17 ނޮވެމްބަރ 2024
އެމްއައިބީން މި މަހު ތައާރަފްކުރި "ފައިސާ ވެއާ" އަނގޮޓި އެ ބެންކުގެ ބިޒްނަސް ސެންޓަރުން މިހާރު ގަންނަން ލިބޭނެ އެވެ.
އެމްއައިބީން މި މަހު ތައާރަފްކުރި "ފައިސާ ވެއާ" އަނގޮޓި އެ ބެންކުގެ ބިޒްނަސް ސެންޓަރުން މިހާރު ގަންނަން ލިބޭނެ އެވެ.
އެ ބެންކުން ބުނި ގޮތުގައި "ފައިސާ ވެއާ" އަނގޮޓި ގަންނަ ކަސްޓަމަރުންނަށް އެ އަނގޮޓި އެކްޓިވޭޓުކޮށް ވަގުތުން ބޭނުން ކުރެވޭ ގޮތަށް ހަވާލުކުރާނެ އެވެ. އެ ތަނުގައި ކަސްޓަމަރުންނަށް "ފައިސާ ވެއާ" ގެ އެކި ސައިޒުތަކާއި ހަތަރު ޑިޒައިނެއްގެ އަނގޮޓި ހުންނާނެ އެވެ.
މިއީ އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި، ތަރައްގީވެ ކުރިއަރާފައިވާ ގައުމުތަކުން ވެސް ބޭނުންކުރާ އީޖާދެކެވެ. އެމްއައިބީން ރާއްޖޭގައި އަލަށް ތައާރަފްކުރި މި ޕްރޮޑަކްޓު ފަރުމާކޮށްފައި ވަނީ އެލާޖިކް ނުވާނެ ސެރަމިކް މެޓީރިއަލް ބޭނުންކޮށްގެންނެވެ. ދިގު މުއްދަތަކަށް ބޭނުން ކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ މި އަނގޮޓި ތިން އަހަރު ދުވަސްވަންދެން ބޭނުން ކުރެވޭނެ އެވެ.
ސްޓައިލިޝް ޑިޒައިންތަކަކަށް ފަރުމާކޮށް ނެރެފައިވާ މި އަނގޮޓި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ ގޮތުން އެމްއައިބީއިން މިދިޔަ ހަފްތާގެ ތެރޭގައި ހާއްސަ ހަރަކާތްތަކެއް އެ ބެންކުގެ ބްރާންޗުތައް ހުރި އެކި ރަށްރަށުގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މި ހަރަކާތް މެދުވެރިކޮށް އައްޑޫ, ފުވައްމުލައް, ހދ. ކުޅުދުއްފުށި, ބ. އޭދަފުށި އަދި ގދ. ތިނަދޫގައި ކަސްޓަމަރުންނަށް ވަނީ މި އަނގޮޓި ފޯރުކޮށްދީފަ އެވެ.
އެމްއައިބީގެ "ފައިސާ ވެއާ" އަނގޮޓި ކޭޝް ކާޑު މެޝިންތަކުގައި ޓެޕް ކޮށްލައިގެން ފައިސާ ދެއްކޭނެ އެވެ. މިއީ ހުރިހާ މޫސުމަކާ ގުޅޭ، ދަލާއި ފެން ޖެހުނަސް ގެއްލުން ނުވާނެ ގޮތަށް ޑިޒައިން ކޮށްފައިވާ އަނގޮޓި އެކެވެ. މިއީ ކަސްޓަމަރުންނަށް ފޯނާއި ވޮލެޓާއި ނެތް ވަގުތެއްގައި ވެސް ފައިސާގެ މުއާމަލާތްތައް ކުރެވޭނެކަން ކަށަވަރުކޮށްދިނުމުގެ ގޮތުން އެ ބެންކުން ތައާރަފްކުރި ޕްރޮޑަކްޓެކެވެ.
ސައިބާ އެކްސްޕޯގެ ބޭންކިން ޕާޓްނަރަކީ އެމްއައިބީ
އެމްއައިބީގެ ސާވިސް ސެންޓަރެއް ދިއްދޫގައި ހުޅުވައިފި
އިސްލާމިކް ފައިނޭންސް އެންޓިޓީ އެވޯޑު އެމްއައިބީއަށް
"އެޕްލައި ނައު" ޕޯޓަލްއަށް ބައިނަލްއަގުވާމީ އެވޯޑެއް
އެމްއައިބީން ކުޑަގިރީގައި 1000 ގަސް އިންދައިފި
މީހުން ދިރިއުޅޭ 19 ރަށެއްގައި އެމްއައިބީގެ އޭޓީއެމް
އެމްއައިބީއަށް 82 މިލިއަން ރުފިޔާގެ ފައިދާ
އެމްއައިބީ އިން ބޭންކިން ދާއިރާގައި އާ މިސްރާބަކަށް
ހަވާ އެރުވުމާ އެކު އެމްއައިބީގެ އިވެންޓެއް ހުކުރުދުވަހު
ގެސްޓް ހައުސް ސިމްޕޯޒިއަމް ކޮންމެ އަހަރަކު ބާއްވަނީ