05 އޯގަސްޓް 2017
ފުލުސް ކޮންސްޓަބަލް އަލީ ރައްޒާނަށް ރޭ މެންދަމު ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގައި ހައްޔަރު ކުރި ކުޑަ ކުއްޖާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުސް ކޮންސްޓަބަލް އަލީ ރައްޒާނަށް ރޭ މެންދަމު ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގައި ހައްޔަރު ކުރި ކުޑަ ކުއްޖާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިރޭ ބުނީ ކ. މާފުށީގައި ހިންގި އޮޕަރޭޝަނެއްގައި ރައްޒާނަށް ވަޅިން ހަމަލަ ދިން މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ކުޑަ ކުއްޖާ ދޫކޮށްލީ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ޖުވެނައިލް ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް އެ ކޯޓުން ނިންމުމުން ކަމަށެވެ.
މާލެ އިން މާފުއްޓަށް ދިޔަ ލޯންޗަކުން ޖަލަށް އެއްޗެހިތަކެއް ވައްދަން އުޅޭ ކަމަށް ތުހުމަތު ކުރެވިގެން ހިންގި އޮޕަރޭޝަންގެ ތެރޭގައި ރައްޒާނަށް ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހާ އާއި ލޯންޗުގައި ތިބި ބަޔަކު ހައްޔަރު ކުރި އެވެ. އެއީ ފުލުހުން ބުނި ގޮތުގައި 51 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ ދެ ފިރިހެނާއި 18 އަހަރުން ދަށުގެ ކުއްޖާ އެވެ.
މާފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ރައްޒާނަށް ހަމަލަދިނީ މާލެ އިން މާފުއްޓަށް ދިޔަ ލޯންޗަކުން ޖަލަށް އެއްޗެހިތަކެއް ވައްދަން އުޅޭ ކަމަށް ތުހުމަތު ކުރެވިގެން އެ މީހުން ހިފަހައްޓަން އުޅުމުންނެވެ. އޭނާ އަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނައިރު، ހާލު އަންނަނީ ރަނގަޅުވަމުންނެވެ.
ފުލުހުން ބުނި ގޮތުގައި ރައްޒާނަށް ހަމަލަދިން ހ.ކުއްޅަވައްމާގޭ އަޒުހަރު އިބްރާހިމަކީ ތަފާތު އެކި ކުށްތަކުގައި ޝާމިލްވެ އެތައް ފަހަރެއްގެ މަތިން ފުލުސް އޮފީހަށް ހާޒިރު ކުރި މީހެކެވެ. އަޒުހަރު އަތުން ފެނުނު ދެ ގޯނީގެ ތެރެއިން ގިނަ އަދަދެއްގެ ފޯނާއި ޗާޖަރާއި ބެޓެރީ އާއި ހެޑް ސެޓް ހިމެނެ އެވެ.
މާފުށިން ހައްޔަރު ކުރި ކުއްޖާ ދޫކޮށްލީ ހެކި ނެތިގެން
ރައްޒާނަށް ހަމަލަދިން މީހާ ޝަރީއަތް ނިމެންދެން ބަންދު
ބައި މިލިއަންގެ ސްކޭމެއް، 22 ފޯނު އަތުލައިގެންފި
ވަގަށް ޖަލަށް ވަންނަން އުޅުމުން ޖަލަށްލައި، ޖޫރިމަނާ
"ފުލުހުންނަށް އަމާޒުކޮށް ނުރައްކާތެރި ކަންކަން ހިންގާ"
ރައްޒާނަށް ހަމަލަ ދިން އަޒުހަރުގެ ކުށުގެ ރިކޯޑު އޮވޭ
ޒަހަމްވި ފުލުސް މީހާގެ ހާލު ރަނގަޅު: އައިޖީއެމްއެޗް
ފުލުސް މީހާގެ ހާލު ބަލަން މިނިސްޓަރުން އައިޖީއެމްއެޗަށް
ފުލުހަކަށް ވަޅިން ހަމަލާ ދިނުމުން ޒަޚަމްވެ އައިސީޔޫގައި
ނަމާދަށް ހުރި އިމާމަށް ހަމަލާދޭން އުޅެނިކޮށް ހައްޔަރު