17 ޖުލައި 2017
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވީ ސަރުކާރުގެ ރޭވުމާއި ނުފޫޒުން ކަން ސާބިތުކޮށްދެއްވަން ހެކި ހުށަހެޅުއްވުމުގެ ފުރުސަތު ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށް ދެއްވުމަށް އިދިކޮޅު އެމްޑީޕީން މިރޭ ގޮވާލައްވައިފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވީ ސަރުކާރުގެ ރޭވުމާއި ނުފޫޒުން ކަން ސާބިތުކޮށްދެއްވަން ހެކި ހުށަހެޅުއްވުމުގެ ފުރުސަތު ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށް ދެއްވުމަށް އިދިކޮޅު އެމްޑީޕީން މިރޭ ގޮވާލައްވައިފި އެވެ.
ނަޝީދަށް އިއްވި ހުކުމަކީ ކޯޓުގެ ފަނޑިޔާރަކު ލިއުއްވި ހުކުމެއް ނޫން ކަމަށާއި އެކަން ހިނގައިދިޔަ ގޮތް ސާބިތުކޮށްދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެ، އަދީބު ވަނީ ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުއްވައިފަ އެވެ.
އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ ނަޝީދުގެ މައްޗަށް ޝަރީއަތް ހިންގާފައި ވަނީ މުޅި އަދުލު އިންސާފުގެ ދާއިރާ އަށް ނުފޫޒު ފޯރުވައިގެން ކަމަށާއި އެކަން ސާބިތުކުރެވޭނެ ހެކި ހުރި ކަމަށް އަދީބު ވިދާޅުވެފައިވާ ކަމަށެވެ. އަދުލު އިންސާފުގެ ދާއިރާ ބޭނުންކޮށްގެން ޖަރީމާއެއް ހިންގާފައިވާއިރު، ރާއްޖޭގެ ރައީސްކަން ކުރެއްވި އަދި އެންމެ ބޮޑު ސިޔާސީ ޕާޓީގެ ލީޑަރު ނުހައްގުން އެންމެ ހިނދުކޮޅަކު ވެސް ޖަލުގައި ބަންދުކޮށްފައި ހުރުމަކީ އެމަނިކުފާނާއި މުޅި ޕާޓީ އަށް ވެސް ދޭ ބޮޑު އަނިޔާއެއް ކަމަށް ބަޔާނުގައިވެ އެވެ.
ކުރީގެ ރައީސް ނަޝީދު: އެމަނިކުފާނުގެ ޝަރީއަތާ ގުޅޭ ގިނަ ކަންކަން އަދީބަށް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވާއިރު އެ މައްސަލަ އަލުން ބަލަން ޖެހޭ ކަމަށް އެމްޑީޕީން ބުނޭ.
ނަޝީދުގެ ޝަރީއަތަަށް މުޅި ދުނިޔޭގެ ނަޒަރު ހުއްޓި އދ.ގެ ވާކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓޭންޝަނާއި އދ.ގެ ހިއުމަން ރައިޓްސް ކޮމިޝަނާއި އިންޓަނޭޝަނަލް ކޮމިޝަން ފޯ ޖޫރިސްޓްސް އާއި އެމެރިކާ ސަރުކާރާއި އިނގިރޭސި ވިލާތާއި ޔޫރަޕިއަން ޔޫނިއަން އާއި ޔޫރަޕިއަން ޕާލިމަންޓުގެ ފާޑުކިޔުން ރާއްޖެއަށް އަމާޒުވެ، އެމަނިކުފާނު މިނިވަން ކުރަން ގޮވާލާފައިވާ ކަން އެމްޑީޕީން ފާހަގަކޮށްފައިވެ އެވެ.
"ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހިންގުނު ޝަރީއަތާ ގުޅިގެން ރާއްޖެ އަށް އަމާޒުވި ފާޑުކިޔުންތަކަށް ބީރު ކަންފަތެއްދީ، ރާއްޖެއާ ގުޅުން ބަދަހި އެތައް ގައުމުތަކާ އޮތް ރަހުމަތްތެރިކަމަށް ބުރޫ އަރާ މިއަދު ދިވެހިރާއްޖެ ވަނީ ބައިނަލްއަގުވާމީ މުޖުތަަމައުގައި އެކަނިވެރިވެ ޚުދުމުހުތާރު ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގަ އެވެ،" ބަޔާނުގައިވެ އެވެ.
"ރާއްޖޭގެ ކަންކަން އިންތިހާއަށް ގޯސްވެ ރައްޔިތުންގެ އެތައް ހައްގުތަކަަށް އަރައިގަންނަމުންދާއިރު، ސިޔާސީ ލީޑަރުންނާއި ބޭއިންސާފުން ޝަރީއަތްކޮށް ޖަލަށްލާފައިވާ ހުރިހާ މީހުން މިނިވަންކުރަން މި ޕާޓީން ގޮވާލަމެވެ. މިއަދު އެނގި ހާމަވަމުންދާ ހަގީގަތަކީ ސިޔާސީ ބޭނުމަށް އެތައް ބަޔަކު ޖަލަށްލުން އާންމުވެ މުޅި ޝަރުއީ ނިޒާމްވެސް ހައިޖެކް ކުރުމަށް ވަކި މީހަކު މަސައްކަތް ކުރަމުންދާ ކަމެވެ."
ނަޝީދުގެ ޝަރީއަތާ ގުޅޭ ގިނަ ކަންކަން އަދީބަށް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވާއިރު އެ މައްސަލަ އަލުން ބެލުމަކީ މުހިއްމު ކަމެއް ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
ނަޝީދު ބައިވެރިވާ ހަރަކާތަކަށް އާޓިފިޝަލްބީޗު ހުސްކުރަނީ
ނަޝީދަށް ސިފައިންނާއި ފުލުހުން އެއްބާރުލުން ދޭނެ
ނަޝީދު މައްސަލަ ސުޕްރީމް ކޯޓުން އަވަސްކޮށްދޭން އެދިއްޖެ
ކެންޑިޑޭޓުންގެ ޝަރުތުތަކާ މެދު ގޮތެއް ނިންމާނީ ކޯޓުން
"މައުމޫން ބާޣީއަކަށް ހެދުމަކީ ނަޝީދުގެ ހުވަފެނެއް"
ސުޕްރީމް ކޯޓަށް ރައީސް އަޒުލް ކުރެވިދާނެތަ؟
ނަޝީދަށް ކުޑަ ވެސް ފުރުސަތެއް އެބަ އޮތްތަ؟
"އަދީބަށް އަވަހަށް ހުކުމްކުރީ ރައީސް އަންގަވައިގެން"
ކޯލިޝަނުގައި އަދީބު ހިމެނޭ ސަބަބު އެނގެން ޖެހޭ
އެމްޑީޕީން އެދެނީ މަޖިލީހުން ގަވައިދާ ހިލާފު ނުވާން