Roadha Mihaaru
ރޮހިންޖާ މުސްލިމުންނަށް 15 މިލިއަން ޑޮލަރު ސައުދީން ދެނީ

ރޮހިންޖާ މުސްލިމުންނަށް 15 މިލިއަން ޑޮލަރު ދޭން ސައުދީ ރަސްގެފާނު އަންގަވައިފި

20 ސެޕްޓެމްބަރ 2017

ރިޔާޒް (ސެޕްޓެމްބަރު 20) - ރޮހިންޖާ މުސްލިމް ރެފިއުޖީންނަށް 15 މިލިއަން ޑޮލަރު ދިނުމަށް ސައުދީ ރަސްގެފާން ސަލްމާން އަންގަވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ރިޔާޒް (ސެޕްޓެމްބަރު 20) - ރޮހިންޖާ މުސްލިމް ރެފިއުޖީންނަށް 15 މިލިއަން ޑޮލަރު ދިނުމަށް ސައުދީ ރަސްގެފާން ސަލްމާން އަންގަވައިފި އެވެ.

ރަސްގެފާން ސަލްމާންގެ މި ނިންމެވުން އިއުލާން ކުރެއްވީ ސައުދީ ރޯޔަލް ކޯޓުގެ އެޑްވައިޒަރު އަދި ކިންގް ސަލްމާން ސެންޓަ ފޯ ރިލީފް އެންޑް ހިއުމެނިޓޭރިއަން ވޯކުގެ ޖެނެރަލް ސުޕަވައިޒަރު ޑރ. އަބްދުﷲ އަލް ރަބީހު އެވެ. އޭނާ ވިދާޅުވީ ރޮހިންޖާ ރެފިއުޖީންގެ ހާލަތު ބެލުމަށް ކިންގް ސަލްމާން ސެންޓަރުގެ ޓީމެއް ވަރަށް އަަވަހަށް ބަންގްލަދޭޝް އަށް ދާނެ ކަމަށެވެ. އަދި ރެފިއުޖީންނަށް އެންމެ އަވަހަށް ބޭނުން ވަނީ ކޮންކޮން ކަންތަކެއްތޯ އެ ޓީމުން ހޯދާނެ ކަމަށް ޑރ. އަބްދުﷲ އަލް ރަބީހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ މައިގްރޭޝަނުގެ އެއްބާރުލުމާ އެކު ރޮހިންޖާ ރެފިއުޖީންނަށް އެހީވުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކިންގް ސަލްމާން ސެންޓަރުން ކޮށްފައިވާ ކަމަށެވެ.

މިއަންމާގެ ރަކީން ސްޓޭޓުގެ ހަމަނުޖެހުންތަކާ ގުޅިގެން ބަންގްލަދޭޝް އަށް އެތެރެވި ރޮހިންޖާ މުސްލިމުންގެ އަދަދު ވަނީ ހަތަރު ލައްކަ އަށް އަރައިފަ އެވެ.