18 ސެޕްޓެމްބަރ 2024
އެފްއޭއެމުން ގެއްލުނު ފައިސާ އަނބުރައި ހޯދުމުގެ މަސައްކަތުގައި ބޭނުންވާ ލިޔެކިޔުންތައް ދޫކޮށްދިނުމަށް ފުލުހުންގެ ކިބައިން ނޯމަލައިޒޭޝަން ކޮމިޓީން އެދިއްޖެ އެވެ.
އެފްއޭއެމުން ގެއްލުނު ފައިސާ އަނބުރައި ހޯދުމުގެ މަސައްކަތުގައި ބޭނުންވާ ލިޔެކިޔުންތައް ދޫކޮށްދިނުމަށް ފުލުހުންގެ ކިބައިން ނޯމަލައިޒޭޝަން ކޮމިޓީން އެދިއްޖެ އެވެ.
އެފްއޭއެމްގެ ހާލަތު ހަމަޔަކަށް އަޅުވަން ފަސް މެންބަރުންގެ ކޮމިޓީއެއް އައްޔަން ކުރުމަށް ފަހު، ފީފާއިން އެ ކޮމިޓީއާ ހަވާލު ކުރި އެންމެ ބޮޑު މަސައްކަތަކީ ހިޔާނާތާއި މަނީ ލޯންޑާކުރުމުގެ ތުހުމަތު އަމާޒުވެފައިވާ އެސޯސިއޭޝަނުން ގެއްލުނު ފައިސާ އަލުން އަނބުރައި ހޯދުމެވެ.
އެ ކޮމިޓީން އިސްވެ މައުލޫމާތު ހާމަކުރަން މިއަދު ބޭއްވި ބްރީފިންގައި، ކޮމިޓީގެ މެންބަރު އިސްމާއީލް ސިމަން ވިދާޅުވީ އެ މަސައްކަތަށް ބޭނުންވާ ލިޔެކިޔުންތައް ބަލައި ދިރާސާ ކުރުމަށް ފަހު އެކަމާ ބެހޭގޮތުން ކުރިއަށްދާނެ ގޮތް ނިންމާނެ ކަމަށެވެ.
މިއަދުގެ ބްރީފިންގައި، ކޮމިޓީގެ ޗެއާޕާސަން އަހްމަދު ޒުހޫރު ވިދާޅުވީ ނޯމަލައިޒޭޝަން ކޮމިޓީން އެފްއޭއެމާ ހަވާލުވި އިރު އެއްވެސް ލިޔެކިޔުމެއް ފެންނާން ނެތް ކަމަށެވެ.
ފީފާ އާއި އޭއެފްސީން ދިން ފައިސާއިން އެ އެސޯސިއޭޝަނުގެ ކުރީގެ ވެރިން ހިޔާނާތްތެރިވާ ކަމުގެ ތުހުމުގައި ދެ ފަހަރެއްގެ މަތިން އެފްއޭއެމްގެ ދެ އޮފީހެއް ރެއިޑް ކުރުމަށް ފަހު ފުލުހުން ލިޔެކިޔުންތަކެއް ގެންދިޔަ އެވެ.
އެހެންވެ އެ ލިޔުންތަކުގެ ތެރެއިން، އެފްއޭއެމްގެ ފައިސާ ހޯދުމުގެ މަސައްކަތުގައި ބޭނުންވާނެ ލިޔެކިޔުންތަކެއް ހުރިނަމަ އެ ލިޔުންތައް ދޫކޮށް ދިނުމަށް، ފުލުހުންގެ ކިބައިން މިހާރު އެދިފައިވާނެ ކަމަށް ސިމަން ވިދާޅުވި އެވެ.
އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާޕާސަން އަހްމަދު ޒުހޫރު (ކ) އާއި ކޮމިޓީގެ މެންބަރު އިސްމާއީލް ސިމަން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"ވަކިން ހާއްސަކޮށް ޖިނާއީ ކަންކަމާ ގުޅޭ ލިޔުންތައް މޯލްޑިވްސް ޕޮލިސް ސާވިސްގެ އަތުގައި މިހާރު މި ވަނީ. އެހެން ނަމަވެސް އަޅުގަނޑުމެން ޕޮލިސް ސާވިސްއާ ވެސް ލީޒް ކުރަމުން މިގެންދަނީ އަޅުގަނޑުމެންގެ މެންޑޭޓްގައިވާ ގޮތުގެ މަތިން ފައިސާ ރިކަވާކުރުމުގެ ބޭނުމަށްޓަކައި ހުރި ލިޔެކިޔުންތަކަކީ ކޮބައިތޯ ބަލައި (އެ ލިޔެކިޔުންތައް ދޫކޮށްދިނުމަށް އެދި). ދެން އެ ލިޔުންތައް ލިބުނީމަ އެ ލިޔުންތައް ބަލާފައި އަޅުގަނޑުމެންނަށް ނިންމޭނީ ކޮންގޮތަކަށްތޯ (ކުރިއަށް ދާނީ). ކޮންޓެކްޗްއަލް ބޭސިސްގައި ތޯ. އެކަން ދިރާސާކުރުމަށް ފަހު ގޮތެއް ނިންމާނީ،" ސިމަން ވިދާޅުވި އެވެ.
އެފްއޭއެމްގެ ދަރަނީގެ މައްސަލަތަކުގައި އެ އެސޯސިއޭޝަނާ ދެކޮޅަށް ކޯޓުން ވަނީ ގިނަ ހުކުމްތަކެއް ކޮށްފަ އެވެ. ގާނޫނީ ދާއިރާގައި ވެސް މަސައްކަތް ކުރައްވާ ސިމަން ވިދާޅުވީ އޭގެ ތެރެއިން ގިނަ މައްސަލަތަކެއްގެ އިސްތިއުނާފް މުއްދަތު ވެސް މިހާރު ފަހަނައަޅައި ގޮސްފައިވާ ކަމަށެވެ.
އެސްޓީއޯ އަށް 1.5 މިލިއަން ރުފިޔާ ދެއްކުމަށް މި މަހު ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރެވޭނެ ހަމަތަކެއް އެ މައްސަލައިގައި އޮތް ތޯ ދިރާސާ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލީ ދާއިރާއިން ވެސް ކިޔަވާ ވިދާޅުވި ސިމަން ވިދާޅުވި ގޮތުގައި އިސްތިއުނާފް ކުރެވެން ނެތް މައްސަލަތަކުގައި، އެފްއޭއެމުން ފައިސާ ދޭން ޖެހޭ ފަރާތްތަކާއި ވާހަކަ ދައްކައިގެން ލުއިގޮތްތަކެއް ހޯދުމަށް ކޮމިޓީން ދަނީ މަސައްކަތް ކުރަމުންނެވެ.
"ބައެއް މައްސަލަތަކަކީ ނިހާއީ ވެފަ، ފައިނަލިޓީއަކާ ހަމައަށް އައިސްފައި ހުރި މައްސަލަތައް އެހެންވީމަ އެ މައްސަލަތަކުގައި އަޅުގަނޑުމެންނަށް އިތުރަށް ކޯޓް މަރުހަލާގެ ތެރެއިން ރިވިއު ކުރެވޭނެ ގޮތެއް ނޯންނާނެ،" ސިމަން ވިދާޅުވި އެވެ.
"އެހެން ހުރި [އިސްތިއުނާފު ކުރެވެން ނެތް] މައްސަލަތަކުގައި އަޅުގަނޑުމެންގެ ވިސްނުމަކީ ޗެއާޕާސަން [ޒުހޫރު] ވިދާޅުވިގޮތަށް ކްރެޑިޓާސްއާ ވާހަކަ ދައްކައިގެން ރީ ސްޓްރަކްޗާކުރެވޭނެ ލުއި ގޮތްތަކެއް ހޯދުން."
ކޮމިޓީގެ ބައްދަލުވުންތަކަށް ފުލުހުންގެ ސެކިއުރިޓީ
އެފްއޭއެމްގެ އާ ޖެނެރަލް ސެކްރެޓަރީއަކަށް ނާހިލް
މޯލްޑިވިއަނަށް އެފްއޭއެމް 7.4 މިލިއަން ދަރާފައި
އެފްއޭއެމަށް މާލީ ލަފާ ދޭން ކުންފުންޏެއް ހަމަޖައްސައިފި
އެފްއޭއެމް ސަލާމަތް ކުރަން ކުރެވޭނީ ކޮން ކަމެއް؟
އެފްއޭއެމްގެ ދަރަނި ދައްކަން މަގުޗާޓެއް އެކުލަވާލަނީ
ކޮމިޓީއަށް އެހީވާން ފީފާގެ ޓީމެއް ރާއްޖެ އަންނަނީ
ކްލަބްތައް ހިންގަން ފައިސާ ނުދެވޭނެ: ޒުހޫރު
ފައިސާ ނުދެއްކުމުން ފުޓުބޯޅަސްކޫލް ބިން ވެސް އަތުލައިފި
އެފްއޭއެމްގެ އެކައުންޓްތަކުގައި ފައިސާއެއް ނެތް: ޒުހޫރު