Roadha Mihaaru
މެލޭޝިއާގެ ޗިޕް ސިނާއަތަށް ޕާކިސްތާނުގެ ޝައުގުވެރިކަން

މެލޭޝިއާގެ ޗިޕް އިންޑަސްޓްރީއަށް ޕާކިސްތާނުގެ ޝައުގުވެރިކަން

21 ނޮވެމްބަރ 2024

ކުއާލަލަމްޕޫރު (ނޮވެމްބަރު 21) – މެލޭޝިއާގައި ފުޅާވަމުން އަންނަ ޗިޕް އުފެއްދުމުގެ އިންޑަސްޓްރީ އަށް ޕާކިސްތާނު އިންވެސްޓަރުންގެ ޝައުގުވެރިކަން ބޮޑުވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ކުއާލަލަމްޕޫރު (ނޮވެމްބަރު 21) – މެލޭޝިއާގައި ފުޅާވަމުން އަންނަ ޗިޕް އުފެއްދުމުގެ އިންޑަސްޓްރީ އަށް ޕާކިސްތާނު އިންވެސްޓަރުންގެ ޝައުގުވެރިކަން ބޮޑުވެއްޖެ އެވެ.

މެލޭޝިއާގެ ބޮޑުވަޒީރު، އަންވަރު އިބްރާހިމް މިދިޔަ މަހު ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުގައި ބޭއްވި ވިޔާފާރީގެ މަޝްވަރާތަކުގެ މުހިންމު އެއް މައުޟޫއަކީ މެލޭޝިއާގައި އުފައްދާ ސެމީ ކޮންޑަކްޓާ ޗިޕްގެ އިންޑަސްޓްރީ އެވެ.

މެލޭޝިއާއިން ޕާކިސްތާނަށް ކަނޑައަޅާފައިވާ ސަފީރު މުހައްމަދު އަޒްހަރު މަޒްލާން ވިދާޅުވީ ޗިޕް އުފެއްދުމުގެ މައި އެއް ހަބަށް ވުމަށް މެލޭޝިއާއިން ކުރަމުން އަންނަ މަސައްކަތުގައި އިންވެސްޓް ކުރަން ޕާކިސްތާނުގެ އިންވެސްޓަރުން ޝައުގުވެރިވާ ކަމަށެވެ.

މެލޭޝިއާގެ އެމްބަސީން މި މަހު ބޭއްވި ރޭގަނޑުގެ ޖާފަތުގައި ޕާކިސްތާނުގެ 50 ވިޔަފާރިވެރިއަކު ބައިވެރިވި އެވެ.

ސަފީރު ވިދާޅުވީ މެލޭޝިއާ މެދުވެރިކޮށް އާސިއާންގެ ގައުމުތަކަށް މުދާ އެކްސްޕޯޓް ކުރުމުގެ ފުރުސަތު ޕާކިސްތާނަށް ފަހިކޮށް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެ ދައުވަތު ޕާކިސްތާނުގެ އެކި އިންޑަސްޓްރީތަކަށް ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އާސިއާންގެ މާކެޓަކީ 680 މިލިއަން މީހުންގެ މާކެޓެއް. ޕާކިސްތާނުގެ އެކި އިންޑަސްޓްރީތަކަށް މެލޭޝިއާ މެދުވެރިކޮށް އެ މާކެޓަށް ޕާކިސްތާނުގެ އުފެއްދުންތައް އެކްސްޕޯޓް ކުރުމުގެ ފުރުސަތު ފަހިވެގެންދާނެ،" ސަފީރު އަޒްހަރު މަޒްލާން ވިދާޅުވި އެވެ.

ޕާކިސްތާނާއި މެލޭޝިއާއާ ދެމެދު އޮތް ވިޔާފާރީގެ ގުޅުމުގެ ތެރެއިން، 200 މިލިއަން ޑޮލަރުގެ ހަލާލް މީޓާއި ބާސްމަތީ ހަނޑޫ ޕާކިސްތާނުން ގަތުމަށް މެލޭޝިއާއިން ވަނީ ނިންމައިފަ އެވެ.