އައިކެއާގެ އައުޓްލެޓެއް ލ. ގަމުގައި ހުޅުވައިފި އެވެ.
23 ފެބުރުއަރީ 2025
އައިކެއާގެ އައުޓްލެޓެއް ލ. ގަމުގައި ހުޅުވައިފި އެވެ.
އައިކެއާއިން ގަމުގައި ހުޅުވި އައުޓްލެޓުން ފުރިހަމައަށް އޮޕްޓިކަލް ހިދުމަތްތަކާއި ފުޅާ ރޭންޖެއްގެ ސްޓައިލިޝް އައިނުތައް ލިބޭނެ އެވެ. އަދި އެތަނުން ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތަކުގެ ނަންބަރު އައިނާއި އަވިއައިނު އަދި ފްރޭމްތަކާއި ފެންވަރު ރަނގަޅު ކޮންޓެކްޓް ލެންސް އަދި ކަސްޓަމައިޒްޑް އޮޕްޓިކަލް ސޮލިއުޝަންސް ވެސް ލިބޭނެ އެވެ.
އައިކެއާއިން ބުނީ ގަމުގައި އައުޓްލެޓެއް ހުޅުވީ 'ކޮމްޕްރެހެންސިވް އޮޕްޓިކަލް ކެއާ'އަށް އޮތް ޑިމާންޑް އިތުރުވަމުންދާތީ އެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ. އަދި އެތަނަކީ އެ ރަށުގެ ރައްޔިތުންނަށް އިތުބާރު ހުރި، ޒަމާނީ އައިނު ފަސޭހަކަމާ އެކު ލިބޭނެ ގޮތް މަގުފަހި ކޮށްދިނުމުގެ ގޮތުން ހުޅުވި ތަނެއް ކަމަށް އައިކެއާއިން ބުންޏެވެ.
ލ. ގަމުގައި އައުޓްލެޓް ހުޅުވީ ހާއްސަ ޕްރޮމޯޝަނަކާ އެކު އެވެ. އެ ޕްރޮމޯޝަނުގައި ފިހާރަ ހުޅުވުމާ ގުޅިގެން އަވި އައިނާއި ނަންބަރު އައިނުން 30 ޕަސެންޓުގެ ޑިސްކައުންޓު އަންނަ މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް ލިބޭނެ އެވެ.
އައިކެއާގެ އާ އައުޓްލެޓާއި އެކު ލޯ ސްކްރީން ކުރުމުގެ ޕްރޮގްރާމެއް ވެސް މިއަދު ވަނީ ފަށައިފަ އެވެ. އެ ޕްރޮގުރާމް ކުރިއަށް ދާނީ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.
އައިކެއާގެ އަމާޒަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮޕްޓިކަލް ކެއާގެ އާ މިންގަނޑުތަކެއް ކަނޑައަޅައި، އާންމުންގެ ސިއްހީ ދުޅަހެޔޮކަން ގާއިމްކޮށް ދިނުން ކަމަށް ބުންޏެވެ.
އައިކެއާ އިން ދާދި ފަހުން ވަނީ ރ. އުނގޫފާރުގައި ވެސް އައުޓްލެޓެއް ހުޅުވައިފަ އެވެ.
ސްކޫލް ބަންދާ ދިމާކޮށް އައިކެއާއިން ހާއްސަ ޑިސްކައުންޓު
ދަރިފުޅަށް އައިނު ހެއްދުމުގައި ވިސްނަންވީ ކަންތައްތައް
"ސަނީ ސަޓަޑޭ" ޕްރޮމޯޝަން އަންނަ ހޮނިހިރު ދުވަހު
އައިކެއާއިން އަހަރީ ދުވަހަށް ހާއްސަ އޮފާތަކެއް
ލޮލުގެ ފަރުވާތައް ދިނުމުގައި އައިކެއާ ދެވަނައެއް ނެތް!
އައިކެއާ ސުކޫކު: ދެވަނަ ފަހަރަށް ފައިދާ ބަހައިފި
އައިކެއާގެ އައުޓްލެޓެއް އުނގޫފާރަށް