އަމިއްލަ ކުންފުންޏަކަށް މޯލްޑިވްސް އިސްލާމިކް ބެންކުން ނަގާފައިވާ 3.4 މިލިއަން ޑޮލަރު (52.5 މިލިއަން ރުފިޔާ) ނުދައްކައިގެން ގ. ފަނަސް ނީލަމުގައި ވިއްކާލަން އިއުލާނުކޮށްފި އެވެ.
04 ސެޕްޓެމްބަރ 2025
އަމިއްލަ ކުންފުންޏަކަށް މޯލްޑިވްސް އިސްލާމިކް ބެންކުން ނަގާފައިވާ 3.4 މިލިއަން ޑޮލަރު (52.5 މިލިއަން ރުފިޔާ) ނުދައްކައިގެން ގ. ފަނަސް ނީލަމުގައި ވިއްކާލަން އިއުލާނުކޮށްފި އެވެ.
އަމީނީ މަގުގައި އޮންނަ 1،469 އަކަފޫޓުގެ ގޯތި ވިއްކާލަނީ އެ ގޯތި ރަހުނުކޮށް ހުރަވީ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން ނެގި 3,406,369.50 ޑޮލަރުގެ ލޯނެއް ނުދެއްކިގެންނެވެ. އެ ފައިސާ ދައްކަން 2022 ވަނަ އަހަރު ސިވިލް ކޯޓުން ހުކުމް ކޮށްފައިވާއިރު، އެ މުއްދަތުގައި ވެސް ފައިސާ ދައްކާފައެއް ނުވެ އެވެ.
އެހެންވެ، ލޯނަށް ރަހުނުކޮށްފައިވާ ގ. ފަނަސް ވިއްކާލަން އެމްއައިބީން އިއުލާނުކުރީ އެ ގޯއްޗާއި ގޯތީގައި ހުރި ނުއުފުލޭ މުދަލާ އެކު އެވެ.
ބޭންކުން ބުނި ގޮތުގައި ގޯތި ވިއްކާލަން ނީލަން ފަށާ އަގަކީ 30,230,000ރ. އެވެ. މި ގޯތި ގަތުމަށް މިހާރު ނީލަމަށް ހުޅުވާލާފައި ވާއިރު، މި މަހުގެ 25 ވަނަ ދުވަހުގެ މެންދުރު 1 ޖަހަންދެން އަގު ހުށެއެޅޭނެ ކަމަށް އެމްއައިބީން ބުންޏެވެ.
ބިޑްތައް ހުޅުވާނީ 25 ވަނަ ދުވަހުގެ 1 ޖަހާއިރު މ. ފާމުދޭރިގެ ބިލްޑިންގުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ އެމްއައިބީގެ އޮފީހުގަ އެވެ.
ނީލަން ފަށައި، އެންމެ މަތީ އަގު އިއުލާނުކުރުމަށް ފަހު، ކޮންމެ ދުވަހަކު ވެސް ހުށައަޅާ އެންމެ މަތީ އަގު އެމްއައިބީގެ ވެބްސައިޓުގައި ފެންނަން ހުންނާނެ އެވެ.
ނީލަން ފެށުމަށް ހަމަޖެހިފައިވާ ސުންގަޑިއާ ހަމައަށް ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެވަގުތު އެތަނަށް ހާޒިރުވެ ތިބި ފަރާތްތަކުގެ ހާޒިރުގައި ސިޓީތައް ކަނޑައި، އެންމެ މަތީ އަގު އެއީ ނީލަން ފަށާ އަގުކަމުގައި ކަނޑައަޅައި އިއުލާނުކުރާނެ ކަމަށް އެމްއައިބީން ބުންޏެވެ.
ނީލަން ފަށާ އަގު އިއުލާން ކުރުމަށް ފަހު، ބޭންކުން ނީލަން ނިންމާލިކަން އިއުލާނު ކުރަންދެން، އެ ގޯތި ގަންނަން ބޭނުންވާ ފަރާތްތަކަށް، ބޭންކުން އިއުލާންކޮށްފައިވާ ނީލަން ފަށާ އަގަށްވުރެ ބޮޑު އަގެއް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ އެވެ. އެގޮތުން، ކުރިން އަގު ހުށަހެޅި ފަރާތްތަކަށާއި އަލަށް އަގު ހުށަހަޅާ ފަރާތްތަކަށް ވެސް އެ ފުރުސަތު އޮންނާނެ އެވެ.
ބޭންކުން ބުނި ގޮތުގައި ބިޑް ހުށަހެޅުމަށް ފަހު، ބޭންކުން ނީލަން ނިންމާލިކަން އިއުލާނު ކުރަންދެން ނުވަތަ ނީލަން ބާތިލުކުރަންދެން، ހުށަހަޅާފައިވާ ބިޑެއް އަނބުރާ ނުގެންދެވޭނެ އެވެ.
އެމްއައިބީގެ ހޯމް ފައިނޭންސިން ފެސިލިޓީއަށް ބަދަލެއް
ގޯތި ވިއްކަނީ ކަޅުދިޔަފުއްޓަށް ނެގި ލޯނު ނުދެއްކިގެން
އެމްއައިބީ9 ކްލަބުގެ މެމްބަރުންނަށް އަގުހުރި އިނާމުތައް
ހަ މަހުން އެމްއައިބީއަށް މާލީ ބޮޑު ކުރިއެރުމެއް
ލުއި ލޯނާއި ކްރެޑިޓް ކާޑުތަކަށް 7.7 ބިލިއަން
ބަދަލުތަކާއެކު އެމްއައިބީ9 ރިވޯޑް ކްލަބް ރީލޯންޗްކޮށްފި
މެމްބަރު ސިނާންގެ ގޮނޑީގެ މައްސަލަ ހުކުމާ ހަމައަށް
ގެސްޓް ހައުސް ސިމްޕޯޒިއަމްގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގު
"އުޖާލާ" ޕްރޮމޯޝަނުގެ ނަސީބުވެރިޔާ ހޮވައިފި
އެމްއައިބީއިން ހިއްސާދާރުންނަށް ބޯނަސް ހިއްސާ ދޫކޮށްފި