ރައީސް އަބްދުﷲ ޔާމީނަކީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ދީގެން އެއްވެސް ކަމެއް ކުރައްވާނެ ބޭފުޅެއް ނޫން ކަމުގެ ޔަގީން ދެއްވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އަބްދުﷲ ޔާމީނަކީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ދީގެން އެއްވެސް ކަމެއް ކުރައްވާނެ ބޭފުޅެއް ނޫން ކަމުގެ ޔަގީން ދެއްވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު މަގާމުން ވަކިކުރުމަށް ވެރިކަން ކުރާ ޕީޕީއެމްގެ 10 މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް މައްސަލަ ވެއްދި މައްސަލަ ހޫނުވެފައިވާ މި ދަނޑިވަޅުގައި މުއާޒް ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ، މެމްބަރުންގެ ފަރާތްޕުޅުން ބޭނުންވާ އެހީތެރިކަން ހޯއްދެވުމަށް އެ ބޭފުޅުންގެ އަރިހުން ރައީސް ޔާމީން "އާދޭސް" ދަންނަވާފައި އެބަހުރި ކަމަށެވެ.
"ރައްޔިތުންގެ ކަންކަން ފުރިހަމަ ކޮށްދެއްވުމުގައި އެހީތެރިކަން ދެއްވުމަށް މެމްބަރުންގެ އަރިހުން 'އާދޭސް' ދަންނަވަން ޖެހިވަޑައިގެންނެވި ނަމަވެސް މި ރައީސް އަކީ މެމްބަރުންނަށް ރިޝްވަތު ދެއްވައިގެން އެއްވެސް ކަމެއް ކުރައްވާނެ ރައީސެއް ނޫން ކަމުގެ ޔަގީންކަން ލޮބުވެތި ރައްޔިތުންނަށް އަރުވަން،" ތަރުޖަމާން ވިދާޅުވި އެވެ.
މުއާޒް އެހެން ވިދާޅުވިއިރު، މަސީހު މަގާމުން ދުރުކުރަން ސޮއި ކުރެއްވި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ 10 މެމްބަރުން، އެ ނިންމެވުން އަނބުރާ ގެންދަވަން އެދިވަޑައިގެން ރައީސް ޔާމީން "އާދޭސް" ކުރައްވަމުން ގެންދަވާ ކަމަށް އެ ޕާޓީގެ މެމްބަރުންތަކެއް ވަނީ މިއަދު ވިދާޅުވެފަ އެވެ.
ރިޝްވަތު ދީގެން އުޅުނީ ސަރުކާރު ވައްޓާލަން: ރައީސް
މި ސަރުކާރުގައި ބްރޯއަކަށް ބްރޯއެއް އެބަހުރި: ޔާމީން
ޚިޔާނާތުގެ ލިސްޓްގައި ގިނަވާނީ އެމްޑީޕީ މީހުން: ޝިޔާމް
ބިންމިލްކުކުރެވޭ އުސޫލު އުވާނުލައި،ކޮމިޓީގައި ތާށިވެފައި
ރިޝްވަތުގެ ބައި ހިމެނޭ ބިލް މަޖިލިހަށް ވެއްދީ އިއްޔެ
ރިޝްވަތުގެ ކުށް ހިމެނޭ އިސްލާހު ކޮމިޓީއަށް ފޮނުވައިފި
ލާރި ފޮއްޗެއްގައި ޖެހުނަސް އެ މީހަކު ބަނދެވޭނެ:ނިހާން
ރިޝްވަތުގެ ކުށް ހިމަނައި އިތުރު އިސްލާހެއް މަޖިލީހަށް
ރިޔާސީ ބަޔާން އިއްވާ ޖަލްސާ މިރޭ ދަރުބާރުގޭގައި
"ޕީޕީއެމާ ނުގުޅޭ މެމްބަރުންނަށް ދާއިރާތަކަށް ނޭރޭނެ"