22 މާޗް 2017
އެމްއެމްޕީއާރުސީން ކުރިން އެކި ފަރާތްތަކަށް ދީގެން ގެސްޓް ހައުސް މަޝްރޫއު ހިންގަން ހަމަޖައްސާފައިވާ، ލ. ބަރެސްދޫ ތަރައްގީކޮށް ނިންމުމަށް ފަހު، އަންނަ އަހަރު ހުޅުވަން މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ނިންމައިފި އެވެ.
އެމްއެމްޕީއާރުސީން ކުރިން އެކި ފަރާތްތަކަށް ދީގެން ގެސްޓް ހައުސް މަޝްރޫއު ހިންގަން ހަމަޖައްސާފައިވާ، ލ. ބަރެސްދޫ ތަރައްގީކޮށް ނިންމުމަށް ފަހު، އަންނަ އަހަރު ހުޅުވަން މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ނިންމައިފި އެވެ.
ސަރުކާރުން މިދިޔަ އަހަރުގެ ފަހުކޮޅު އުފެއްދި އެމްއައިޓީޑީސީގެ އޮފިޝަލަކު ވިދާޅުވީ ބަރެސްދޫގައި ރެސްޓޯރަންޓްތަކާއި ސްޕާ އާއި އެނޫން ވެސް ބައެއް ތަންތަން އިމާރާތްކުރަން ބަޔަކާ ވަރަށް އަވަހަށް ހަވާލުކުރާނެ ކަމަށެވެ.
"އަޅުގަނޑުމެން ނިންމާފައި ވަނީ އެ ރަށުގެ ރެސްޓޯރަންޓްތަކާއި ސްޕާ އާއި އެނޫން ވެސް ތަންތަން އިމާރާތްކުރުމަށް ފަހު، އެކި ފަރާތްތަކަށް ކުއްޔަށް ދޭން. މި ތަންތަނުގެ މަސައްކަތް ވެސް އަންނަ އަހަރުގެ ތެރޭގައި ނިންމާލެވޭނެ،" އޭނާ ވިދާޅުވި އެވެ.
އެމްއައިޓީޑީސީން ބަރެސްދޫގައި ހިދުމަތް ދޭ ބައެއް ތަންތަން ހަދަން ބަޔަކާ ހަވާލުކުރަން ނިންމިއިރު، އެ ރަށުގެ މަގުތައް ހެދުމުގެ މަސައްކަތް 3.9 މިލިއަން ރުފިޔާ އަށް ހެވީ ފޯސްއާ މިދިޔަ އޮގަސްޓް މަހު ވަނީ ހަވާލުކޮށްފަ އެވެ.
އޮފިޝަލް ވިދާޅުވީ އެ ރަށުން ކުރިން އެކި ބޭނުންތަކަށް ވަރަށް ގިނަ ފަރާތްތަކަށް ބިން ކުއްޔަށްދީފައިވާ ކަމަށެވެ. އަދި ރަށް ހުޅުވުމަށް ފަހު ހިންގާނީ ވެސް އެ ފަރާތްތަކާ ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ބަނދަރު ހަދާ ނިމިފައި އޮތީ. މަގުތައް ހެދުމުގެ މަސައްކަތް ވެސް ފަށާފައި ވަނީ. އިތުރު އެހެން ވެސް އިމާރާތެއްގެ މަސައްކަތް އަދި ނުފަށާ،" އެ އޮފިޝަލް ވިދާޅުވި އެވެ.
ބިންތައް ވަކިވަކިން ވިއްކާ ގޮތަށް ތަރައްގީކުރާ ބަރެސްދޫން 16 ބިމެއް ވިކިފައިވާ ކަމަށް އެމްއެމްޕީއާރުސީން ކުރިން ބުނެފައިވެ އެވެ. އަދި މޫދު ކޮޓަރި ހެދުމަށް ވެސް ތިން ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި މަސައްކަތް އެއްކޮށް ނިމޭއިރު، އެ ރަށުގައި ޖުމްލަ 300 އެނދު ހުންނާނެ ކަމަށް އެ ކުންފުނިން ވަނީ ކުރިން ބުނެފަ އެވެ. ސަރުކާރުން ގެސްޓް ހައުސް ވިޔަފާރި އަށް ވަންނަން މަސައްކަތް ކުރާއިރު، ރާއްޖޭގައި ގެސްޓްހައުސްގެ ވިޔަފާރި އަންނަނީ ވަރަށް ބޮޑަށް ފުޅާވަމުންނެވެ. އެ ގޮތުން، ރާއްޖޭގައި 390 އަށް ވުރެ ގިނަ ގެސްޓްހައުސް މިހާރު ވެސް ހުރިއިރު، ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރަން ރާއްޖެ އަންނަ މީހުންގެ އަދަދު ވަރަށް ބާރަށް އިތުރުވަމުން އަންނަކަން ތަފާސްހިސާބުތަކުން ވެސް ދައްކަ އެވެ.
އެމްއައިޓީޑީސީގެ އެކައުންޓްތައް ފްރީޒްކޮށްފި
އިތުރު އިންޓެގްރޭޓެޑް ރިސޯޓު ޕްރޮޖެކްޓަށް ޝައުގުވެރިވޭ
ބަރެސްދޫން ގެސްޓް ހައުސްއެއް 10،000 ޑޮލަރަށް
ބަރެސްދޫގައި ގެސްޓް ހައުސް ހިންގަން ހުޅުވާލަނީ
ބަރެސްދޫގެ މަގަށް 4 މިލިއަން، 2017 ގައި ނިންމަނީ
ޖޯލި ރިސޯޓުން 77 މިލިއަނަށް ވިލާ ވިއްކަނީ
ޑޮލަރު މާރުކުރުމުގެ ބަދަލުން އާންމުންނަށް ފައިދާކުރާނެ
ޑޮލަރު މާރުކުރުމަށް އެއްވެސް ލުޔެއް ނުދެން: ގަވަރުނަރު
އަންނަ އަހަރު ރިޒާވް 705 މިލިއަން ޑޮލަރަށް އަރާނެ
ޑޮލަރު މާރުކުރާ ގަވައިދު ބަދަލެއް ނުކުރާނަން: ރައީސް