Roadha Mihaaru
އެއާޕޯޓްގެ ރައްކާތެރިކަމާ ގުޅޭ ކަންތައް އިތުރުކުރަނީ

އެއާޕޯޓުގެ ރައްކާރެތިކަމާ ގުޅޭ ކަންކަން ރިޕޯޓުކުރި މިންވަރު ވަނީ 50 ޕަސެންޓް އިތުރުވެފައި: އާދިލް

20 އޯގަސްޓް 2017

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރައްކާރެތިކަމާ ގުޅޭ ކަންކަން ރިޕޯޓުކުރި މިންވަރު މިދިޔަ އަހަރު 50 ޕަސެންޓް އިތުރުވެފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ މިއަދު ވިދާޅުވެއްޖެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރައްކާރެތިކަމާ ގުޅޭ ކަންކަން ރިޕޯޓުކުރި މިންވަރު މިދިޔަ އަހަރު 50 ޕަސެންޓް އިތުރުވެފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ މިއަދު ވިދާޅުވެއްޖެ އެވެ.

އެއާޕޯޓުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް ހިންގާ "ސޭފްޓީ ވީކް" އިފްތިތާހުކުރުމަށް ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާދިލް ވިދާޅުވީ ވައިގެ ދަތުރުފަތުރަކީ އެންމެ ރައްކާތެރި ނިޒާމު ކަމަށާއި ރާއްޖޭގެ ވައިގެ އުދުހުންތަކުގެ ސަލާމަތާއި ރައްކާތެރިކަން ވެސް އެބައޮތް ކަމަށެވެ.

"ހަމަ އެހެންމެ މި އެއާޕޯޓުގައި މަސައްކަތްކުރާ އެންމެހައި މުވައްޒަފުންނަކީ ރައްކާތެރިކަމާ ގުޅޭ މައުލޫމާތާއި ތަމްރީނު ލިބިގެން ތިބި އަދި އެ މައުލޫމާތާއި ތަމްރީނު ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެވެމުންދާ މުވައްޒަފުންތަކެއް. އެހެން ނަމަވެސް، ސަލާމަތާއި ރައްކާތެރިކަމާ ގުޅުން ހުރި އެންމެހައި ކަންކަމަކީ އެކަންކަމާ މެދު އަބަދުވެސް އަޅުގަނޑުމެން ފާރަވެރިވެގެން ތިބެންޖެހޭނެ ކަންކަން. އިންސާނުންނަށް ވީތީ، ނުރައްކާތެރި ހާލަތްތައް ނުހިނގާނެ ގޮތަކަށް ތާއަބަދު ހަރަކާތްތައް ކުރިޔަށް ގެންދިޔުމަކީ ވާނެކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސޭފްޓީ ވީކް އިފްތިތާހުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އާއި ސިވިލްއޭވިއޭޝަން އޮތޯރިޓީގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: އެމްއޭސީއެލް

އާދިލް ވިދާޅުވީ ރާއްޖޭގެ މައި ދޮރޯށި އަދި އެންމެ ބޮޑު އެއާޕޯޓުގެ ރައްކާތެރިކަމާ ގުޅުން ހުރި ކަންކަން ބަލަހައްޓައި އެކަންކަން ރަނގަޅުކޮށް އަދި ކުރިއެރުވުމަކީ ކޮންމެ މުވައްޒަފެއްގެ ޒިންމާއެއްކަމަށް ދެކެންޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް އޮތީ ކުރާ މަސައްކަތްތަކުގައި ފަރުވާތެރިވެ ގަވާއިދުތަކަށާއި އުސޫލުތަކަށް ތަބާވެ މި އެއާޕޯޓުގެ އެންމެހާ ހަރަކާތްތައް ކުރިޔަށް ގެންދިޔުން. ދުނިޔޭގެ ބައެއް ގައުމުތަކުގެ ވައިގެ އުދުހުންތަކުގައި ކުރިމަތިވެފައިވާ ފަދަ ނުރައްކާތެރި ހާލަތްތަކެއް ﷲ ގެ އިރާދަފުޅާއި އެކު މިއަދާ ހަމައަށް އައި އިރު އަޅުގަނޑުމެންނަށް ކުރިމަތިވެފައި ނުވިކަމުގައި ވިޔަސް އެފަދަ ހާލަތެއް ކުރިމަތިކުރުވަފާނެ ފަދަ ކަންތައްތަކާ މެދު ވިސްނައި އެފަދަ ކަންކަން ދިމާނުވާނެ ފަދަ ގޮތަކަށް އަޅުގަނޑުމެންގެ މަސައްކަތްތައް ބައްޓަންކޮށް ރާވައި ހިންގަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

އާދިލް ވިދާޅުވި ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ރިޕޯޓްކުރާ މިންވަރު އިތުރުވުމުން ދޭހަކޮށްދެނީ އެ ކުންފުނީގެ މުވައްޒަފުން ރައްކާތެރިކަމަށް ސަމާލުކަންދީ، އެފަދަ ކަންކަމަށް ހޭލުންތެރިވަމުންދާ މިންވަރާއި ސޭފްޓީ ވީކްގެ މަގުސަދު ހާސިލްވަމުންދާ ކަމެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސޭފްޓީ ވީކް އިފްތިތާހުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އާއި ސިވިލްއޭވިއޭޝަން އޮތޯރިޓީގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސޭފްޓީ ވީކް އިފްތިތާހުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އާއި ސިވިލްއޭވިއޭޝަން އޮތޯރިޓީގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: އެމްއޭސީއެލް

"މިކަމުން ދޭހަވަނީ އަޅުގަނޑުމެންގެ މުވައްޒަފުން ރައްކާތެރިކަމަށް ސަމާލުކަންދީ އެފަދަ ކަންކަމަށް ހޭލުންތެރިވަމުންދާ މިންވަރާއި ސޭފްޓީ ވީކްގެ މަގުސަދު ހާސިލްވަމުންދާ ކަން. މީގެ އިތުރުން މި އަހަރު މި އެއާޕޯޓުން ޙާސިލްކުރެވުނު އައިކާގޯ ސެޓްފިކޭޝަން ހާމަކޮށްދެނީ މި އެއާޕޯޓުގައި މަތިންދާބޯޓުތަކަށް ދެވޭ ހިދުމަތްތަކަކީ ރައްކާތެރިކަމާއެކު ފޯރުކޮށްދެވޭ ހިދުމަތްތަކެއް ކަން،" އޭނާ ވިދާޅުވި އެވެ.

އާދިލް ވިދާޅުވީ ކުރިމަގަށް ވިސްނާއިރު ގިރާ ކުރަން ހުރި އެތައް ހަރުފަތްތަކެއް އެބަހުރި ކަމަށެވެ. އަދި އެ ކުންފުނިން މިއަދު އަމާޒު ހިފަނީ އެ އެއާޕޯޓުގެ އޮޕަރޭޝަން ދާއިރާގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަކީ "ފަސްޓް އެއިޑް" ފޯރުކޮށްދެވޭ ފަދަ ބަޔަކަށް ހެދުން ކަމަށެވެ. އަދި ރާއްޖޭގެ ބޮޑު ބަޔަކީ ކަނޑުކަމުގައި ވުމުން، އެ ކުންފުނީގެ ހުރިހާ މުވައްޒަފުންނަކީ ފަތަން ދަންނަ ބަޔަކަށް ހެދުމަކީ ވެސް އަމާޒެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.