Roadha Mihaaru
ހުކުރު ދުވަހު 4އިން 6 އަށް ވެހިކަލް ދުއްްވުން މަނާ

ހުކުރު ދުވަހުގެ ހަވީރު 4 އިން 6 އަށް މާލޭގައި ވެހިކަލް ދުއްވުން މަނާ

30 ޖުލައި 2024

ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އަންނަ ހުކުރު ދުވަހުގެ ހަވީރު މާލޭގައި ޕެރޭޑު ބާއްވަން ނިންމާފައި ވާތީ އެ ދުވަހުގެ ހަވީރު 4 އިން 6 އަކަށް ވެހިކަލް ދުއްވުން މަނާކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އަންނަ ހުކުރު ދުވަހުގެ ހަވީރު މާލޭގައި ޕެރޭޑު ބާއްވަން ނިންމާފައި ވާތީ އެ ދުވަހުގެ ހަވީރު 4 އިން 6 އަކަށް ވެހިކަލް ދުއްވުން މަނާކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، ގައުމީ ކެޑޭޓް ކޯ އާއި އެމްއެންޑީއެފުން އެއް ވަގުތެއްގައި މާލޭގެ ބޮޑެތި މަގުތަކުގައި ހިނގާލުމެއް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށެވެ.

އެހެންވެ، އެ ހިނގާލުން ބާއްވާ ވަގުތު މާލޭގެ ޓްރެފިކް ފްލޯ މެނޭޖް ކުރުމަށް ދަތިވާނެތީ، ހުކުރު ދުވަހުގެ ހަވީރުގެ އެ ގަޑީގައި މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާވާނެ ކަމަށް ކައުންސިލުން ބުންޏެވެ.

އެ ޕެރޭޑް ބާއްވަން ކުރިން ނިންމާފައި އޮތީ މިދިޔަ ހުކުރު ދުވަހު ފާހަގަކުރި މިނިވަން ދުވަހުގެ ހަވީރެވެ. އެކަމަކު، މޫސުން ގޯވުމުން އެ ހަރަކާތް އަންނަ ހުކުރު ދުވަހަށް ފަސްކުރީ އެވެ. އެހެންވެ، މިދިޔަ ހުކުރު ދުވަހުގެ ހަވީރު ވެސް އިންޖީނުލީ އުޅަނދު މާލެ އާއި ހުޅުމާލޭގައި ދުއްވުން މަނާކުރި އެވެ. އެކަމަކު، އެ ދުވަހު ބާއްވަން އުޅުނު ޕެރޭޑް ފަސްކުރުމާ އެކު، އިންޖީނުލީ އުޅަނދު ދުއްވުން މަނާކުރި ކުރުން ކެންސަލްކުރި އެވެ.

ރާއްޖެ އަށް ކުރިމަތިވެފައިވާ އިގުތިސާދީ ދަތިތަކާ ގުޅިގެން މި ފަހަރުގެ މިނިވަން ދުވަހު ބާއްވަން ކަނޑައެޅީ ރަސްމީ ޖަލްސާ އާއި ޕެރޭޑު އެކަންޏެވެ.