16 ޖެނުއަރީ 2018
ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ކަނޑައަޅާފައިވާ މެމްބަރުން، ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަތަކުގެ ޖަވާބު ހޯދަން އެ މެމްބަރުން މިއަދު ވެސް އެ ކޯޓަށް ވަޑައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ކަނޑައަޅާފައިވާ މެމްބަރުން، ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަތަކުގެ ޖަވާބު ހޯދަން އެ މެމްބަރުން މިއަދު ވެސް އެ ކޯޓަށް ވަޑައިގެންފި އެވެ.
މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އީސީން ވަނީ ކަނޑައަޅައިފަ އެވެ. މިއީ، ގާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފަށް ނިންމި ނިންމުމެއް ކަމަށް ވިދާޅުވެ ހައްލެއް ހޯއްދައިދޭން މެމްބަރުން ވަނީ ސުޕްރީމް ކޯޓަށް މައްސަލަތަކެއް ހުށަހަޅުއްވައިފަ އެވެ.
މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ވެސް މެމްބަރުން ސުޕްރީމް ކޯޓަށް ވަޑައިގަންނަވަނީ މައްސަލަތައް ލަސްވާ މައްސަލައިގައި ކަންބޮޑުވުން ފާޅު ކުރެއްވުމަށެވެ. މި މައްސަލަތަކުގެ ޖަވާބު ލަސްވާ ކޮންމެ ދުވަހަކީ އެ މެމްބަރުން ތަމްސީލް ކުރައްވާ ދާއިރާތަކުގެ ގާތްގަނޑަކަށް 60،000 ރައްޔިތުންގެ ހައްގު ގެއްލިގެންދާ ދުވަހެއް ކަމަށް މެމްބަރުން ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހުށަހެޅި މައްސަލަތައް ކުރިއަކަށް ނުދޭ، އެކަމަކު، ސަރުކާރުން ހުށަހަޅާ މައްސަލަތައް، އެ ހުށަހަޅާ ގޮތަށް އަކުރުން ފިއްޔަށް ނިމޭތަން ފެނޭ،" ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް ވިދާޅުވި އެވެ.
ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް [ވައްޑެ] ވިދާޅުވީ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅިއަސް، ސުޕްރީމް ކޯޓުން މިހާތަނަށް ވަކި ގޮތެއް ނުނިންމާ ކަމަށެވެ. އޭގެ މާނައަކީ، އެ ކޯޓުން ވަކި ގޮތެއް ނުނިންމާހާ ހިނދަކު އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ވެސް ވިދާޅުވި އެވެ.
"ސުޕްރީމް ކޯޓުން ގޮތެއް ނުނިންމަނީސް، އަޅުގަނޑުމެންނަކީ މެމްބަރުން ނޫން ކަމަށް އެއްވެސް މުއައްސަސާއަކަށް ކަނޑައެޅޭނެ އެއްވެސް ގާނޫނީ ހަމައެއް ނެތް،" މެމްބަރުންނާ އެކު ސުޕްރީމް ކޯޓުގެ ބޭރުގައި ހުންނަވައި ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މެމްބަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންތަކެއް ރައްޔިތުންގެ މަޖިލީހަށް ވެންނެވުމަށް ހުރަސްއަޅާ ކޮންމެ މުއައްސަސާއަކުން އެ ކުރަނީ ގާނޫނީ ކުށެކެވެ. ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ވަކި ގޮތެއް ކަނޑައަޅާފައި ވަނިކޮށް، އެހެން ގޮތަކަށް އަމަލުނުކުރެވޭނެ ކަމަށް ވެސް ވައްޑެ ވިދާޅުވި އެވެ.
އީސީން ކަނޑައަޅާފައި ވަނީ، ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ދަގެނތީ ދާއިރާގެ އިލްހާމް އަހްމަދާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހުގެ ގޮނޑި ގެއްލިފައިވާ ކަމަށެވެ.
މެމްބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ ހުކުމާ ޚިލާފަށް ބައެއް މެމްބަރުން ވަކިކޮށްފައިވާތީ، މި މެމްބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނިކޮށް، އިންތިޚާބުތައް ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ. އެކަމަކު އަދިވެސް އިންތިހާބު ބާއްވާނެ ތާރީހު އިއުލާންކޮށްފައި ނުވާތީ ވެސް އެ ކޮމިޝަނަށް ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ.
ޕްރައިމަރީން ބަލިވި މީހުން ވާދަކުރަން މިއަދު ހުޅުވާލަނީ
ހަތަރު މެމްބަރުންގެ މައްސަލަ މާދަމާ ނިންމަނީ
އިންސާފު ނުލިބޭތީ ހިތާމަކުރަން: އަމީތު
ލަތީފްގެ އާދޭސް: ގޮނޑީގެ މައްސަލަ އަވަހަށް ނިންމައިދީ
ހުސްވި ގޮނޑިތަކަށް ސުޕްރީމް ކޯޓުގެ ބަހެއް ބޭނުންތަ؟
ކުށްތަކާ ދުރު ހެލިވެ، ގައުމު ހިންގަން ޖާގަދީ: ވަހީދު
ގޮނޑީގެ މައްސަލަ ކޯޓުން ސާފުކޮށްދޭންޖެހޭ: މެމްބަރުން
މެންބަރުކަމާ މެދު ޚިލާފު އުފެދޭ ކަމެއް ނެތް
ގޮނޑިތައް ގެއްލިއްޖެކަމަށް އިލެކްޝަންސުން ނިންމައިފި
"ގޮނޑި ގެއްލުނު ކަމަށް ނިންމީ ނުބައި ނިޔަތެއްގައި"