Roadha Mihaaru
އިސްކޯގެ ބަދަލުގައި މެޑްރިޑަށް ހަޒާޑް؟

އިސްކޯގެ ބަދަލުގައި މެޑްރިޑަށް ހަޒާޑް؟

10 ފެބުރުއަރީ 2018

މެޑްރިޑް (ފެބްރުއަރީ 10) – ޗެލްސީގެ ތަރި އެޑެން ހަޒާޑް ރެއާލް މެޑްރިޑާ ގުޅެން އުޅޭ ކަމުގެ ވާހަކަތަކާއި މެޑްރިޑުގެ އިސްކޯ އެ ކްލަބް ދޫކޮށްލަން އުޅޭ ވާހާކަތައް މީޑިއާގައި ތިލަވެއްޖެ އެވެ.

މެޑްރިޑް (ފެބްރުއަރީ 10) – ޗެލްސީގެ ތަރި އެޑެން ހަޒާޑް ރެއާލް މެޑްރިޑާ ގުޅެން އުޅޭ ކަމުގެ ވާހަކަތަކާއި މެޑްރިޑުގެ އިސްކޯ އެ ކްލަބް ދޫކޮށްލަން އުޅޭ ވާހާކަތައް މީޑިއާގައި ތިލަވެއްޖެ އެވެ.

ސްޕެއިނުގެ ބައެއް ނޫސްތަކުން ބުނާ ގޮތުގައި އިސްކޯގެ ކުޅުމާ މެދު ރެއާލް މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާން ހިތްހަމައެއްނުޖެހެ އެވެ. އެހެންވެ މި ސީޒަން ނިމުމުން އޭނާ ވިއްކާލަން ޒިދާން ހުއްދަދޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އިސްކޯ ދޫކޮށްލާ ނަމަ މެޑްރިޑުން ގެންނަން އެންމެ ބޭނުންވާނެ ކުޅުންތެރިޔަކީ ޗެލްސީގެ ހަޒާޑް ކަމަށް ލަފާކުރެވެ އެވެ. މެޑްރިޑުގެ އެޓޭކުގައި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ގަރެތު ބޭލް އަދި ކަރިމް ބެންޒެމާގެ ޕާޓްނާޝިޕް ދަށްވެފައިވާއިރު އެތަން ފޫބެއްދުމުގައި އިސްކޯ އަށް އެކަށީގެންވާ ދައުރެއް އަދާނުކުރެވޭ ކަމަށާއި ހަޒާޑަކީ އެކަން ކުރެވޭނެ ކުޅުންތެރިޔެއް ކަމަށް ޒިދާން ދެކޭ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.

މެޑްރިޑަށް ބަދަލުވުމުގެ އުއްމީދުގައި ހަޒާޑް ޗެލްސީގެ ކޮންޓްރެކްޓް އާނުކޮށް ދޫކޮށްލާފައިވާ ކަމަށް އޭނާގެ ބައްޕަ ވަނީ މިދިޔަ ޑިސެމްބަރު މަހު ބުނެފަ އެވެ. އެކަމަކު ޗެލްސީން އޭނާ ކުޑަ އަގެއްގައި ދޫކޮށްލާނެ ކަމަށް ނުބެލެވެ އެވެ. މެދުތެރެއިން އަދި އަރިމަތިން އެޓޭކްތައް އުފައްދައި އަދި ލަނޑު ވެސް ޖަހާ ހަޒާޑަކީ މި ވަގުތު ޔޫރަޕުގައި ހުރި އެންމެ ޓެކްނިކަލީ މޮޅު އެއް ޕްލޭމޭކަރެވެ.

އަންނަ ސީޒަނަށް ރެއާލް މެޑްރިޑުން ބޮޑު އަގުގައި މަޝްހޫރު ކުޅުންތެރިޔަކު ގަންނާނެކަން ވަރަށް ބޮޑަށް ވަނީ ގަގީންވެފަ އެވެ. ހަޒާޑުގެ އިތުރުން އެ ޓީމުން ޝައުގުވެރިވާ ކުޅުންތެރިންގެ ތެރޭގައި ޓޮޓެންހަމް ހޮޓްސްޕާސްގެ ފޯވާޑް ހެރީ ކޭނާއި ޕީއެސްޖީގެ ނޭމާ އަދި ލިވަޕޫލުގެ މުހައްމަދު ސަލާހް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.