Roadha Mihaaru

މާފަރު ފަޅުގައި އޮތް ފަރުމުލީގައި ރިސޯޓެއް ތަރައްގީކުރާނެ ބަޔަކު ހޯދަން އިއުލާންކޮށްފި

ނ. މާފަރު ފަޅު ތެރޭގައި އޮންނަ ފަރުމުލީގައި ރިސޯޓެއް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން ޓޫރިޒަމް މިނިސްޓްރީން މިރޭ އިއުލާނުކޮށްފި އެވެ.

ފަރުމުލީގައި ރިސޯޓު ހަދާނެ ބަޔަކު ހޯދަން އިއުލާންކޮށްފި
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

06 ޖުލައި 2025

ނ. މާފަރު ފަޅު ތެރޭގައި އޮންނަ ފަރުމުލީގައި ރިސޯޓެއް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން ޓޫރިޒަމް މިނިސްޓްރީން މިރޭ އިއުލާނުކޮށްފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް ފަރުމުލި ޓޫރިޒަމަށް ހުޅުވާލަން މިއަދު ވަނީ ނ. މާފަރުގެ އިހްތިސޯސް އިން އެ ރަށް ވަކިކުރައްވައިފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން މީގެ އިރުކޮޅެއް ކުރިން ކުރި އިއުލާނުގައި ބުނީ 71.18 ހެކްޓަރުގެ ފަޅުގެ ސަރަހައްދަކާ އެކު 15 ހެކްޓަރަށް ވުރެ ބޮޑު ނޫން ރަށެއް ފަރުމުލީގައި ހިއްކަން ބޭނުންވާ ކަމަށެެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ސާފުކޮށްދޭން ވާޗުއަލްކޮށް ދެ ބައްދަލުވުމެއް ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ. ފުރަތަމަ ބައްދަލުވުން އޮތީ، މި މަހު 21 ވަނަ ދުވަހުގެ ހެނދުނު 10:00 ގަ އެވެ. ދެވަނަ ބައްދަލުވުން، އޮންނާނީ އޮގަސްޓް 18 ވަނަ ދުވަހު ހެނދުނު 10:00 ގަ އެވެ.

އެ ދެ ބައްދަލުވުމަށް ފަހު، ބީލަން ހުށަހަޅަން ޖެހޭނީ މިނިސްޓްރީއަށް ހާޒިރުވެ އެވެ.

އެ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ އެއް ދުވަސްކުރިން ބައިވެރިވާ ފަރާތުގެ ނަމާއި އީމެއިލް އެޑްރެހާއި ފޯނު ނަމްބަރު މިނިސްޓްރީއަށް އީމެއިލް ކުރަންޖެހެ އެވެ.

އެ ބީލަން ހުށަހަޅަން ހުޅުވާލާފައިވާ މުއްދަތަކީ އަންނަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ހެނދުނު 10:00 އެވެ.

އެކަމަށް އެދޭ އެޕްލިކޭޝަން ފޯމު މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ އެވެ. ބީލަން ފޮތް ދޫކުރަނީ މިނިސްޓްރީންނެވެ.

ފަރުމުލީގައި ރިސޯޓެއް ހަދައި މާފަރާއި ނ. އަތޮޅަށް އިގްތިސާދީ ކުރިއެރުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ. މި ސަރުކާރުން ފަރުމުލި، މާފަރުގެ އިހްތިސާސްގައި ނުހިމެނޭ ރަށެއްގެ ގޮތުގައި ކަނޑައަޅާފައި މިވަނީ ރައްޔިތުންނާ މަޝްވަރާކޮށް ހިޔާލު ވެސް ހޯދައިގެންނެވެ.