08 މާޗް 2017
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިންޑިއާ އަށް މިއަދު ފުރާވަަޑައިގަންނަވަން ސެކިއުރިޓީ އަށް އެދިވަޑައިގަތުމުން އެމްއެންޑީއެފުން އެކަން ހަމަޖައްސައިނުދިނުމުގެ ސަބަބުން ސެކިއުރިޓީއަކާ ނުލައި ފުރާވަޑައިގަންނަވަން ޖެހިއްޖެ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިންޑިއާ އަށް މިއަދު ފުރާވަަޑައިގަންނަވަން ސެކިއުރިޓީ އަށް އެދިވަޑައިގަތުމުން އެމްއެންޑީއެފުން އެކަން ހަމަޖައްސައިނުދިނުމުގެ ސަބަބުން ސެކިއުރިޓީއަކާ ނުލައި ފުރާވަޑައިގަންނަވަން ޖެހިއްޖެ އެވެ.
މައުމޫނާ އެކު ދެ ސެކިއުރިޓީއަކު އިންޑިއާ އަށް ފުރާ ގޮތަށް ހަމަޖައްސައިދިނުމަށް އެމަނިކުފާނު އެދިވަޑައިގަތުމުން އެކަން އެމްއެންޑީއެފުން މަނާކުރި ސީދާ ސަބަބެއް އަދިއެއް ނޭނގެ އެވެ.
އަމިއްލަ ދަތުރުފުޅެއްގައި މައުމޫންގެ ދެކަނބަލުންނާ އެކު ފުރުމަށް ނިންމި ދެ ސެކިއުރިޓީން ނުފުރައި، އަނބުރާ މާލެ އަންނަން އެމްއެންޑީއެފުން އެންގީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޗެކިން ވެސް ކުރި ފަހުން ކަން އެނގިފައިވެ އެވެ.
މިކަމާ ގުޅިގެން އެންއެންޑީއެފުން ވާހަކައެއް ނުދެއްކި އެވެ. އެތަނުގެ މީޑިއާ އޮފިސަރު، މޭޖާ އަދުނާން މުހައްމަދު ވިދާޅުވީ ސެކިއުރިޓީއާ ގުޅޭ ގޮތުން މީޑިއާތަކަށް ކޮމެންޓް ނުކުރައްވާ ކަމަށެވެ.
ޕީޕީއެމްގެ މައުމޫން ފެކްޝަންގެ އިސްބޭފުޅަކު ވިދާޅުވި ގޮތުގައި، މައުމޫނާ އެކު އެމަނިކުފާނުގެ ބޮޑީގާޑުން ފުރުން ކުއްލި ގޮތަކަށް މަނާކުރީ، ލިޔުމުން ރަސްމީކޮށް އެމްއެންޑީއެފްގައި އެދިފައި ނުވާތީ ކަމަށް ބުނެ އެވެ. އެކަމަކު އެމަނިކުފާނު ފުރާވަޑައިގަންނަވާ އެއްވެސް ފަހަރަކު ސެކިއުރިޓީ ހަމަޖައްސައިދިނުމަށް އެދި ރަސްމީކޮށް ލިޔުމުން ހުށަނާޅާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ވަރަށް ފަހުން މެލޭޝިއާ އަށް ވެސް ވަޑައިގަތީ. އެ ފަހަރު ވެސް ލިޔުމުން ހުށައެއް ނާޅާ. އެކަމަކު މިއަދު ކުއްލި ގޮތަކަށް، ސެކިއުރިޓީން ޗެކިން ވެސް ކުރި ފަހުން މި އެންގީ ނުފުރަން،" އޮފިޝަލް ވިދާޅުވި އެވެ.
ކުރީގެ ރައީސުންނަށް ރައްކާތެރިކަން ދޭ ގާނޫނުގެ ދަށުން ސެކިއުރިޓީ ހަމަޖައްސައިދޭން އެމްއެންޑީއެފްގެ މައްޗަށް އޮންނަނީ ލާޒިމްކޮށްފަ އެވެ.
ފިނޭންސް މިނިސްޓްރީން މިދިޔަ އަހަރު ފަހުކޮޅު އެކުލަވާލި އުސޫލުގެ ދަށުން ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތައް ކުޑަކޮށްފައިވީ ނަމަވެސް ސެކިއުރިޓީ އުސޫލްތަކަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ.
ދޭން އުޅޭ ހަމަލާގެ ތަފްސީލަށް މައުމޫން އެދިވަޑައިގެންފި
މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ވަރުގަދަކޮށްފި
މައުމޫންގެ ސެކިއުރިޓީ ހުއްޓައެއް ނުލާ: އެމްއެންޑީއެފް
އެމްއެންޑީއެފުން މައުމޫންގެ ސެކިއުރިޓީ ދަށްކޮށްފި
ސިފައިން އެރި މައްސަލާގައި ފިޔަވަޅުތައް އަޅާނެ: ތޯރިގު
ޔޫޓީއެފް މައްސަލާގައި ޑިފެންސުން ޔާމީނަށް ރައްދު ދީފި
ރާއްޖެއިން އިންޓެލް ހޯދަނީ އިންޑިއާއިން އެކަނި: ޔާމީން
އިންޑިއާ ސިފައިން ޖެހޭނީ މި ގައުމުން ފައިބަން: ޔާމީން
ނޮވެމްބަރު 3ގެ އަނެއް ފަރާތް: އޮޕަރޭޝަން ކެކްޓަސް 1
ދިވެހި ސިފައިން ޑޯނިއާ ނުދުއްވާ ސަބަބު ހާމަކުރަނީ