ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަކިކުރުމާ ގުޅޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ދިރާސާކުރަމުން ދަނިކޮށް، ކޮމިޓީއަށް ބަދަލު ގެނެސްފި އެވެ.
07 މެއި 2025
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަކިކުރުމާ ގުޅޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ދިރާސާކުރަމުން ދަނިކޮށް، ކޮމިޓީއަށް ބަދަލު ގެނެސްފި އެވެ.
މަޖިލީހުގެ ރިޔާސަތުން މިއަދު އިއުލާން ކުރެއްވި ގޮތުގައި ކޮމިޓީގައި ޕީއެންސީއަށް ލިބިފައިވާ ސްލޮޓްތަކުގެ ތެރެއިން އެއް ސްލޮޓްގައި އިންނެވި މެންބަރު ވަނީ ބަދަލުކޮށްފަ އެވެ. އެއީ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރެވެ. އޭނާގެ ބަދަލުގައި ކޮމިޓީއަށް އަލަށް އައްޔަން ކޮށްފައިވަނީ ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ އެވެ.
މި ބަދަލު ގެނައި ސަބަބެއް ނޭނގެ އެވެ. ކޮމިޓީތަކުގައި ތިއްބަވާ މެންބަރުންނަށް ދޭތެރެދޭތެރެއިން ބަދަލު ގެނެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ގިނަ ކޮމިޓީތަކެއްގެ ބައްދަލުވުން މިއަދަށް ތާވަލުކޮށްފައިވީ ނަމަވެސް، ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއް މިއަދަކު ނެތެވެ. އިއްޔެ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުން ހެނދުނު 11:00 އަށް ތާވަލުކުރި އެވެ. އެކަމަކު، އެ ބައްދަލުވުން ފަހުން މެންދުރު 1:00 އަށް ބަދަލުކުރި އެވެ. ނަމަވެސް އެ ބައްދަލުވުން ފަހުން ކެންސަލްކޮށްފައިވާ ކަމަށް މަޖިލީހުގެ އިދާރާ އިން ބުންޏެވެ. އެކަމަކު، ބައްދަލުވުން ކެންސަލްކުރި ސަބަބެއް ނުބުނެ އެވެ.
ޖުޑިޝަރީ ކޮމިޓީގައި މި ވަގުތު އޮތީ ފަނޑިޔާރުން ވަކިކުރުމަށް ނިންމާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފޮނުވާފައިވާ ރިޕޯޓް ދިރާސާކުރުމެވެ. އެ ކޮމިޓީން ނިންމާފައިވަނީ އެ ރިޕޯޓް މެންބަރުން ދިރާސާކުރުމަށް ފަހު، ކޮމިޓީއަށް އެއްވެސް ފަރާތެއް ހާޒިރުކުރަން ފެންނަ ނަަމަ، އެކަން ކުރާށެވެ.
ސުލޫކީ މައްސަލަ ބަލާފައިވަނީ އުސޫލުތަކާ ހިލާފަށް ކަމަށް ވިދާޅުވެ، އެކަމާ ގުޅޭ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމުގެ ފުރުސަތެއް ދެއްވުމަށް ދެ ފަނޑިޔާރުން ވެސް ވަނީ އެދިވަޑައިގެންފި އެވެ. އަދި ކަންބޮޑުވުންތައް ހިއްސާކުރަން ބާ ކައުންސިލުން ވެސް ވަނީ ކޮމިޓީ އަށް ހާޒިރުވުމުގެ ފުރުސަތަކަށް އެދިފަ އެވެ.
ޖޭއެސްސީގެ ރިޕޯޓުގައި ކޮމިޓީން ކަނޑައަޅާފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒުއާ ބައިވެރިވެވަޑައިގެން އަަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ބަންދުން ދޫކޮށްލުމަށްޓަކައި ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް، ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީ އަށް ނުފޫޒު ފޯރުވިކަން ސާބިތުވާ ކަމަށެވެ. އެހެންވެ، އެއީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށް ނިންމައި، ފަނޑިޔާރު އަޒްމިރަލްދާ އަދި މަހާޒު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން މައްސަލަ ބެލި ކޮމިޓީން ނިންމި އެވެ.
ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ އެކަމަށް އެދި ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން މަޖިލިހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ. މީގެ ކުރިން ވެސް ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން މިގޮތަށް މަޖިލީހުން ވަކިކޮށްފައި ވެ އެވެ.
ފަނޑިޔާރުންގެ މައްސަލައިގެ އިޖުރާއީ ގޯހެއް ނެތް:ކޮމިޓީ
ފަނޑިޔާރުންގެ މައްސަލައިގެ ބަހުސަށް ޖުމްލަ ދެ ގަޑިއިރު
ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށްފި
ފަނޑިޔާރުންގެ މައްސަލަ ތަޅުމަށް ފޮނުވައިފި
ފަނޑިޔާރުންގެ މައްސަލަ ގާނޫނާ ހިލާފު: ފިލްޒާ
ފަނޑިޔާރުންގެ މައްސަލަ ބަލާ މަޖިލީހުގެ ކޮމިޓީ ސިއްރު
އުސޫލުން ބޭރުން ފިޔަވަޅު ނާޅަން ސީއެލްއޭއިން ގޮވާލައިފި
އަޒްމިރަލްދާ ހާޒިރުނުކުރަން ކޮމިޓީން ފާސްކޮށްފި
ޖުޑީޝަރީ ކޮމިޓީ ކުރިން ވެސް އޮތް ގޮތަށް ބަދަލުކޮށްފި
ނެޗުރަލް ޖަސްޓިސް: ކޮންމެ މީހަކާ މެދު އަދުލުވެރިވުން!