Roadha Mihaaru
ކަނޑުތައް ގަދަވެ، މުޅި ރާއްޖެއަށް މޫސުން ގޯސް!

ކަނޑުތައް ގަދަވެ، މުޅި ރާއްޖެއަށް މޫސުން ގޯސް!

30 ނޮވެމްބަރ 2024

ކަނޑު ގަދަވެ، ވިއްސާރަ ވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ވައިޓް އެލާޓު ނެރެފި އެވެ.

ކަނޑު ގަދަވެ، ވިއްސާރަ ވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ވައިޓް އެލާޓު ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓުން ނެރުނު އެލާޓްގައި ވަނީ މިއަދު އިރު އޮއްސުމާ ހަމައަށް ގަޑިއަކު 19 މޭލާއި 24 ދެމެދު އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ޖެހޭނެ ކަމަށް ލަފާކޮށްފަ އެވެ.

އަދި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް، ކަނޑު ދަތުރުކުރުމުގައި ސަމާލުވުމަށް ވެސް މެޓުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މެޓުން ލަފާކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ދެ ދުވަހު ވެސް ރާއްޖެއަށް މޫސުން ގޯސްވާނެ އެވެ. އެންމެ ބޮޑަށް ގޯސްވާނެ ކަމަށް ލަފާކޮށްފައި ވަނީ ދެކުނުގެ އަތޮޅުތަކަށެވެ.

ރާއްޖެއަށް މޫސުން ގޯސްވެފައިވަނީ ރާއްޖޭގެ އިރުން ބޭ އޮފް ބެންގަލްގައި އުފެދިފައިވާ ކޮޅިގަނޑާއި ރާއްޖެއާ ދުރުން، ރާއްޖޭގެ އިރުދެކުނުގައި ވެސް ކޮޅިގަނޑުގެ ސަބަބުން ކަމަށް މެޓުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

ބޭ އޮފް ބެންގަލް ކައިރީގައި އުފެދުނު ކޮޅިގަނޑުގެ ބާރުގަދަވެ، މިހާރު ވަނީ ތޫފާނެއްގެ ދަރަޖައަށް ބާރު ގަދަވެފަ އެވެ.

މިއީ، އާންމުކޮށް ރާއްޖެއަށް އިރުވައި މޫސުން ފެށެން، ދެ މޫސުން ބެދޭ ދުވަސްވަރެވެ. އެހެންވެ، މި ދުވަސްވަރު އާންމު ގޮތެއްގައި ކަނޑުތައް ގަދަވެ، ވިއްސާރަކުރެ އެވެ. ރާއްޖެއަށް އިރުވައި މޫސުން ފެށޭނީ އަންނަ މަހު އެވެ.