Roadha Mihaaru
އެމްފައިސާގެ ޓާމްސް އެންޑް ކޮންޑިޝަނަށް ބަދަލުތަކެއް

އެމްފައިސާގެ ޓާމްސް އެންޑް ކޮންޑިޝަނަށް ބަދަލުތަކެއް

03 ޑިސެމްބަރ 2024

އުރީދޫން އެމްފައިސާ އެޕްގެ ޓާމްސް އެންޑް ކޮންޑިޝަން އަޕްޑޭޓްކޮށް، މިއަދު އިއުލާނުކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އުރީދޫން އެމްފައިސާ އެޕްގެ ޓާމްސް އެންޑް ކޮންޑިޝަން އަޕްޑޭޓްކޮށް، މިއަދު އިއުލާނުކޮށްފި އެވެ.

އެ އިއުލާނުގައި ވަނީ، ޓާމްސް އެންޑް ކޮންޑިޝަން އަށް ގެނައި އަޕްޑޭޓްތަކާ އެކު، ހިދުމަތް ބޭނުން ނުވާ ކަސްޓަމަރުން މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން އެކައުންޓް ދޫކޮށްލަން އެވެ. އަދި 15 ވަނަ ދުވަހުގެ ނިޔަލަށް އެކައުންޓު ދޫނުކުރާ ކަސްޓަމަރުން އާ ޓާމްސް އެންޑް ކޮންޑިޝަންތައް ބަލައިގެންފައިވާ ކަމަށް ކަނޑައަޅާނެ ކަމަށް ބުންޏެވެ.

އެމްފައިސާގެ އަޕްޑޭޓު ކޮށްފައިވާ ޓާމްސް އެންޑް ކޮންޑިޝަންތައް ބަލައިގަންނަން ބޭނުން ނުވާ ކަސްޓަމަރުން އެމް-ފައިސާ ވޮލެޓަށް ލޮގިންކޮށް މައި އެކަންޓަށް ގޮދް، މެނޭޖް ޕްރޮފައިލްއަށް ދިއުމުން އެކައުންޓު ރިމޫވް ކުރަންވީ އޮޕްޝަން ފެންނާނެ އެވެ. އެކައުންޓް ދޫކޮށްލުމުގެ ކުރިން އެކައުންޓުގައި އެއްވެސް ވަރަކަށް ފައިސާ ހުރިތޯ ޗެކު ކުރަން ވާނެ އެވެ.

އުރީދޫން ބުނީ އެކައުންޓު ދޫކޮށްލުމުގައި ކަސްޓަމާ ސާވިސްގެ އެހީތެރިކަން 929 އިން ލިބޭނެ ކަމަށެވެ.