Roadha Mihaaru

"މިހާރު" ރެސިޕީ- އާފަލު ކަނދި

16 މެއި 2018

ބޭނުންވާ ތަކެތި:

އާފަލު ކަނދި ( ހަ މީހުންނަށް)

ބޭނުންވާ ތަކެތި:

240 ގްރާމް ރަތް އާފަލު (ތޮށި މަށާފައި ކިއުބްކޮށް ކޮށާފައި)

15 ގްރާމް ކޯން ފްލާ

480 ގްރާމް ފްރެޝް މިލްކް

120 ގްރާމް ހަކުރު

15 ގްރާމް (ތިން އިންޗި ރާނބާފަތް)

3 އެމްއެލް އާމަންޑް އެސެންސް

120 ގްރާމް އާމަންޑް (ކުދިކޮށް ކޮށާފައި)

480 އެމްއެލް ފެން

ތައްޔާރު ކުރާނެ ގޮތް:

އާފަލު ކަނދި

އާފަލު ކަނދި

ބައި ޖޯޑު ފެނުގައި (120 އެމްއެލް) ކޯން ފްލާ ގިރާފައި ބަހައްޓާށެވެ. އަދި ތަވަޔަކަށް ފެނާއި ހަކުރު އެޅުމަށް ފަހު، ކައްކާށެވެ. އޭގެ ފަހުން ހަކުރު ވިރުމުން ގިނި މަޑުކޮށްފައި ބަހައްޓާށެވެ. އާފަލުކޮޅާއި ރާނބާފަތް އަޅައި ފަސް މިނިޓް ވަންދެން ކައްކާށެވެ. ކިރާއި އާމަންޑްކޮޅު އެޅުމަށް ފަހު މަޑުމަޑުން ކޯންފްލާކޮޅު އެއްކުރަމުން ދާށެވެ. އަދި އޮލަވަންދެން ކެއްކުމަށް ފަހު ރަހަ ލާ ވަރަށް އާމަންޑް އެސެންސް އަޅައި ރަހަ ހެޔޮވަރު ކޮށްލާށެވެ.

އާފަލު ކަނދި އެންމެ ރަނގަޅު ތައްޓަަކަށް އެޅުމަށް ފަހު ފިނިކޮށްގެން ބޭނުން ކުރުމެވެ.

އެޑިޓަރުގެ ނޯޓު:

މި އަހަރުގެ ރޯދަ މަހު "މިހާރު" ގެ ކިޔުންތެރިންނަށް މި ގެނެސްދެނީ ޕެރެޑައިސް އައިލެންޑް ރިސޯޓުގެ އެގްޒެކެޓިވް ޝެފް އިސްހާގް ސޯލިހްގެ ރެސިޕީތަކެވެ. އޭނާ އަކީ ކެއްކުމުގެ ދާއިރާގައި 30 އަހަރު ހޭދަކޮށް، އަދި ޕެރެޑައިސްގެ އިތުރުން ވެސް ރާއްޖޭގެ ބޮޑެތި އެހެން ރިސޯޓުތަކުގައި ރަހަ ހެޔޮވަރު ކުރުމަށް މަސައްކަތް ކޮށްފައިވާ ޝެފެކެވެ. ރާއްޖޭގެ ޝެފުންގެ ޖަމިއްޔާ، ޝެފް ގިލްޑް އޮފް މޯލްޑިވްސްގެ ވައިސް ޕްރެޒިޑެންޓްގެ މަގާމު ފުރަމުންދާ އިސްހާގަކީ ކެއްކުމުގައި ބައިނަލްއަގްވާމީ ފަނޑިޔާރެއް ވެސް މެ އެވެ. އަދި ރާއްޖޭގެ ސީނިއާ ޝެފެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރާތާ މިހާރު ނުވަ އަހަރު ވެއްޖެ އެވެ.

މި ރޯދަ މަހުގައި ރެސިޕީތައް "މިހާރު" އިން މި ގެނެސްދެނީ ޕެރެޑައިސް އައިލެންޑް ރިސޯޓާއި ޝެފް އިސްހާގްގެ އެހީތެރިކަމާ އެކު އެވެ.