31 ޖުލައި 2024
ރާއްޖޭގެ އިގުތިސާދީ ހާލަތު ރަނގަޅުވެ، ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ލޯނުތައް އަނބުރާ ދެއްކުމުގައި އެއްވެސް މައްސަލައެއް ނޯންނާނެ ކަމަށް އޭދަފުށީ ދާއިރާގެ ޕީއެންސީގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް) ރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އިގުތިސާދީ ހާލަތު ރަނގަޅުވެ، ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ލޯނުތައް އަނބުރާ ދެއްކުމުގައި އެއްވެސް މައްސަލައެއް ނޯންނާނެ ކަމަށް އޭދަފުށީ ދާއިރާގެ ޕީއެންސީގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް) ރޭ ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ޖަގަހަ ޖަލްސާގައި، ރާއްޖޭގެ އެންމެ ކާމިޔާބު އެއް ވިޔަފާރިވެރިޔާ އަދި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ އެންމެ އިސް އެއް މެމްބަރު ސަލީމް ވިދާޅުވީ، މި ސަރުކާރުން ދިވެހި ރުފިޔާ މަދުވެގެން ނޫޅޭ ކަމަށާއި ލޯނުތައް ދައްކަން ޖެހެނީ ބޭރު ފައިސާ އިން ކަމަށް ވާތީ އުޅެނީ އެ ފައިސާ ލިބުމުގައި ހުރި ދަތިތައް ކަމަށެވެ.
އޭނާގެ ވާހަކައިގައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ލޯނުތައް ނެގި ގޮތުން ފާޑުވިދާޅުވެފަ އެވެ.
"ތިބޭފުޅުން ނިކަން ވިސްނަވާ ބަލާ، އެއް ބިލިއަން ރުފިޔާ އެއް އަހަރުން ދައްކާ ގޮތަށް މި ރާއްޖޭގެ ތާރީހުގައި ވެސް ލޯނެއް ނަގާފައި ނޯންނާނެ. އަދި އާންމު މީހަކު ވެސް އެ މީހަކަށް ލިބޭ މަހު މުސާރައިގެ ނިސްބަތުން ނޫނީ ލޯނެއް ނުނަގާނެ،" ކަންބޮޑުވުން ފާޅުކުރައްވައި ސަލީމް ވިދާޅުވި އެވެ.
"މި ވަރުގެ ކަނޑުކޮސް ކަންތައް ކޮށްފައި އޮތް ސަރުކާރެއްގެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ. މިއީ ކުޑަކުއްޖަކަށް ވެސް އެނގޭ މިންވަރު. އެއް ބިލިއަން ރުފިޔާއަކީ ދިވެހި ދައުލަތުގެ އާމްދަނީގެ ދެބައިކުޅަ އެއްބައި."
ސަލީމް ވަނީ މިއީ އިގުތިސާދީ ގޮތުން ދަތި ދުވަސްވަރަކަށް ވިޔަސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިގްތިސާދީ ހާލަތު ރަނގަޅު ކުރައްވާނެ ކަމަށާއި އެއީ ކަންކަމާ މެދު މަޝްވަރާ ކުރައްވައިގެން އިސްލާހު ކުރައްވާނެ ބޭފުޅެއް ކަމަށް ވިދާޅުވެފަ އެވެ.
ޕީއެންސީގެ ރޭގެ ޖަގަހަ ޖަލްސާގައި މެމްބަރުން ބައިވަނީ-- ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ސަރުކާރުން މިހާރު ކުރިއަށް ގެންދާ ހަރަދު ކުދަކުރުމުގެ ޕްރޮގްރާމަށް އިޝާރާތް ކުރައްވައި ސަލީމް ވިދާޅުވި ގޮތުގައި އެއީ ރާއްޖެ އިސްލާހު ކުރުމުގެ ޕްރޮގްރާމެކެވެ. އޭގެ ސަބަބުން ރައްޔިތުންނަށް ދަތިތައް ކުރިމަތި ނުވާނެ ކަމަށް ވިދާޅުވި އެވެ.
"އާދައިގެ ނިކަމެތި، އޭގެ ހައްގުވެރި ފަރާތަކަށް ލިބެން ޖެހޭ އެއްވެސް އެއްޗެއް އުނިވެގެން ނާންނާނެ،" ސަލީމް ވިދާޅުވި އެވެ.
އެހެންވެ، އާސަންދަ ކަނޑާލާނެ ކަމަށް ބުނެ ވާހަކަތަކެއް ދެއްކެވުނަސް އެފަދަ ދޮގު ވާހަކަތައް ގަބޫލު ނުކުރުމަށް ވެސް ސަލީމް ރޭ އިލްތިމާސް ކުރެއްވި އެވެ.
ރޭގެ ޖަލްސާގައި ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވެސް ވިދާޅުވީ، ރާއްޖެ އަށް މިހާރު ކުރިމަތި ވެފައިވާ އިގުތިސާދީ ދަތިތަކާ ގުޅިގެން ހަރަދު ކުޑަކުރުމަށް ސަރުކާރުން އަޅާ އެއްވެސް ފިޔަވަޅެއްގެ ސަބަބުން ރައްޔިތުން އޭގެ އުނދަގޫ ތަހައްމަލު ކުރަން ނުޖެހޭނެ ކަމަށެވެ.
"ހަރަދު ކުޑަކުރަން ފިޔަވަޅުތަކެއް އެޅިޔަސް ރައްޔިތުންގެ ތެރެއިން ބޭނުން ޖެހިފައިވާ މީހުންނަށް، އެއީ އާސަންދަ ވިޔަސް ހަމަ އެ ކަންކަން ފުރިހަމަވާނެ،" ނާޒިމް ވިދާޅުވި އެވެ.
ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅުން އުނދަގުލެއް ނުޖެހޭނެ
"ވެރިކަންދިފާއުކުރަން އެންމެ އިންޗިއެއްވެސް ދޫނުދޭނަން"
ބޭރުގެ އެހީގެ ތަފްސީލު ހޯދަން މަޖިލީހަށް މައްސަލައެއް
އުޅުނީ ގަސްތުގައި މާލީ ނިޒާމް އިނދަޖައްސާލަން: ސައީދު
"ބަނގުރޫޓް"ކޮށްލި ކަމުގެ ތުހުމަތާ އެކު ހޫނު ބަހުސެއް
މެމްބަރުންގެ މުސާރަ ކުޑަކޮށް، ނަމޫނާ ދައްކަން އެދިއްޖެ
ސުޕަމެޖޯރިޓީއާއެކު އިދިކޮޅު ބާކީއެއް ނުކުރާނަން: ސަލީމް
"އެސްޑީއެފް ބިލް ބޭރުކޮށްލީ އޮޅުވާލުމެއްގެ ތެރެއިން"
ހުރަސްއެޅީ ސަރުކާރުގެ މެމްބަރުން ކޮމިޓީން ބޭރުކުރުމުން
ސަލީމާއި ދަރިފުޅު މަޖިލީހަށް ވާދަކުރައްވަނީ