އަލް ޖަޒީރީގެ މަޝްހޫރު ރިޕޯޓަރަކު ހިމެނޭ ގޮތަށް އެ ޗެނަލްގެ ދެ ކޮރެސްޕޮންޑެންޓުންނާއި ތިން ކެމެރާމަނަކު އިޒްރޭލުން ހަމަލާދީ ޝަހީދުކޮށްލައިފި އެވެ.
އަލް ޖަޒީރީގެ މަޝްހޫރު ރިޕޯޓަރަކު ހިމެނޭ ގޮތަށް އެ ޗެނަލްގެ ދެ ކޮރެސްޕޮންޑެންޓުންނާއި ތިން ކެމެރާމަނަކު އިޒްރޭލުން ހަމަލާދީ ޝަހީދުކޮށްލައިފި އެވެ.
ޣައްޒާ ސިޓީގައި ހުންނަ ޓެންޓަކަށް ދިން ހަމަލާގައި ފަސް ނޫސްވެރިން ޝަހީދުކޮށްލާފައި ވާއިރު މި ހަމަލާ ދިން ކަމަށާއި މިއީ އަލް ޖަޒީރާގެ މަޝްހޫރު ރިޕޯޓަރު އަނަސް އާލް ޝަރީފަށް އަމާޒުކުރި ހަމަލާއެއް ކަމަށް އެއްބަސްވެ އިޒްރޭލުން ވަނީ ބަޔާން ނެރެފަ އެވެ.
އިޒްރޭލުން ބުނީ އުމުރުން 28 އަހަރުގެ އެ ނޫސްވެރިޔާ އަކީ ހަމާސްއާ ގުޅިގެން މަސައްކަތްކުރާ "ޓެރަރިސްޓެއް" ކަމަށެވެ.
އިޒްރޭލުން މީގެ 22 މަސް ދުވަސް ކުރިން ފެށިގެން ޣައްޒާއަށް ހަމަލާ ދެމުން ގެންދާއިރު ނޫސްވެރިންނަށް އަމާޒުކޮށް އެތައް ހަމަލާއެއްދީ މީޑިއާގެ 200 އަށް ވުރެ ގިނަ މީހުން މަރާފައިވެ އެވެ. ރޭގެ ހަމަލާ އަކީ މި ސިލްސިލާގެ ބައެކެވެ.
"އަލްޖަޒީރާގެ ނޫސްވެރިޔާ އަނަސް އަލް ޝަރީފާއި އޭނާއާ އެކު މަސައްކަތްކުރާ ހަތަރު މީހަކު ޝަހީދުކޮށްލާފައިވަނީ ޣައްޒާ ސިޓީގައި ނޫސްވެރިން ތިބޭ ޓެންޓަކަށް އިޒްރޭލުން ދިން ހަމަލާއެއްގައި،" ގަތަރުގެ ބްރޯޑްކާސްޓަރުގެ ބަޔާނުގައި ބުންޏެވެ.
އުމުރުން 28 އަހަރުގެ އަލް ޝަރީފް ޝަހީދުވީ ޣައްޒާ ސިޓީގެ ހޮސްޕިޓަލެއްގެ މައި ގޭޓު ބޭރުގައި ނޫސްވެރިންނަށް ހާއްސަކޮށްގެން ހަދާފައިވާ ޓެންޓަކަށް ހަމަލާ ދިނުމުންނެވެ.
އަލްޖަޒީރާގެ މަޝްހޫރު އަރަބި ނޫސްވެރިޔާ ވަނީ ޣައްޒާގެ އުތުރުން ވަރަށް ފުޅާ ދާއިރާއެއްގައި ކަވަރޭޖް ގެނެސްދީފަ އެވެ.
އެ ޗެނަލުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޣައްޒާ ސިޓީގެ ޓެންޓަކަށް ދިން ހަމަލާގައި ދެން ޝަހީދުވި ނޫސްވެރިންނަކީ މުހައްމަދު ގުރައިޣާ އާއި ކެމެރާ އޮޕަރޭޓަރުން ކަމަށްވާ އިބްރާހިމް ޒާހިރު، މުހައްމަދު ނައުފަލް އަދި މުއުމިން އަލީވާ އެވެ.
މި ހަމަލާ ދިން ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން އެއްބަސްވެ، ބުނެފައިވަނީ ހަމަލާ ދިނީ އަލްޖަޒީރާގެ އަލް ޝަރީފަށް ކަމަށާއި އޭނާ އަކީ "ނޫސްވެރިއެއް ކަމަށް ހެދިގެން އުޅުނު ޓެރަރިސްޓެއް" ކަމަށެވެ.
"މީގެ އިރުކޮޅެއް ކުރިން ޣައްޒާ ސިޓީގައި އައިޑީއެފް [އިޒްރޭލު ސިފައިން] އިން ވަނީ އަލް ޖަޒީރާ ނެޓްވޯކުގައި ނޫސްވެރިއެއް ކަމަށް ހެދިގެން އުޅުނު ޓެރަރިސްޓު އަނަސް އަލް ޝަރީފަށް ހަމަލާ ދީފައި،" ޓެލެގްރާމްގައި އަސްކަރިއްޔާއިން އާންމުކުރި ބަޔާނުގައިވެ އެވެ.
އަދި އަނަސް އަލް ޝަރީފަކީ ހަމާސްގެ ސެލްއެއްގެ ލީޑަރު ކަމަށާއި އިޒްރޭލުގެ އާންމުންނާއި ސިފައިންނަށް އަމާޒުކޮށް ރޮކެޓް ހަމަލާތައް ދިނުމުގައި އޭނާގެ ބައިވެރިވުން އޮންނަ ކަމަށް އެ ބަޔާނުގައި ތުހުމަތުކޮށްފައިވެ އެވެ.
އަލް ޝަރީފަކީ ޣައްޒާއިން ރިޕޯޓްކުރުމުގައި އަލް ޖަޒީރާގެ އެންމެ މަޝްހޫރު އެއް ނޫސްވެރިޔާ އެވެ.
އަލް ޝަރީފް ޝަހީދުވުމުގެ ކުރިން އޭނާ ވަނީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޣައްޒާ ހިފުމުގެ ޕްލޭން ދިފާއުކޮށް ރޭ ނޫސްވެރިންގެ ބައްދަލުވުމެއް ކުރިއަށް ގެންދިޔަ ވަގުތު ޣައްޒާ ސިޓީއަށް ވަރަށް ވަރުގަދައަށް ހަމަލާ ދެމުން ދިޔަ ކަމަށް ބުނެ އެކްސްގައި ޕޯސްޓެއް ވެސް ކޮށްފަ އެވެ.
އޭނާ އެންމެ ފަހުން ކުރި ޕޯސްޓްތަކުގެ ތެރޭގައި އިޒްރޭލުން ދެމުން ދިޔަ ހަމަލާތައް ފެންނަ ކުރު ވީޑިއޯއެއް ވެސް ހިމެނެ އެވެ. -- އޭއެފްޕީ
ޣައްޒާގައި އަނެއްކާވެސް ހަތަރު ނޫސްވެރިޔަކު މަރާލައިފި
އިޒްރޭލުން ބުނަނީ ހަމަލާ ދިނީ ހަމާސްގެ ކެމެރާއަކަށޭ
ނޫސްވެރިން މެރުމުގެ ޖަރީމާ އދ. އިން ކުށްވެރިކޮށްފި
އިޒްރޭލުން އަލް ޖަޒީރާގެ ދެ ނޫސްވެރިޔަކު މަރާލައިފި
އިޒްރޭލުން އަލްޖަޒީރާ ބްރޯޑްކާސްޓްކުރުން މަނާކުރަނީ
އިޒްރޭލުން އަލްޖަޒީރާގެ ދެ ނޫސްވެރިއަކު ޒަހަމްކޮށްލައިފި
މިހާތަނަށް 86 ނޫސްވެރިން ޝަހީދުކޮށްލައިފި
ނޫސްވެރިން މެރުމުގެ ރެކޯޑް ވެސް އިޒްރޭލަށް
އަލްޖަޒީރާގެ ނޫސްވެރިއެއްގެ އާއިލާ ޝަހީދުކޮށްލައިފި
ޝީރީން މަރުވީ ސިފައިންގެ ހަމަލާއަކުންކަމަށް ވެދާނެ: އިޒްރޭލު