ސްރީ ލަންކާގައި މިހާރު ކުރިއަށްދާ 8 ވަނަ ސާކް ފިލްމް ފެސްޓިވަލްގައި ރާއްޖޭން މި ފަހަރު 4 އުފެއްދުމެއް ބައިވެރިކޮށްފި އެވެ.
23 މެއި 2018
ސްރީ ލަންކާގައި މިހާރު ކުރިއަށްދާ 8 ވަނަ ސާކް ފިލްމް ފެސްޓިވަލްގައި ރާއްޖޭން މި ފަހަރު 4 އުފެއްދުމެއް ބައިވެރިކޮށްފި އެވެ.
ފީޗާ ފިލްމްތަކާއި ކުރު ފިލްމްތައް ބައިވެރިކޮށްގެން ކުރިއަށް ގެންދާ ފެސްޓިވަލްގެ ފީޗާ ކެޓަގަރީގައި ރާއްޖޭން މި ފަހަރު ވާދަކުރަނީ އަބްދުލް ފައްތާހް މިދިޔަ އަހަރު ގެނެސްދިން ލޯބީގެ ފިލްމް "ހައްދު" އާއި ފާތުމަތު ނަހުލާ 2016 ގައި ގެނެސްދިން ކާމިޔާބު ބިރުވެރި ފިލްމް "4426" އެވެ.
ޝޯޓް ފިލްމް ކެޓަރީގައި ރާއްޖޭން ވާދަ ކުރަނީ "ބިތުފަންގި" އާއި "ސްޓޭޓަސް" އެވެ.
މި މަހުގެ 22-27 އަށް ކޮލޮމްބޯގެ ކުރިއަށްދާ ފެސްޓިވަލްގައި "ހައްދު" އާއި "4426" ގެ ބަތަލާ މަރިޔަމް އައްޒަ ބައިވެރިވެ އެވެ. ފެސްޓިވަލްގައި މާދަމާ "ހައްދު" އާއި "ބިތުފަންގި" ދައްކާނެ އެވެ. މިއަދު ވަނީ "4426" އާއި "ސްޓޭޓަސް" ދައްކާފަ އެވެ.
ފެސްޓިވަލްގައު ވާދަ ކުރާ ފިލްމްތައް.
ސާކްގެ 8 ގައުމުން ފިލްމްތައް ވާދަ ކުރާ ފެސްޓިވަލްގެ ފީޗާ ފިލްމް ކެޓަރީގައި 17 އަދި ޝޯޓް ފިލްމް ކެޓަގަރީގައި 10 ފިލްމު ވާދަކުރެ އެވެ.
ފީޗާ ފިލްމް ކެޓަގަރީތަކަށް ބަލާއިރު އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމަކީ އިންޑިއާގެ ފިލްމް "ޕޫރްނާ" އެވެ. މިއީ "ޕިޔާރް ކޭ ސައިޑް އިފެކްޓްސް" ފަދަ ފިލްމްތައް ކުޅެފައިވާ އެކްޓަރު ރާހުލް ބޯސްގެ އަލަތު ޑައިރެކްޝަނެވެ.
މިދިޔަ އަހަރު ރިލީޒް ކުރި "ޕޫރްނާ" އަކީ އެވަރެސްޓް ފަރުދަބަށް އެރި އެންމެ ހަގު އަންހެން ކުއްޖާގެ ރިކޯޑް އޮތް ތެލަންގާނާ ސްޓޭޓްގެ 13 އަހަރުގެ މަލާވަތު ޕޫރްނާގެ ވާހަކަ ކިޔައިދޭ ބައޮގްރަފިލް ޑްރާމާއެކެވެ.
ކްރިޓިކުންގެ ތައުރީފު ވެސް ވަރަށް ބޮޑަށް ލިބިފައިވާ "ޕޫރްނާ" ވަނީ މިދިޔަ އަހަރު ބޭއްވި ޕާމް ސްޕްރިންގްސް އިންޓަނެޝަނަލް ފިލްމް ފެސްޓިވަލްގައި އެންމެ މޮޅު 30 ފީޗާ ފިލްމްގެ ތެރޭގައި ހިމެނިފަ އެވެ.
މި އަހަރު ބޭއްވި އެފްއޯއައި އޮންލައިން އެވޯޑްސްގައި ޑައިރެކްޝަނުން ޖޫރީ މެންޝަން އެވޯޑް ރާހުލް އަށް ލިބިފައިވާ އިރު، ފިލްމްގެ ޓައިޓްލް ރޯލް ކުޅުނު އަދިތީ އިނާމްދާރަށް ވަނީ އެކްޓިން އިން ޖޫރީ މެންޝަން އެވޯޑް ވެސް ލިބިފަ އެވެ.
އެހެންވެ މި ފަހަރު ސާކް ފިލްމް ފެސްޓިވަލްގެ ފީޗާ ކެޓަގަރީގައި ވާދަ ކުރާ ފިލްމްތަކަށް އޮތް އެންމެ ވާދަވެރި ފިލްމަކަށް ވާނީ "ޕޫރްނާ" ކަމަށް ބެލެވެ އެވެ.
މިދިޔަ އަހަރު ބޭއްވި ސާކް ފިލްމް ފެސްޓިވަލްގައި ރާއްޖޭން އެންމެ ފިލްމެއް ބައިވެރިކޮށްގެން އެންމެ މޮޅު ބަތަލާގެ އެވޯޑް ރާއްޖެ އަށް ވަނީ ގެނެސްފަ އެވެ. އެއީ ފިލްމް "ވިޝްކާ" އިން އައިޝަތު ރިޝްމީ އެވެ.
މި ފަހަރު ފެސްޓިވަލްގައި ރާއްޖޭން ވާދަ ކުރާ ދެ ފީޗާ ފިލްމްގެ ބަތަލާ އައްޒައަކީ ރިޝްމީގެ ކޮއްކޮ އެވެ.
އައްޒަ: އޭނަގެ ދެ ފިލްމެއް މި ފަހަރުގެ ފެސްޓިވަލްގައި ވާދަ ކުރޭ.
ކޮލޮމްބޯގެ ނެޝަނަލް ފިލްމް ކޯޕަރޭޝަންގެ، ސިނެމާ ހޯލްގައި ކުރިއަށްދާ މި އަހަރުގެ ފެސްޓިވަލްގައި އެވޯޑް ދިނުން އޮންނާނީ އާދީއްތަ ދުވަހު އެވެ.
ސާކް ފިލްމް ފެސްޓިވަލަކީ ސާކް ކަލްޗްރަލް ސެންޓަރުން އިންތިޒާމްކޮށްގެން ބާއްވާ ފެސްޓިވަލެކެވެ.
ސާކް ފެސްޓިވަލް: ރާއްޖޭން "ގޮށްރާޅު" އާއި "ސޯލް"
ސާކް ފިލްމު ފެސްޓިވަލް އަންނަ މަހަށް ތާވަލުކޮށްފި
ސާކް ފިލްމު ފެސްޓިވަލް ފަސްކޮށްފި
ސާކް ފިލްމް ފެސްޓިވަލްގައި ރާއްޖެ މިފަހަރު ހުސް އަތާ
"އެހެނަސް 2" މި މަހުގެ 18 ގައި
"ވިޝްކާ" ހޯމަ ދުވަހު ބައިސްކޯފަށް
ނަހުލާ އަށް އޭޝިއާގެ ބިޒްނަސް އެކްސެލެންސް އެވޯޑް
ސާކް ފިލްމު ފެސްޓިވަލްގައި ބައިވެރިވާން ހުޅުވާލައިފި
ސީޒަންގެ "ސޯލް" ގެ ޓީޒާ ދައްކާލައިފި
"ވިޝްކާ" ގެ ޝޯއެއް ހުޅުމާލެ ޝްވެކަށް