Roadha Mihaaru

އައްޑޫ އެކްސިޑެންޓްގައި ސީރިއަސްވި ޒުވާނާ އިތުރު ފަރުވާއަށް މާލެ ފުރުވާލައިފި

އައްޑޫ ލިންކް ރޯޑްގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ބޮލަށް ސީރިއަސް ގެއްލުންތަކެއް ވެ، ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން އައި ޒުވާނާ އިތުރު ފަރުވާއަށް މިއަދު މެންދުރު ފަހު، މާލެ ފުރުވާލައިފި އެވެ.

އެކްސިޑެންޓްގައި ސީރިއަސްވި ޒުވާނާ މާލެ ފޮނުވާލައިފި
އަހުމަދު އަދްޝަން
ސ. ފޭދޫން އަހުމަދު އަދްޝަން

12 ޖެނުއަރީ 2018

އައްޑޫ ލިންކް ރޯޑްގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ބޮލަށް ސީރިއަސް ގެއްލުންތަކެއް ވެ، ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން އައި ޒުވާނާ އިތުރު ފަރުވާއަށް މިއަދު މެންދުރު ފަހު، މާލެ ފުރުވާލައިފި އެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނީ، ބޯ ފަޅައިގެން ގޮސް، ސިކުނޑި އަށް ވެސް ލޭގެ އަސަރު ކޮށްފައިވާ ހިތަދޫ ގާދޫގޭ، މުހައްމަދު އަސްވާގް 18، މާލެ ފުރުވައިލިއިރު ހާލު ސީރިއަސް ކަމަށެވެ. އެހެންވެ އޭނާ މާލެ ފުރުވާލީ ޗާޓަރުކުރި މަތިންދާބޯޓެއްގަ އެވެ.

ފޭދޫ ލިންކް ރޯޑްގައި ހުންނަ ޕީޕީއެމްގެ އޮފީސް ކުރިމަތީގައި ހިނގި ހާދިސާގައި އޭނާ ދުއްވި ސައިކަލް ކޮންޓްރޯލް ނުވެ، މަގުމަތިން ހިގާފައި ދިޔަ ބިދޭސީއެއްގެ ގައިގައި ޖެހި، އޭނާގެ ބޮލުގެ ފުއްކިބަ ވެސް ފަޅައިގެން ގޮސްފައިވެ އެވެ. އެކަމަކު ސީރިއަސް ގެއްލުމެއް ނުލިބެ އެވެ.

މީގެ އިތުރުން އަސްވާގާ އެކު ސައިކަލްގެ ފަހަތުގައި އިން އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖާގެ ހަށިގަނޑުގެ ބައެއް ތަންތަން މަށައިގެން ގޮސްފައިވެ އެވެ.

މިދިޔަ މަހު އައްޑޫ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖަކު މަރުވެފައިވެ އެވެ.