Roadha Mihaaru

ހައްޖު ދުވަސްވަރު އީރާނުގެ ކޮންސިއުލޭޓެއް ސައުދީގައި ހުޅުވަނީ

ތެހެރާން (ޖުލައި 5) - މި އަހަރުގެ ހައްޖު މޫސުމުގައި އީރާނުގެ ކޮންސިއުލޭޓްތައް ސައުދީ އަރަބިއާގައި ހުޅުވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ހައްޖު ދުވަސްވަރު އީރާނުގެ ކޮންސިއުލޭޓެއް ސައުދީގައި
ހަސަން އާމިރު
ހަސަން އާމިރު

05 ޖުލައި 2017

ތެހެރާން (ޖުލައި 5) - މި އަހަރުގެ ހައްޖު މޫސުމުގައި އީރާނުގެ ކޮންސިއުލޭޓްތައް ސައުދީ އަރަބިއާގައި ހުޅުވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

"އީރާނުގެ ފޮރިން މިނިސްޓްރީގެ ކޮންސިއުލާ ސެކްޝަނުގެ ބައެއް މުވައްޒަފުން ހައްޖު ދުވަސްވަރު މައްކާ އާއި މަދީނާ އަދި ޖިއްދާ އަށް ފޮނުވަން ވަނީ ނިންމާފައި" ފޮރިން މިނިސްޓްރީގެ ތަރުޖަމާން ބަހުރާމް ގާސިމް ވިދާޅުވި އެވެ.

އީރާނާއި ސައުދީ އަރަބިއާ އިން ވަނީ ސިޔާސީ ގުޅުން ކަނޑާލައިފަ އެވެ. ދެ ގައުމުގެ މެދުގައި ސިޔާސީ މައްސަލަތައް ބޮޑުވެ އީރާނު މީހުންނަށް މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭ ގޮތް ވެސް ވަނީ ނުވެފަ އެވެ. ނަމަވެސް މި އަހަރުގެ ހައްޖުގެ އަޅުކަމުގައި އީރާން މީހުން ބައިވެރިވުމާ ބެހޭ ގޮތުން ވަނީ ސައުދީއާ އެކު އެއްބަސްވުމަކަށް އާދެވިފަ އެވެ.

އީރާނާއި ސައުދީ އަރަބިއާގެ ގުޅުން ހީނަރުވެފައި ވަނީ ޝިއައީ ދީނީ އިސް ބޭފުޅަކަށް ސައުދީން މަރުގެ އަދަބު ދިނުމާ ގުޅިގެން އެކަމުގެ ހިތްހަމަނުޖެހުމުގައި ތެހެރާނުގައި ހުންނަ ސައުދީ އެމްބަސީ އަށް ބަޔަކު ވަދެ އެ ތަނުގައި ޖެނުއަރީ 2016 ގައި އަލިފާން ޖެހުމާ ގުޅިގެންނެވެ.