ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ޗައިނާ މީހަކު ހައްޔަރުކޮށްފި އެވެ.
19 ފެބުރުއަރީ 2025
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ޗައިނާ މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 33 އަހަރުގެ ޗައިނާ ފިރިހެނެކެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފަ އެވެ.
އޭނާއަށް ތުހުމަތު ކުރަނީ ރާއްޖެއަށް ޑްރަގް އެތެރެކޮށް ބޭނުންކޮށް އެ ތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަތެވެ.
އޭނާގެ ބަންދު އަމުރުގައިވާ ގޮތުން އޭނާ ރާއްޖެއިން ބޭރުން އައިރު ގެނައި ފޮށިގަނޑެއްގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަނީ ފެނިފަ އެވެ. ވަގުތީ ނަތީޖާ އިން އެއީ، މަސްތުވާތަކެތި ކަމަށް ދައްކާ ކަމަށް ފުލުހުން ވަނީ ކޯޓުގައި ބުނެފަ އެވެ.
އޭނާ ބަންދުގައި ބަހައްޓަން ނިންމީ ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އޭނާ ބައިވެރިވެފައިވާތީ، ބަންދުން ދޫވެއްޖެ ނަމަ މުޖުތަމައަށް ނުރައްކަލެއް އޮތް ކަމަށް ފެންނާތީ ކަމަށް ބަންދު އަމުރުގައިވެ އެވެ.
24 ކިލޯ ޑްރަގް އެތެރެކުރި ދެ މީހުން އުމުރަށް ޖަލަށް
ޑްރަގް އެތެރެކުރި ދެ މީހަކު 10 އަހަރަށް ޖަލަށް
ދިރުވާލައިގެން ޑްރަގް އެތެރެކުރި މީހަކު އުމުރަށް ޖަލަށް
ޑްރަގްގެ ބޮޑު ޝަރީއަތް: ދައުލަތަށް ކާމިޔާބު ވާނެތަ؟
އެންމެ ބޮޑު ޑްރަގް މައްސަލައިގެ އަޑުއެހުންތައް ނިމިއްޖެ
ބޮކްސާތެރެއަށް ލައިގެން ޑްރަގް އެތެރެކުރަނިކޮށް ހައްޔަރު
ޑްރަގާއެކު އަތުލައިގަތް ނެދަލެންޑްސް މީހާ ބަންދަށް
ސިފްކޯ ފްލެޓަކުން ޑްރަގު ފެނިގެން މީހަކު ހައްޔަރުކޮށްފި
ޑްރަގް ވިޔަފާރިކުރުމުގެ ތުހުމަތަށް ތިން މީހަކު ހައްޔަރު
ޑްރަގް އޮޕަރޭޝަނުގައި ހައްޔަރުކުރި 7މީހުން ދޫކޮށްލައިފި