިން މާޒިޔާ އަތުން ބަލިވެފަ އެވެ. ނިއު ކުޅޭ ދެ ވަނަ މެޗުގައި މާދަމާ ނުކުންނާނީ ސިފައިންނާ ދެކޮޅަށެވެ. ސިފައިން ވަނީ ދެ ވަނަ ބުރުގެ ފުރަތަމަ މެޗުގައި ވެލެންސިއާ އަތުން ބަލިވެފަ އެވެ.
ކުރީގެ ތަރިންނަށް ހާއްސަކޮށްގެން ކޮންމެ އަހަރަކު ރޯދަ މަހު ބާއްވަމުން އަންނަ މި މުބާރާތުގެ ވާދަވެރިކަން އަންނަނީ އަހަރަކަށް ވުރެ އަހަރެއް ބޮޑުވަމުންނެވެ. މި މުބާރާތުގެ ޗެމްޕިއަންކަން އެންމެ ފަހުން ދެ ފަހަރު ވެސް ހޯދީ ނިއު އެވެ. މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ވެލެންސިއާ އެވެ. މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ވެލެންސިއާ އެވެ. އެ ޓީމު ވަނީ މި މުބާރާތުގެ ތަށި ހަތަރު ފަހަރު އުފުލާލައިފަ އެވެ. އޭގެ އިތުރުން ސޮކަ ވެޓެރަންސް އިން ވެސް ވަނީ މި މުބާރާތް ކާމިޔާބު ކޮށްފަ އެވެ.
ވެެލެންސިއާ އިން ވެޓެރަންސް ކަޕް ކާމިޔާބުކޮށްފި
ވެޓްރަންސް ކަޕް: ޕޮލިސް ބަލިކޮށް ނިއު ސެމީއާ ގާތަށް
ވެޓްރަންސް ކަޕް: މާޒިޔާ ބަލިކޮށް ވެލެންސިއާ ފައިނަލަށް
ސިފައިން އަތުން ބަލިވެ ޕޮލިސް ކަޓައިފި
ވެޓްރަންސް ކަޕް: ވެލެންސިއާ ފައިނަލާ ގާތަށް
ވެޓްރަންސް ކަޕް: މާޒިޔާ އުއްމީދު ބޮޑުކޮށްފި
ބޮޑު މޮޅަކާ އެކު ވެލެންސިއާ ދެ ވަނަ ބުރު ފަށައިފި
ވިކްޓަރީ ބަލިކޮށް ޕޮލިސް ދެ ވަނަ ބުރަށް
ވެލެންސިއާ ކަޓުވާލުމަށް ފަހު ނިއު ފައިނަލަށް
ތިން ވަނަ ސެމީގައި ނިއުއާ ދެކޮޅަށް ވެލެންސިއާ