Roadha Mihaaru
މެޑިކަލް ކޮލެޖަށް ދަރުމަވަންތަ ހޮސްޕިޓަލުން ދެ ފްލޯ

މެޑިކަލް ކޮލެޖު ހިންގަން ދަރުމަވަންތަ ހޮސްޕިޓަލުގެ ދެބުރި ހަމަޖައްސައިފި

09 ޖެނުއަރީ 2018

ރާއްޖޭގައި އަލަށް ގާއިމްކުރާ މެޑިކަލް ކޮލެޖް ހިންގަން، 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލުން ދެބުރި ހަމަޖައްސައިދީފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރާއްޖޭގައި އަލަށް ގާއިމްކުރާ މެޑިކަލް ކޮލެޖް ހިންގަން، 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލުން ދެބުރި ހަމަޖައްސައިދީފި އެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ މެޑިކަލް ކޮލެޖުގެ ޚިދުމަތް މި އަހަރު ފަށާނެ ކަމަށެވެ. އެތަން ހިންގަން ދަރުމަންތަ ހޮސްޕިޓަލުގެ ދެބުރި ހަމަޖައްސާފައިވާއިރު، އެތަނުން އެއް ބުރީގައި ހިންގާނީ ލެބޯޓްރީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި އެމްބީބީއެސް ހެދޭ ގޮތަށް މެޑިކަލް ކޮލެޖް ގާއިމްކުރަނީ ޕާކިސްތާނުގެ ސަރުކާރާ ގުޅިގެންނެވެ. ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން، މެޑިކަލް ކޮލެޖުން، ތަފާތު ގިނަ ކޯސްތައް ކުރިއަށް ގެންގޮސް ސިއްހީ ދާއިރާ އަށް ބޭނުންވާ މީހުން ބިނާކުރާނެ އެވެ.

ކޮންމެ އަހަރަކު ވެސް ޑޮކްޓަރުކަން ކިޔެވުމަށް އެތައް ދަރިވަރުންނެއް ރާއްޖޭން ބޭރަށް ދާއިރު، ރާއްޖޭގައި އެމްބީބީއެސް އަށް ކިޔަވައިދޭން ފެށުމުން، އެކަމަށް ކުރާ ހަރަދު ކުޑަވެގެންދާނެ ކަން ހެލްތު މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ.

މެޑިކަލް ކޮލެޖުގެ މަޝްރޫ ކުރިއަށް ގެންދަން ޕާކިސްތާނު ސަރުކާރުން ވަނީ ފަސް މިލިއަން ޑޮލަރުގެ އެހީ ވެސް ދީފަ އެވެ. މި ފައިސާއިން ލެބޯޓްރީއަށާއި ކިޔަވައިދޭން ބޭނުންކުރާ ޓެކްނިކަލް ސާމާނު ހޯދަން ވަނީ ނިންމައިފަ އެވެ.