19 ނޮވެމްބަރ 2017
ޕެރިސް (ނޮވެމްބަރު 19) - އަންނަ ބުދަ ދުވަހު ބޭރޫތަށް ވަޑައިގަންނަވާނެކަން ލުބުނާނުގެ ބޮޑު ވަޒީރު ސައުދުލް ހަރީރީ އިއުލާންކުރައްވައިފި އެވެ.
ޕެރިސް (ނޮވެމްބަރު 19) - އަންނަ ބުދަ ދުވަހު ބޭރޫތަށް ވަޑައިގަންނަވާނެކަން ލުބުނާނުގެ ބޮޑު ވަޒީރު ސައުދުލް ހަރީރީ އިއުލާންކުރައްވައިފި އެވެ.
މި މަހު 4 ވަނަ ދުވަހު ސައުދީގައި ހުންނަވާ ހަރީރީ އިސްތިއުފާ ދެއްވުމާ ގުޅިގެން ތަފާތު ގޮތްތަކަށް ވަނީ އަޑުތައް ފެތުރިފަ އެވެ. އެއް ބަޔަކު ބުނެފައި ވަނީ އޭނާ އިސްތިއުފާ ދެއްވީ ސައުދީ އަރަބިއާ އިން މަޖްބޫރުކޮށްގެން ކަމަށެވެ. ލުބުނާނުގެ ރައީސް މިޝޭލް އަޔޫން ވިދާޅުވެފައި ވަނީ ސައުދީގައި ހަރީރީ ބަންދުކޮށްފައިވާ ކަމަށެވެ. އެހެންވެ ހަރީރީގެ އިސްތިއުފާ ގަބޫލް ކުރަން އަޔޫން ވަނީ ދެކޮޅު ހައްދަވައިފަ އެވެ. ނަމަވެސް ފްރާންސްގެ ރައީސް އެމަނުއެލް މޭކަންގެ ދައުވަތަކަށް ޕެރިހަށް ވަޑައިގެން ހަރީރީ ވަނީ ލުބުނާނުގެ މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް އޭނާ ވަރަށް އަވަހަށް ބޭރޫތަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.
އިސްތިއުފާ އިއުލާން ކުރައްވަމުން ހަރީރީ ވިދާޅުވެފައި ވަނީ އޭނާ އެ ފިޔަވަޅު އެޅުއްވީ އަމިއްލަ ސަލާމަތަށް ޓަކައި ކަމަށެވެ. އަދި ލުބުނާނުގެ ސަރުކާރުގައި ހިމެނޭ އީރާނުގެ މަދަދު ލިބޭ ހިޒްބުﷲ އިން ދަނީ މެދުއިރުމަތީގެ ހަމަނުޖެހުން ނަގާލަން މަސައްކަތް ކުރަމުން ކަމަށް ވަނީ ވިދާޅުވެފަ އެވެ.
ކާރު ބޮމުގެ ހަމަލާއެއްގައި ހަރީރީގެ ބައްޕާފުޅު ރަފީގު ހަރީރީ 2005 ވަނަ އަހަރު އަވަހާރަކޮށްލުމުގެ ތުހުމަތުގައި ހިޒްބުﷲ ގެ ބައެއް މެންބަރުންގެ މައްޗަށް ދަނީ ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގައި ތަހުގީގު ހިންގަމުންނެވެ.
ހަރީރީގެ އާ ސަރުކާރުގެ ހުށަހެޅުން ލެބަނަންގެ ރައީސަށް
އިސްތިއުފާ ދިނީ ގައުމުގެ "ތަޅު" ނައްޓާލަން: ހަރީރީ
ހަރީރީއާ ގުޅޭ ގޮތުން މުހައްމަދު ޖޯކް ޖައްސަވައިފި
ނޫސްވެރިޔާގެ މައްސަލާގައި ހަރީރީގެ ތާއީދު ސައުދީ އަށް
ލުބުނާނުގެ ބޮޑު ވަޒީރު ކަމަށް އަނެއްކާ ވެސް ހަރީރީ
ހަރީރީގެ އިސްތިއުފާ ރަސްމީކޮށް އަނބުރާ ގެންދަވައިފި
އިސްތިއުފާއާ ގުޅޭ ތަފްސީލް ދެއްވަން ހަރީރީ ދެކޮޅު
ހަރީރީ ގައުމަށް ވަޑައިގެން އިސްތިއުފާ މަޑުޖައްސާލައިފި
އިސްތިއުފާ ދެއްވި ހަރީރީ ގައުމަށް ވަޑައިގެންފި
ސައުދީގެ ބަންދުގައި ހުރި ހަރީރީ ފްރާންސަށް