Roadha Mihaaru
އަވަހަށް ހިކިގެން އަވަހަށް ފަލަ ވެސް ވާނެ

އަވަހަށް ހިކިގެން އަވަހަށް ފަލަ ވެސް ވާނެ

30 އޯގަސްޓް 2017

ބަރުދަން ލުއިކުރުމަށް މަސައްކަތްކުރާ ގިނަ މީހުން ވަރަށް އަވަހަށް ނަތީޖާ ހޯދަން ބޭނުންވެ އެވެ. މިއީ ސިއްގީ ގޮތުން ރައްކާތެރި ކަމެއް ނޫން ކަމަށް ޑޮކްޓަރުން އަބަދުވެސް ބުނެ އެވެ. މި އިންޒާރުގެ އިތުރުން އާ ދިރާސާއަކުން ހާމަވި ގޮތުގައި އަވަހަށް ހިކުމުން ނުވަތަ ބަރުދަން ލުއިކޮށްގެން އެގޮތުގައި ގިނަ ދުވަހަކު ނުވެސް ހުރެވޭނެ އެވެ.

މެޝަޝޫސެޓްސް ޖެނެރަލް ހޮސްޕިޓަލްގެ ޕޯސްޓްޑޮކްޓޮރަލް ދަރިވަރެއް ކަމަށްވާ އެމިލީ ފީގް މި ދިރާސާއަށް ފަހު ބުނީ ބަރުދަން ލުއިކޮށް ގިނަ ދުވަހު ހުރުމުގައި ކާމިޔާބީ މަޑުމަޑުން ގިނަ ދުވަހުން ބަރުދަން ލުއިކުރާ މީހުން ކަމަށެވެ.

މި ދިރާސާއިން އެނގުނު ގޮތުގައި، ހިކުމުގެ ޕްރޮގްރާމެއްގައި ފުރަތަމަ 6-12 ހަފުތާގެ ތެރޭގައި އެއް މިންވަރެއްގައި ބަރުދަން ލުއިވަމުން ދިޔަ މީހުންގެ ބަރުދަން ގިނަ ދުވަހު ލުއިކޮށް ހުރި މިންވަރު ކުއްލިކުއްލި އަށް ބޮޑަށް ބަރުދަން ލުއިވަމުން ދިޔަ މީހުންނަށް ވުރެ މައްޗެވެ.

މިސާލަކަށް، ހަފުތާއެއްގެ ތެރޭގައި ދެ ކިލޯ ލުއިވެ ޖެހިގެން އައި ހަފުތާގައި 1 ކިލޯ ބަރުވެ އަދި އަނެއް ހަފުތާގައި އެއް ކިލޯ ލުއިވި މީހުންނަށް ވުރެ މި މުޅި މުއްދަތުގެ ތެރޭގައި ކޮންމެ ހަފުތާއަކު އެއް ކިލޯ ލުއިވި މީހުންނަށް ގިނަ ދުވަހު ބަރުދަން ލުއިކޮށް ހުރުމުގައި ކާމިޔާބު ލިބުނެވެ.

"ދިރާސާގެ ހޯދުމުން ބޮޑަށް ގަބޫލުކުރެވުނީ ކެއުން ކޮންޓްރޯލްކުރުން ދިގު މުއްދަތަކަށް އެއް ގޮތަކަށް ދަމަހައްޓައި އެއް ކަންތައްތަކެއް ތަކުރާރު ކުރުމަކީ ބަރުދަން ލުއިކުރުމުގައި ކާމިޔާބު ހޯދަން ވަރަށް މުހިންމު ކަމެއްގެ ގޮތުގައި،" ފެއިބް ބުންޏެވެ.

އޭނާ ބުނީ ބޮޑަށް ބަރުދަން ލުއިވި ކަމުގައި ވިޔަސް އެއް ރޭޓެއްގައި ބަރުދަން ލުއިވަމުންދާ ނަމަ، އަލުން ބަރުދަން ލުއިވުމުގެ ފުރުސަތު ކުޑަވެގެންދާ ކަމަށެވެ. އަދި ބަރުދަން ލުއިކުރުން ކާމިޔާބު ކުރުން ހަމައެކަނި ބިނާވަނީ އެ މީހެއްގެ ކެއުމުގެ އާދަޔާ ނޫން ކަމަށާއި ބަރުދަން ލުއިކުރުމުގައި ދިގު މުއްދަތުގެ ޕްލޭނެއްގެ މުހިންމުކަން ވެސް އޮންނަ ކަމަށް ދިރާސާއިން އެނގުނެވެ.