ފުލުހުންގެ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު، އެސިސްޓެންޓް ކޮމިޝަނަރު (އޭސީޕީ) މަގާމަށް މިއަދު ޕްރޮމޯޓްކޮށްފި އެވެ.
17 ސެޕްޓެމްބަރ 2024
ފުލުހުންގެ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު، އެސިސްޓެންޓް ކޮމިޝަނަރު (އޭސީޕީ) މަގާމަށް މިއަދު ޕްރޮމޯޓްކޮށްފި އެވެ.
ދާއޫދަށް ޕްރޮމޯޝަން ލިބުނު ކަމުގެ ލިއުން ހަވާލުކޮށްދެއްވީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނެވެ.
އޭސީޕީ އަކީ އިދާރީ ގޮތުން ޕްރޮމޯޝަން ދެވޭ އެންމެ މަތީ ރޭންކެވެ. ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރާއި ޕޮލިސް ކޮމިޝަނަރަކީ ރައީސް އައްޔަންކުރައްވާ ދެ މަގާމެވެ.
ދާއޫދަކީ މިހާރު ހުޅުމާލެ ފޮލިސް ސްޓޭޝަންގެ ހެޑެވެ. އޭނާ މީގެ ކުރިން ފުލުހުންގެ ހެޑް އޮފް ރޯޑް ޕޮލިސްގެ މަގާމާއި ޑިޓެކްޓިވް އިންވެސްޓިގޭޝަން އޮފިސަރުގެ މަގާމުގެ އިތުރުން ޑްރަގް އެންފޯސް ޑިޕާޓްމެންޓް (ޑީއީޑީ)ގެ ޑެޕިއުޓީ ހެޑުގެ މަގާމު ވެސް އަދާކުރެއްވި އެވެ.
ފުލުހުންގެ މުއައްސަސާ ރިފޯމްކުރަން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އުފެއްދެވި ޕޮލިސް ބޯޑުން، ވަކިކުރަން 2021 ގައި ނޯޓިސް ދިން ހަތް އޮފިސަރުންގެ ތެރޭގައި ދާއޫދު ހިމެނިވަޑައިގަތެވެ.
އޭރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ސޮއިކުރައްވައި ދާއޫދަށް ފޮނުއްވި ޗިޓުގައި މަގާމުން ވަކިކުރަން ނިންމެވި ސަބަބެއް ކަމަށް އޮތީ ފުލުހުންގެ އާ ގާނޫނުގެ ދަށުން ޕޮލިސް ބޯޑުން ބެލި މައްސަލައަކާ ގުޅިގެން މަގާމުގައި ބަހައްޓަން ނުފެނުމެވެ.
ފުލުހުންގެ އިސް ސަފުން ވަކި ކުރަން ނޯޓިސް ދިން އޮފިސަރުންގެ ތެރެއިން ދާއޫދާ އެކު ފަސް އޮފިސަރަކު ސިވިލް ކޯޓަށް އެ މައްސަލަ ހުށަހެޅި އެވެ.
އެ މައްސަލާގައި ސިވިލް ކޯޓުން ނިންމީ އެ އޮފިސަރުން ވަކިކުރަން ނިންމި ނިންމުން ބާތިލް ކަމަށެވެ. އޮފިސަރުންނަށް އަލުން ވަޒީފާ ދޭން ސިވިލް ކޯޓުން ހުކުމް ކުރި މައްސަލަ ދައުލަތުން އޮތީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.
ރިޔާސީކޮމިޝަންގެ ރިޕޯޓް އާންމުކުރަން ރައީސް އަންގަވައިފި
ރިޔާސީ ކޮމިޝަންގެ ފުރަތަމަ މީޑިއާ ބްރީފިން މިއަދު
ނޭޝަނަލް ސާވިސް ޕްރޮގްރާމު ފަށަން ތައްޔާރުވަނީ
މުރައިދޫ ކައުންސިލާއި ޕޮލިސް ސްޓޭޝަނުގެ ބިންގާ އަޅައިފި
ތުރުކީގެ ވަފުދު ރައީސްގެ އަރިހަށް؛ އެއްބާރުލުން ދޭނެ!
ގަތަރުގައި ރާއްޖޭގެ އެމްބަސީއެއް އުފައްދަވައިފި
ރައީސް، ފުރަމާނަ ދަތުރުފުޅެއްގައި ސިންގަޕޫރަށް
މެދުއިރުމަތީގެ ހަމަޖެހުމަށް ރާއްޖޭގެ އެހީތެރިކަން ލިބޭނެ
ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް އުފައްދަވައިފި
ރާއްޖޭގެ އިގުތިސާދު އޮތީ ވަރުގަދަކޮށް: ޑރ. ވަހީދު