31 އޮކްޓޯބަރ 2017
ޓީސީ ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން ތިބީ ހަމަބިމުގައި ކަމަށާއި އެންމެން މަސައްކަތްކުރަމުން އަންނަނީ ޓީމެއްގެ ގޮތުގައި ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.
ޓީސީ ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން ތިބީ ހަމަބިމުގައި ކަމަށާއި އެންމެން މަސައްކަތްކުރަމުން އަންނަނީ ޓީމެއްގެ ގޮތުގައި ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.
ލީގުގެ އެއް ވަނައިގައި އޮތް ނިއު ރޭޑިއަންޓުން އަންނަނީ އެ ޓީމަށް އެންމެ ބޮޑު ފައިޓެއް ދޭނީ ޓީސީން ކަމަށް ތަކުރާރުކޮށް ބުނަމުންނެވެ. ރޭ ގދ. ތިނަދޫ އަތުން ހޯދި މޮޅާ އެކު ނިއު ވަނީ 30 ޕޮއިންޓާ އެކު، ތާވަލުގެ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ދެ ވަނައިގައި 25 ޕޮއިންޓާ އެކު އޮތް ޓީސީން މިރޭ ށ. މިލަންދޫ އަތުން މޮޅުވެގެން ނިއުއާ ދެ ޕޮއިންޓަށް ގާތްކުރެވޭނެ އެވެ.
ނިޒާމްބެ ބުނީ މިލަންދޫ މެޗަކީ މިދިޔަ ބުރުގައި ވެސް ޓީސީ އަށް ޕޮއިންޓް ގެއްލުނު މެޗު ކަމަށާއި އެހެންވެ ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމަށެވެ.
"މިލަންދޫ އަކީ ތޯތޯ ޓީމެއް ނޫންކަން އަންގައިދީފި. އަނެއްކާ ޖުމްލަކޮށް އެއްވަރެއްގެ ޓީމުތަކެއް މި އުޅެނީ. ހެދޭ އެންމެ ގޯހަކުން ވެސް އަދަބު ލިބިދާނެ. އެހެންވެ ހުރިހާ ކަމެއް ބޮލުގައި ބަހައްޓައިގެން ނުކުންނާނީ،" ނިޒާމްބެ ބުންޏެވެ.
ނިޒާމްބެ ބުނީ މޮޅުވުމުގެ ސިލްސިލާއެއްގައި ކުރިއަށްދާއިރު ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމަށާއި "ޓީސީގެ އެންމެ ބޮޑު ޗެލެންޖަކީ ޓީސީ" ކަމަށެވެ.
"ކުޅުންތެރިން ވަރަށް ބޮޑަށް މެނޭޖްކުރަން ޖެހޭ. ވިނިން ރޯއެއްގައި ކުރިއަށްދާއިރު ހީނަރުކަމެއް އައިސްދާނެ ކަމެއް ވިޔަނުދޭން އެބަޖެހޭ. އެހެންވެ ވަރަށް ބޮޑަށް ޓީމާ މެދު އެބަޖެހޭ ވިސްނަން. އެކަމަކު އެއްގޮތަކަށް ވެސް ހިތެއް ނުބުނޭ ކުޅުންތެރިން އޯވާކޮންފިޑެންޓް ވެދާނެޔޭ. ހުރިހާ ކުޅުންތެރިން ވެސް ތިބީ ޓީމް ރޫހެއްގައި. މަސައްކަތަށް ބަލާއިރު ވެސް ސީރިއަސްކޮށް މެޗު ނަގައިގެން ތިބީ،" ނިޒާމްބެ ބުންޏެވެ.
ނިޒާމްބެ ބުނީ ނިއުއާ ދެކޮޅަށް ކުޅޭ މެޗު އޮތީ އަދި ދުރުގައި ކަމަށާއި އެހާ ހިސާބަށް އަދި ނުވިސްނާ ކަމަށެވެ. މި ވަގުތު މި ވިސްނަނީ މިރޭގެ މެޗަށް ކަމަށާއި އެހެން ކަންކަމަށް ވިސްނަން ހަދައިގެން ފޯކަސް ގެއްލިދާނެ ކަމަށް އޭނާ ބުންޏެވެ.
ޓީސީ އަކީ ފޭވަރިޓްތޯ އެހުމުން ނިޒާމްބެ ބުނީ އަމިއްލަ އަށް ފޭވަރިޓް ޓީމުގެ ލަގަބް ދޭން ބޭނުން ނޫން ކަމަށާއި އޭނާގެ ޓީމަށް ވުރެ ބޮޑު ހަރަދުތަކެއްކުރި އަދި ގައުމީ ޓީމުގެ ކުޅުންތެރިން ތިބި ޓީމުތައް އެބަތިބި ކަމަށެވެ.
"ޓީސީ އަކީ އެންމެ އުނދަގުލުން ކޮލިފައިވި ޓީމު ލީގަށް. އޭރު ވެސް މަސައްކަތުން މިހިސާބަށް އައީ. ދެން ވެސް މަސައްކަތްކޮށްގެން ބޭނުންވަނީ ކުރިއަށްދާން،" ނިޒާމްބެ ބުންޏެވެ.
މިލަންދޫގެ ކޯޗު މުހައްމަދު ނާސިރު ބުނީ ނާކާމިޔާބި މެޗުތަކަށް ފަހު އެންމެ ފަހުން ކުޅުނު މެޗުގައި ގްރީންސްޓްރީޓްސްއާ އެއްވަރުވި ހިސާބުން ކުޅުންތެރިންނަށް އިތުރު ހިތްވަރެއް ލިބިއްޖެ ކަމަށެވެ.
"ކުރިއަށް ވުރެ ރަނގަޅުވާނެ. އިތުރު ކުޅުންތެރިން ގެނެސް ޕްރެކްޓިސް ކުރަމުން މި އަންނަނީ. ކުރިން ޕްރެކްޓިސް ކުރަމުން އައީ 14 ކުޅުންތެރިން ލައިގެން އުނދަގޫތަކާ އެއްކޮށް. އެކަމަކު މިހާރު ހައްލު ލިބިއްޖެ،" ނާސިރު ބުންޏެވެ.
އޭނާ ބުނީ ޓީސީ އަކީ މި ވަގުތު އެންމެ ފޯމުގައި އޮތް އެއް ޓީމު ކަމަށާއި އުއްމީދުކުރަނީ ފުރަތަމަ ބުރުގައި އެ ޓީމާ ދެކޮޅަށް ނެރުނު ނަތީޖާ ނުވަތަ އެއަށް ވުރެ ރަނގަޅު ނަތީޖާއެއް ނެރުން ކަމަށެވެ.
"އެކަމަކު އިތުރަށް މަސައްކަތްކުރަން ޖެހޭނެ. ކުރިއަށް ވުރެ މޫވްތައް ގިނަ ވެއްޖެ ޓީސީގެ ގޭމްޕްލޭނުގައި. އެގޮތުން އެޓޭކަށް ވިސްނައިގެން ނުކުންނާނީ،" ނާސިރު ބުންޏެވެ.
ގްރީން ސްޓްރީޓްސް ބަލިކޮށް ޓީސީ އަށް ލީގުގެ ދެ ވަނަ
ލީގު ނުލިބުނަސް ޓީސީގެ މަގާމު ރަނގަޅު: ނިޒާމްބެ
ލީގު ކާމިޔާބުކޮށް ނިއު ރޭޑިއަންޓް ތާރީހުގެ ތެރެއަށް
ނިއު އަށް ޕޮއިންޓަކުން ފުދޭ، ޓީސީ ބޭނުންވަނީ މޮޅެއް
މާޅޮސް ބަލިކޮށް ޓީސީން ނިއުގެ ފަހަތުގައި ވިއްދައިފި
މިލަންދޫ އިން ޓީސީ ހުއްޓުވައިފި
ބެންޖޯގެ ލީޑަޝިޕަށް ނިޒާމްބެގެ ތައުރީފް
މާޒިޔާ އަތުން މޮޅުވެ ޓީސީން ނިއުއާ ގާތްކޮށްފި
ޓީސީ-މާޒިޔާ ފޯރިގަދަ މެޗަކަށް، އަމާޒު ދެ ވަނަ އަށް
ފުރަތަމަ މެޗަށް ފަހު ޓީސީ އެއް ވަނަ އަށް