Roadha Mihaaru
އެމްޑީޕީ/ޑިމޮކްރެޓްސް ހަރުގެ ހިންގި ތަން ޕީއެންސީއަށް

އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ހަރުގެ ހިންގި ތަން ޕީއެންސީ އަށް

27 މެއި 2024

އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ހަރުގެ ހިންގި ހ. ވެޔޮވިލާ ޕީއެންސީއަށް ކުއްޔަށް ދީފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ހަރުގެ ހިންގި ހ. ވެޔޮވިލާ ޕީއެންސީއަށް ކުއްޔަށް ދީފި އެވެ.

އެއީ، އިދިކޮޅު އެމްޑީޕީން މާލޭގައި އެންމެ ގިނަ ސިޔާސީ ހަރަކާތްތައް ހިންގި އެ ޕާޓީގެ ކުރީގެ މައި ހަރުގެ އެވެ.

އެމްޑީޕީގެ ގިނަ ހަރަކާތްތަކެއްގައި އަމަލީ ގޮތުން އުޅުނު ޝަފިއްޔާ ޒުބެއިރުގެ އެ ބިމުގައި ފަހުން ސިޔާސީ ހަރަކާތް ހިންގީ ޑިމޮކްރެޓްސްއިންނެވެ.

ޑިމޮކްރެޓްސްގެ ޖަގަހައިގެ ގޮތުގައި، މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ހަމައަށް ވެސް އެ ހަރުގެ އެ ޕާޓީން ބޭނުންކުރި އެވެ.

އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ހަރުގެ ހިންގި ހ. ވެޔޮވިލާ ޕީއެންސީން ނަގާފައި: ހަރުގެ މަރާމާތުކޮށް ބޭރުގައި ޕީއެންސީގެ ކުލަ ލާން ވަނީ ފަށާފައި--ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ހަރުގެ ހިންގި ހ. ވެޔޮވިލާ ޕީއެންސީން ނަގާފައި: ހަރުގެ މަރާމާތުކޮށް ބޭރުގައި ޕީއެންސީގެ ކުލަ ލާން ވަނީ ފަށާފައި--ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެހެން ނަމަވެސް މިހާރު އެތަން ހުސް ކުރުމަށް ފަހު، ސަރުކާރު ހިންގާ ޕީއެންސީން އެތަން ބޭނުން ކުރުމަށް އަންނަނީ ތައްޔާރު ކުރަމުންނެވެ. އެގޮތުން ބޭރު ފާރުގައި ޕީއެންސީގެ ކުލަ ލުމާއި އެހެނިހެން މަރާމާތްތައް ކުރުމުގެ މަސައްކަތް މިވަގުތު އެބަ ކުރެ އެވެ.

އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން އެތަން ވަރަށް ގާތް މީހަކަށް ކުއްޔަށް ދީފައިވާ ކަމާށް ޝަފިއްޔާ "މިހާރު" އަށް ބުންޏެވެ. ނަމަވެސް އެއީ ކޮން ބައެއް ކަމެއް އަދި ޕީއެންސީ އާ ގުޅުމެއް އޮތް ކަމެއް އޭނާ ނުބުނެ އެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބްގެ ފަހަތުގައި ހުރުމަށް ފަހު ދެވަނަ ބުރުގައި އެމްޑީޕީ ނޫން ގޮތެއް ހޯދުމަށް ޝަފިއްޔާ ތާއީދު ކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަށެވެ.