16 ޖޫން 2017
ހަރުފައަކަށް ފުއްލާއެއް ކާލެވިދާނެ ހެއްޔެވެ؟ ގަބޫލުކުރަން ދަތިވިޔަސް މިކަން ހިނގައިިފި އެވެ.
ހަރުފައަކަށް ފުއްލާއެއް ކާލެވިދާނެ ހެއްޔެވެ؟ ގަބޫލުކުރަން ދަތިވިޔަސް މިކަން ހިނގައިިފި އެވެ.
ބޮޑެތި ބައެއް ހަރުފަ އަކީ އެއަށް ވުރެ މާ ބޮޑެތި ޖަނަވާރު އެއްވެސް އުނދަގުލަކާ ނުލާ ކާލާ އެއްޗެކެވެ. ނަމަވެސް ހަރުފައިގެ ބަނޑަށް ކެތް ނުވެގެން، އެ ކާލި އެއްޗެއް، ގިނަ ފަހަރަށް ހޮޑަށް ބޭރުކޮށްލަނީ އެވެ.
އިންޑިޔާގެ މަހާރަޝްތުރާގެ ސާވަންތުވާދީ އަވަށުން ފެނުނު ހަރުފައަކަށް މިފަދަ ކަމެއް ދިމާވެފައި ވަނިކޮށް އެހިސާބުގަނޑުގެ މީހުން ވަނީ ވީޑިއޯ ކޮށްފަ އެވެ. އޭތި ކާލައިގެން އޮތީ އެއަށް ވުރެ މާ ބޮޑު ފުއްލާއެކެވެ. ނަމަވެސް ބަނޑުތެރޭގައި ފުއްލާއަށް ޖާގަ ނުލިބުމުންނާއި އެތަނަށް އެއްވި މީހުންގެ ސަބަބުން އުނދަގޫވެގެން އެންމެ ހަރުފަޔަށް ޖެހުނީ ފުއްލާ ހޮޑަށް ބޭރުކޮށްލާށެވެ.
މިތަން ފުރަަތަމަ ފެނުނު މީހުން ތިބީ ހަރުފައަށް އެހާ ބޮޑު ފުއްލާއެއް ކާލެވިދާނެ ކަމާ މެދު ޝައްކު ވެފަ ބަލަން ތިއްބާ ހަރުފަ ވަނީ ފުއްލާ އެއްކޮށް ދިރުވާލާފަ އެވެ. ނަމަވެސް ދަނޑިބުރި ފަދަ އެއްޗެހިން މީހުން އެއާ ތޮޅެއް ފެށުމުން ދެތިން މިނިޓް ފަހުން ހަރުފަ ވަނީ ފުއްލާ ބޭރުކޮށްލައިފަ އެވެ. އޭރު ފުއްލާ އޮތީ މަރުވެފަ އެވެ.
ކުއްތާއަކަށް އަނިޔާކުރި މީހަކު "ސައިޒްކުރީ" ގެރިއެއް
މިއީ މާ ލޯބި އިސްތަށިގަނޑެއް އޮންނަ އެތެއް
ދަނޑުތައް ހިމާޔަތްކުރަން ކުއްތާގެ އަޑު
ފޯނުން ވާހަކަ ދައްކަމުން އިށީނދެވުނީ ހަރުފައެއްގައި
އެތްތަކެއް ގެ ހަލާކުކޮށްލުމުން ދިރިއުޅުން ގަހެއްގައި
ސްމާޓް މަކުނެއް، އިންސާނުންނަށް ފިލާވަޅެއް
ކުއްތާއަށް ކާންދިނުމުން ތިން ލައްކަ ރުޕީސްގެ ޖޫރިމަނާ
އެތަށް ހާއްސަ ހޮސްޕިޓަލެއް އިންޑިއާގައި ހުޅުވައިފި
ހަރުފަޔަކާ އެކު ކެބެޖެއް ކެވި ދެމައިން ވިހަވެއްޖެ
ހަރުފައެއް އަނގައިން އެހެން ހަރުފައެއް