ރައްޔިތުންނާ ގުޅޭ މުހިއްމު ކަންކަމާއި ގައުމީ އެކި މައްސަލަތަކުގައި ރައްޔިތުންގެ ވޯޓަށް އަހައިގެން ކުރިއަށް ދިޔުމަކީ އެންމެ ރަނގަޅު ގޮތް ކަމަށާއި އެއީ ވަރަށް މުހިއްމު ކަމެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ޕީއެންސީގެ މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
08 ޖުލައި 2025
ރައްޔިތުންނާ ގުޅޭ މުހިއްމު ކަންކަމާއި ގައުމީ އެކި މައްސަލަތަކުގައި ރައްޔިތުންގެ ވޯޓަށް އަހައިގެން ކުރިއަށް ދިޔުމަކީ އެންމެ ރަނގަޅު ގޮތް ކަމަށާއި އެއީ ވަރަށް މުހިއްމު ކަމެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ޕީއެންސީގެ މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލަށް މަޖިލިހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަމުން ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިިމް ދީދީ (އައިބީ) ވިދާޅުވީ ރައްޔިތުން ބާރުވެރިކުރުވައި ރައްޔިތުންގެ ކަންކަމުގައި އެ މީހުންގެ ބަސް އެހުމަކީ މުހިއްމު ކަމެއް ކަމަށެވެ.
"ވެރިއަކު ހުރެގެން އެ މީހެއްގެ ބާރުގައި ހިމެނޭ ކަމެއް ރައްޔިތުންނަށް ދޫކޮށްލާފައި ރައްޔިތުންނަށް ފެންނަ ގޮތަކަށް ކަންކަން ނިންމަން ބާރު އެޅުމަށް ގެންނަ މި އިސްލާހަކީ ވަރަށް ރަނގަޅު ކަމެއް ކަމަށް އަޅުގަނޑު ދެކެނީ،" ސަރުކާރުގެ ފަރާތުން އިނގުރައިދޫގެ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލަށް ބަހުސް ކުރައްވަމުން އައިބީ ވިދާޅުވި އެވެ.
އައިބީ ވިދާޅުވީ ރާއްޖެ ކަހަލަ ކުޑަ ގައުމަކަށް ނުކަތާ ވަރަށް ބައެއް ކަންކަން ހިނގާ ކަމަށާއި އެހެންވެ އިސްލާހު ކުރަން ޖެހޭ ކަންކަން އެބަ ހުރި ކަމަށެވެ.
މިސާލެއްގެ ގޮތުގައި އޭނާ ވިދާޅުވީ، ފުލުފުލުގައި އިންތިހާބުތައް ބާއްވާ މައްސަލަ އެވެ. ވިދާޅުވީ އެ ކަމަށް ހައްލެއް ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށެވެ.
"ރާއްޖޭގައި އިންތިހާބުތައް މި އޮންނަނީ ބަރިބަރިއަށް. އެއް އިންތިހާބަށް ފަހު އަނެއް އިންތިހާބު. ރައްޔިތުން މި ތިބެންޖެހެނީ އަބަދުވެސް އިންތިހާބެއްގެ ތެރޭގައި. އެހެންވީމަ މިހާރު ގާނޫނުއަސާސީ މިއޮންނަ ގޮތުން ވެސް އިންތިހާބުގެ ކަންކަމަށް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮސްގެން،" އައިބީ ވިދާޅުވި އެވެ.
ދިއްގަރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް ވިދާޅުވީ، ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ކަންކަމުގައި ގޮތް ނިންމުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނަގާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ނިންމުންތަކަށް ގަދަބަސް ބުނުމަކީ ސިޔާސީ ޕާޓީތަކާއި އާންމު ރައްޔިތުންނަށް އެހާ ފަސޭހަ ކަމެއް ނޫން ކަމަށާއި އެހެންވެ، ރައްޔިތުންގެ ސީދާ ބަހެއް ހޯދޭނެ ގޮތަކީ ފެންނަ ނުފެންނަ ވޯޓުން ކަމަށް އޭނާ ވިދާޅުވި އެވެ.
"މިސާލަކަށް ސްވިޒްލޭންޑް ކަހަލަ އެއް ބަހެއް، އެއް ނަސްލެއް، އެއް ދީނެއް ނެތް ގައުމުތައް އެއް ބައެއްގެ ގޮތުގައި ދެމިއޮތް ސަބަބަކަށް ވެފައި ވަނީ ފެންނަ ނުފެންނަ ވޯޓު. ދެހާސް ބާވީސް ވަނަ އަހަރު އެކަނި ވެސް 11 ފެންނަ ނުފެންނަ ވޯޓު ސްވިޒްލޭންޑުގައި ނެގި،" ނާޒިމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރު ނާޒިމް ވާހަކަ ދައްކަވަނީ.
މިހާރު އަމަލު ކުރަމުން ފެހި ގާނޫނުއަސާސީ ވުޖޫދުވުމުގެ ކުރިން ރާއްޖޭގައި ވެސް ފެންނަ ނުފެންނަ ވޯޓެއް ނެގި އެވެ. އެއީ ރިޔާސީ ނިޒާމެއްތޯ ނުވަތަ ބަރުލަމާނީ ނިޒާމެއްތޯ އެހުމަށް ނެގި ވޯޓެކެވެ.
ނާޒިމް ވިދާޅުވީ ގާނޫނުއަަސާސީގެ ބައެއް މާއްދާތައް ހުރީ ތަޅުލެވިފައި ކަމަށާއި އަސާސީ ހައްގުތަކުގެ ބާބުގައި ހިމެނޭ ބައެއް މާއްދާތަކާއި އާންމުންގެ ދިރިއުޅުމާ ގުޅިފައިވާ ވަރަށް ގިނަ މާއްދާތައް ބިނާވެފައި ހުރީ ގާނޫނުއަސާސީގައި ތަޅުލެވިފައިވާ މާއްދާތަކާ ކަމަށެވެ.
އެހެންވެ، އެ މާއްދާތައް ހުޅުވުމަށް ފެންނަ ނުފެންނަ ވޯޓެއް އެހުމަކީ މުހިއްމު ކަމެއް ކަމަށް ނާޒިމް ވިދާޅުވި އެވެ.
އެ ބިލަށް ބަހުސް ކުރައްވަމުން މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތުގައި ހުށަހެޅި އެންމެ މުހިއްމު ބިލަކީ މިއީ ކަމަށެވެ. އެހެންވެ، ބަހުސް ކުރުކޮށް ވީހާވެސް އަވަަހަށް ބިލު ފާސްކުރަން އޭނާ ގޮވާލި އެވެ.
އެ ބިލް މަޖިލިހަށް ހުށަހަޅާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ މަގާމުގެ ހުވާކުރައްވާ ދުވަސް ނޮވެމްބަރު 17 އިގެ ބަދަލުގައި ނޮވެމްބަރު 11 އަށް ބަދަލުކުރުމާއި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށް ބޭއްވުމުގެ އިތުރުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ކަމަކަށްވާތީ އެވެ.
ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލްގައި، ވޯޓަށް އަހަންޖެހޭ ކަންކަމުގެ ތެރޭގައި ބަޔާންކޮށްފައި ވަނީ ގާނޫނުއަސާސީގައި އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބަޔަށް އިސްލާހު ގެނައުމާއި ރައްޔިތުންގެ މަޖިލީހުގެ އުމުރާ ގުޅޭ ބަދަލުތަކާއި ރިޔާސަތުގެ ދައުރާއި ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރާ ގޮތާއި ރައީސް ބިލްތައް ތަސްދީގުކުރުމާއި ރާއްޖޭގެ ސަރަަހައްދާ ގުޅޭ ކަންކަމުގަ އެވެ.
ރައްޔިތުންގެ ވޯޓަށް އަހަން މަޖިލީހުން ނުވަތަ ރައިސް ނިންމަވާ ހާލަތްތަކުގައި ގަރާރެއް ނެރެންޖެހޭއިރު އެއް މައްސަލައަކަށް ވުރެ ގިނަ މައްސަލައާ ގުޅޭގޮތުން ވޯޓަށް ނެގުމަށް ކަނޑައެޅިދާނެ ކަމަށް ވެސް ބިލްގައި ވެ އެވެ.
ބިލުގައި ބުނީ އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓަށް އެދި ހުށަހަޅާ ތާރީހާއި ވޯޓު ނަގާ ތާރީހާ ދެމެދު މަދުވެގެން 45 ދުވަސް އަދި ގިނަވެގެން ހޭދަވާން ޖެހޭ މުއްދަތަކީ 90 ދުވަސް ކަމަށެވެ.
އުމުރުން 18 އަހަރުވެފައިވާ ކޮންމެ މީހަަކަށް ވެސް ބައިވެރިވެވޭ މި ވޯޓު ކުރިއަށް ގެންދަން ޖެހެނީ ސިއްރު ވޯޓެއްގެ ގޮތުގަ އެވެ.
ހިޔާލުހޯދުމުގެ ވޯޓުނެގުމާގުޅޭ ބިލް ބަަލައިގެނެ ކޮމިޓީއަށް
ހިޔާލު ހޯދުމުގެ ވޯޓުގެ ބިލަކީ ފަހަތަށް އެޅޭ ފިޔަވަޅެއް
ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނަގާ ބިލް މަޖިލިހަށް
ގެއްލުންވާގޮތަށް ހިޔާމަޝްރޫއު ހިންގި މައްސަލަ މަޖިލީހަށް
މޯކޮމް މައްސަަލައިގެ ރިޕޯޓް ވަހީދު ފޮރުވިކަމުގެ ތުހުމަތު
އިންތިޚާބު މިނިވަންވަނީ ކާމިޔާބުވީމައެއް ނޫން:ޝަރީފް
އިދިކޮޅުގެ ނުރުހުން ރިޒާއަށް، ޕީޕީއެމް ދިފާއުގައި
65 އަހަރުގެ އިސްލާހު ބާތިލްކުރަން ހުށަހަޅަނީ
އެންޓި ޑިފެކްޝަން ގާނޫނު އުވާލަން މަޖިލީހުން ފާސްކޮށްފި
މޫސަ މަގާމުން ވަކި ކުރަން ޕީޕީއެމުން ހުށަހަޅަނީ