27 އެޕްރީލް 2018
އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ޒިންމާއަކީ، މަދު ބަޔަކު މަގުމައްޗަށް ނެރެގެން ޒުމްބާ ކްލާސްތައް ބޭއްވުން ނޫން ކަަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ޒިންމާއަކީ، މަދު ބަޔަކު މަގުމައްޗަށް ނެރެގެން ޒުމްބާ ކްލާސްތައް ބޭއްވުން ނޫން ކަަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.
ހއ. އިހަވަންދޫގައި ޕީޕީއެމުން ބޭއްވި "އަހުންވެސް ރައީސް ޔާމީނާ އެކު" ޖަލްސާގައި އިދިކޮޅު ޕާޓީތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ ގާނޫނުގައި ބުނާ ޒިންމާއަދާކުރަން އިދިކޮޅު ސިޔާސީ ޕާޓީތަކުން ނުކުޅެދިފައިވާ ކަމަށެވެ. އޭގެބަދަލުގައި، މުޅިން ވެސް ފެންނަނީ މަގުމައްޗަށް މީހުން ނެރެގެން ނަށައި، ޒުމްބާ ކްލާސްތައް ބާއްވާ މަންޒަރު ކަމަށް ވެސް ވިދާޅުވި އެވެ.
މަލްޓި ޕާޓީ ޑިމޮކްރަސީގައި ތަފާތު ސިޔާސީ ޕާޓީތައް އޮންނާނެ ކަން ފާހަގަކުރައްވައި ވިދާޅުވީ އެކަން ހުއްޓުވަން މި ސަރުކާރުން މަސައްކަތް ވެސް ނުކުރާ ކަމަށެވެ. އެކަމަކު، ތަހުޒީބުު މުޖުތަމައުތަކުގައި، އިދިކޮޅު ޕާޓީތަކުން ވެސް ގައުމާއި ރައްޔިތުންނަށް އަދާކޮށްދޭން ޖެހޭ ދައުރެއް އޮންނަ ކަން ދަންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"އިދިކޮޅު ޚިޔާލާއެކު ވެސް ގައުމުގެ ތަރައްގީ އަށް މަސައްކަތް ކުރެވޭނެ. ދުނިޔޭގައި އެކަންތައް ފެންނަން އެބަހުރި. އަޅުގަނޑުމެން މި ދަންނަވަނީ ރައީސް ޔާމީން ބްރިޖެއް އެޅުއްވީމާ، އެއަށް ވުރެ މޮޅު ބްރިޖެއް އަޅާނެ ގޮތް ތިބޭފުޅުން ކިޔައި ދޭށޭ. 25 ބުރީގެ ހޮސްޕިޓަލެއް ރައީސް ޔާމީން އަޅައިދެއްވީމާ، އެއަށް ވުރެ މޮޅު ހޮސްޕިޓަލެއް ތިމަންނަމެންގެ ވެރިކަމުގައި އަޅާނެ ގޮތް ކިޔައިދޭށޭ، " ނާޒިމް ވިދާޅުވި އެވެ.
"ދަންނަވަންތޯ، ގައުމުގެ އަންހެންވެރިންނާއި ޒުވާނުން ކޮންމެ ރެއަކު މަގުމައްޗަށް ނެރެ އަތް ޖަހައި ލަވަ ކިޔާފައި ނަށައި ޒުމްބާ ކްލާސް ބޭއްވުމަކުން އަދި ގައުމަށް ތަރައްގީއެއް ނާންނާނެ."
އިހަވަންދޫގެ ޖަލްސާގައި ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ސޯޝަލްމީޑިއާ
މިނިސްޓަރު ވިދާޅުވި ގޮތުގައި ތަރައްގީ އާއި ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތް ކޮށްދިނުމުގެ ބަދަލުގައި އިދިކޮޅުން އަބަދުވެސް މަސައްކަތް ކުރަނީ ވެރިކަން ނިގުޅައިގަތުމަށެވެ. އޭގެތޭރޭގައި، ރާއްޖޭގައި ދިގު މުއްދަތެއްގައި ވެރިކަން ކުރެއްވި ކުރީގެ ރައީސުން ވެސް ހިމެނިވަޑައިގަންނަވާތީ ލަދުގަންނަ ކަމަށް ނާޒިމް ވިދާޅުވި އެވެ.
"އަމިއްލަ އެދުން ބޮޑުވިއަސް މިއީ، ބޮޑުވަރު،" ސަރުކާރު ވައްޓާލަން އުޅުނުު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫނަށް އިޝާރާތް ކުރައްވައި ނާޒިމް ވިދާޅުވި އެވެ.
އެތައް ހާސް ބަޔަކު މަގުމައްޗަށް ނެރެގެން ކުރިން އުޅުނު ނަމަވެސް އިދިކޮޅުގެ ބަސް ގަބޫލުކޮށް މަގުމައްޗަށް މިހާރު ނުކުންނަ މީހުންގެ އަދަދު މަދުވެފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ރާއްޖޭގެ ވެރިކަމަށް އަންނަން އިދިކޮޅުން ކުރާ މަސައްކަތުގައި، ނާޒިމް ވިދާޅުވި ގޮތުގައި، އެއްވެސް މިސްރާބެއް ނެތެވެ. ޕާޓީތަކުގެ ތެރޭގައި އޮތީ މުޅިން ވެސް ޚިޔާލުތަފާތުވުންތައް ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެކި ރަށްތަކަށް ވަޑައިގަތުމުން ފެންނަ މަންޒަރުތަކާ އެކު ދެ ވަނަ ދައުރަކަށް ރައީސް ޔާމީން ހޮވިވަޑައިގެންފާނެތޯ ރައްޔިތުން ސުވާލުނުކުރާ ކަަމަށެވެ. ރައްޔިތުންގެ ސުވާލަކީ، ރައީސް ޔާމީން ވެރިކަމުގެ ގޮނޑީގައި ބައިންދަވާނީ 70 ނުވަތަ 80 ޕަސެންޓުގެ އަޣުލަބިއްޔަތުންތޯ ސުވާލު ކަމަށް ވިދާޅުވި އެވެ.
"މި އިންތިހާބު އެމަނިކުފާނު ކާމިޔާބުކުރައްވާނެ ކަމާ މެދު އެއްވެސް ޝައްކެއް އެއްވެސް ދިވެހިރައްޔިތަކު ނުކުރައްވާ،" ނާޒިމް ވިދާޅުވި އެވެ.
ޔާމީންގެ ކެމްޕެއިން މެނޭޖަރަކަށް އަމީން
"އިހަވަންދޫގެ ފިނި ތަރުހީބުން ޔާމީނަށް ދިނީ މެސެޖެއް"
ޔާމީން ހއ. އަށް، ބޮޑު ޖަލްސާ މިރޭ އިވަހަންދޫގައި
"ޅ.އަތޮޅުން ފެނުނީ އެމްޑީޕީ މާޔޫސްވެފައިވާ މަންޒަރު"
"2023ގެ ފަހުން ވެސް ރައީސަށް ޖާގަ ދޭން ވިސްނަން"
"ފަސް އަހަރުން ހުރިހާ ކަމެއް ފުރިހަމަކޮށެއް ނުދެވޭނެ"
ޓީބީ ނައްތާލުމުގެ ގައުމީ ކެމްޕެއިނެއް ފަށައިފި
ދެ ލީޑަރުން އެއްވެގެން ތަރައްގީގެ ފޯމިއުލާއެއް ނާންނާނެ
ހިންނަވަރުގެ ބަދަލު މުޅި ރާއްޖެ އިން ފެންނާނެ: ނާޒިމް
ހިމަބިހި ނައްތާލުމުގެ ގައުމީ ކެމްޕޭން ފަށައިފި